މާތް ﷲ ޞުބުޙާނަހޫ ވަޠައާލާއަކީ އެކަލާންގެއަށް ބިރުވެރިވެ ތައުބާވާ މީހުންނާއި ސާފުތާހިރުވެ އުޅޭ މީހުންދެކެ ލޯބިވޮޑިވެގަންނަވާ ކަލާންގެ ކަމަށާއި އަދި އިސްލާމްދީނުގެ މަތިވެރި އަސާސްތަކުގެ ތެރެއިން އެއް މަތިވެރި އެއް އަސާސަކީ ސާފުތާހިރުކަން ކަމަށް މިއަދު ޚުޠުބާގައި ބުނެފިއެވެ.
އެގޮތުން އިންސާނުން އަމިއްލަ ދިރިއުޅުމުގައާއި އަޅުކަން އަދާކުރުމުގައްޔާއި، ވެށި ބެލެހެއްޓުމުގައި ސާފުތާހިރުކަމަށް އިސްލާމްދީން ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.
އަދި މާތް ﷲގެ ހަޒުރަތަށް އަދާކުރަންޖެހޭ އަޅުކަންތައް އަދާކުރުމުގައި، އަޅުކަން ޞައްޙަވެގެންދަނީ ދެ ޙަދަޘުން ތާހިރުވެ، ސާފުތާހިރު ކަންމަތީ، ސާފުތާހިރު ތަނެއްގައި އަޅުކަން އަދާކުރުމުން ކަމަށާއި، އެގޮތުން ނަޖިހުން ޠާޙިރުވުމާއި، ހިނައިގަތުންފަދަ ކަންތައްތަކަކީ އަހަރެމެންގެ ދީނުގައި ޝަރުޢުކުރައްވާފައިވަ ކަންކަން ކަމުގައި ޚުޠުބާގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، ސާފުޠާހިރުކަމަކީ، އީމާންކަމުގެ އެއްބައިކަން ފާހަގަކޮށް، ސާފުތާހިރުވެ އުޅުން ބަޔަކަށް، ކީރިތި ޤުރުޢާނުގައި، މަދަޙައާއި ތަޢުރީފުގެ ބަސްތައް މާތްﷲ ވަހީކުރައްވާފައިވާ ކަމަށް މިއަދު ޚުތުބާގައި ބުނެފައިވެއެވެ.
ހަމައެހެންމެ އަހަރެމެންގެ މާތް ރަސޫލާ މުހައްމަދު ޞައްލަﷲ އަލައިހި ވަސައްލަމްވެސް ވަނީ ސާފުތާހިރުކަމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާފައެވެ. އެގޮތުން ސާފުޠާހިރުކަމަކަމަކީ އީމާންކަމުގެ ދެބައިކުޅަ އެއްބައި ކަމަށާއި، އަހަރެމެންގެ ހަށިތައް ސާފުތާހިރު ކަންމަތީ ގެންގުޅުމަށް އެކަލޭގެފާނު އަމުރުކުރައްވާފައިވާކަން މިއަދު ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން ސާފުތާހިރުވުމަށް ރީތި ފޭރާން ލުމަކީ މުހިންމުކަމެއްކަން ފާހަގަކޮށް. ރީތި ފޭރާންލީ ނަމަވެސް، ކަންދެއްކުމާއި، ބޮޑާކަމުގެ ޝިކާރައަކަށް ނުވުމަށް ޚުޠުބާގައި ގޮވާލާފައިވެއެވެ. އެގޮތުން މާތް ނަބިއްޔާ ހަދީޘް ކުރައްވާފައިވެއެވެ.
“އެމީހެއްގެ ހިތުގައި ބޮޑަކަމުގެ ޒައްރެއްގެ މިންވަރުވެސް ވާ މީހާ ސުވަރުގެ ނުވަންނާނެއެވެ.”
