ޚަބަރު
ރައީސް ޔާމީންގެ ޖަލުހހުކުމުގެ ސަބަބުން، ކެންޑިޑެންސީ ފޯމް ބަލއިނުގަންނާނެކަމަށް ފުއާދު ބުނަނީ ސަރުކާރުގެ ޕްރެޝަރާ ހެދި: ޝިޔާމް

ކުރީގެ ރައީސް އަދި ޕީޕީއެމް-ޕީއެންސީގެ ލީޑަރ އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓްއިން އިއްވާފައިވާ ޙުކުމް ބާޠިލް ނުކުރާހާ ހިނދަކު، އެމަނިކުފާނަށް ކުރިއަށް އޮތް، ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ހުށަހަޅާ ކެންޑިޑެންސީ ފޯމް ބަލައިނުގަންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤް ވިދާޅުވަނީ ސަރުކާރުގެ ޕްރެޝަރާ ހެދިކަަމަށް ޕީޕީއެމްއިން ބުނެފިއެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ފުޢާދު މިހެން ވިދާޅުވީ، އޮންލައިން ނޫހަކުން ކުރިއަށްގެންދިޔަ ޝޯއެއްގައި ވާހަކަ ދައްކަވަމުން،  ރިޔާސީ އިންތިޚާބަށް ކުރިމަތިލާން ހުޅުވައިލާފައި އޮތް މުއްދަތުގެ ތެރޭގައި ރައީސް ޔާމީނުގެ ޙުކުމް ބާޠިލުކޮށްފިނަމަ އެމަނިކުފާނުގެ ކެންޑިޑޭސީ ކޮމިޝަނުން ބަލައިގަންނާނެކަމަށް ފުއާދު ވިދާޅުވެފައި ވަނިކޮށެވެ.

“ޖަލު ޙުކުމް ބާތިލުނުކުރާހާ ހިނދަކު ވާދައެއް ނުކުރެއްވޭނެ. ކެންޑިޑޭސީ ބަލައެއް ނުގަންނާނެ. ފޯމު ސަބްމިޓް ކުރެއްވިދާނެ އެކަމަކު އަޅުގަނޑުމެން އެ ކެންޑިޑޭސީ ބަލައެއް ނުގަންނާނެ،….”ހުކުމް ބާތިލުކޮށްފިއްޔާ ހަމަ ޖެހިގެން އަންނަ ދުވަހު ވެސް އަޅުގަނޑުމެންނަށް ކެންޑިޑޭސީ ބަލައިގަނެވޭނެ،”

ފުއާދުގެ މި ވާހަކައަށް ރައްދުދެއްވަމުން،  ޝިޔާމް، އޮންލައިން ނޫހަކަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ފުއާދު ކުރިން ވިދާޅުވި ބަސް ބަދަލުކުރައްވައި، ރައީސް ޔާމީނުގެ ކެންޑިޑެސީ މިހާރު އޮތްގޮތުން އަދި ބަލައިނުގަނެވޭނެކަމަށް އެ ވިދާޅުވަނީ އެބޭފުޅާއަށް ސަރުކާރުން ކުރިމަތިކުރަމުންދާ ޕްރެޝަރުގެ ސަބަބުންކަމަށެވެ.

“ކުރިން ފުއާދު ވިދާޅުވި މި ޙާލަތުގައި ރައީސް ޔާމީނަށް ވާދަކުރައްވަން ހުރަހެއް ނެތް ކަމަށް، އަސްލު ބަލަންވީ ފުއާދުގެ ބަސްމަގު ބަދަލުވި ސަބަބު ހެން ހީވަނީ، އަޅުގަނޑުމެންނަށް މިހާރު މަޢުލޫމާތު ލިބެނީ ފުއާދު ހުންނެވީ ސަރުކާރުގެ ޕްރެޝަރުގަ ކަމަށް… މިހާރު މިއޮތް ޙާލަތަކީ އެއްގޮތަކަށްވެސް ފޯމު ބަލައިނުގަނެވޭނެ ޙާލަތެއް ނޫން. ވަކީން ހާއްސަކޮށް އިސްތިއުނާފުކޮށްފައިވާ ހުކުމެއް [ޔާމީނުގެ މައްޗަށް ކޮށްފަވާ ޙުކުމަކީ.”

މި ޙާލަތުގައި ރައީސް ޔާމީނަށް އިންތިޚާބުގައި ވާދަނުކުރެއްވޭނެ އެއްވެސް ޤާނޫނީ އުޒުރެއް އީސީގެ ރައީސަށް ނުދެއްކެވޭނެކަމަށާއި، ކެންޑިޑެސީ ފޯމު ބަލައިގަތުމާމެދު ފުއާދުއަށް އެކަނި