އެހެންކަމުން ބޮޑާ ކަމާއި ކަންދެއްކުމެއް ނެތި، ރިވެތި ސާފުތާހިރު ފޭރާން ލުމަކީ އިސްލާމާމްދީނުގައި ހުއްދަކަމެއް ކަމަށާއި އަދި އެއީ މާތް ﷲ ލޯބިވެ ވޮޑިގެންވާ ކަމެއްކަމަުގައި ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން ފަރުދީ ސާފުތާހިރުކަމަކީވެސް އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރުއަލުއްވާފައިވާ ކަމެއްކަމުގައި ޚުތުބާގައި ބުނެފައިވެއެވެ. އެގޮތުން، ނިޔަފަތި ކެނޑުމާއި، ކިހިލި ފަތްދަށު އިސްތަށި އުފުރުމާއި، މަތިމަސް ކުރުކުރުންފަދަ ކަންކަމަކީ ޝަޙުސީ ސާފުޠާހިރުކަމުގެ ތެރޭގައި ހިމެނިގެންވާ ކަންކަމެވެ. އެގޮތުން މާތް ރަސޫލާ ހަދީޡް ކުރައްވާފައިވާ ކަމަށް ޚުތުބާގައި ބަޔާންކޮށްފައިވެއެވެ. ” ފޫޅުންތިރި އިސްތަށިތައް ބޭލުމާއި، ނިޔަފަތި ކެނޑުމާއި، މަތިމަސް ކުރުކުރުމަކީ، ފިޠްރަތުގެ ސުންނަތްތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.”
އަދި މީގެ އިތުރުން ކުޑަކަމުދާ ހިނދު، ގަޔަށް ބުރައިގެން ނުދާ ގޮތަށް ކުޑަކަމު ދިޔުމާއި، ކުޑަކަމު ދިޔުމަށްފަހު ޠާހިރުވުމަށް އިސްލާމްދީން އަމުރުކުރައްވާފައިވާކަމަށާއި، އަދި ކުޑަކަުމ ދިޔުމަށްފަހު ޠާޙިތުނުވާ މީހުންނަށް ކަށްވަޅުގެ އަޒާބު ލިބޭނޭކަން ކީރިތި ރަސޫލާ އަމުރު ކުރައްވަފައިވާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
މީގެ އިތުރުން، މަގުމައްޗަށާއި، ހިޔާލިބޭ ގަސްގަހުގެ ދަށަށާއި، މީހުން ހިނގާ ިގާވެ އުޅޭ މަގުމައްޗަށް ކުޑަކަމުދިޔުމާއި، ޤަޟާޙާޖަތް ކުރުމާއި ކުޅުޖެހުންފަދަ ކަންކަމަކީ، އިސްލަމްދީނުގައި ނަހީ ކުރައްވާފައިވާ ކަންކަން ކަމުގައި ޚުތުބާގައި ބުނެފައިވެއެވެ. އެގޮތުން ކީރިތި ރަސޫލާ ހަދީޘްކުރައްވާފައިވާ ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.” ލަޢުނަތްލެއްވިގެންވާ ތިން ކަމަކުން ޔިޔަބައިމީހުން ދުރުހެލިވާށެވެ. އެއީ މީހުން ފެން ހޯދަން ގޮސް އުލޭ ކޯރުތަކަށާއި، ވަޅުފަދަ ތަންތަނަށާއި، މީހުން ހިނގާބިނގާވެ އުޅޭ މަގުތަކަށާއި، ހިޔާލިބޭ ގަސް ފަދަ ތަންތަނަށް ޤަޟާޙާޖާ ކުރުމެވެ.
އެގޮތުން ސާފުޠާހިރުވުމަކީ މާތްﷲގެ ރުއްސެވުމާއި، އެކިއެކި ބަލިމަޑުކަމުން ރައްކާތެރިވުމުގެ ވަސީލަތެއްކުމަގުގައި ޚުޠުބާގައި ބުނެފައިވެއެވެ. އަދި ފަރުދީ ޒިންމާތައް ނަގައި މަގުތައް ސާފުކޮށް ބެލެހެއްޓުމާއި އެކު، މަގުތައް ސާފުތަހިރުކޮށް ބެހެއްޓުމަކީ މުޖުމަޢު ރައްކާތެރިކޮށްދޭ ކަންކަން ކަމުގައި ޚުޠުބާގައި ބަޔާންކޮށްފައިވެއެވެ.

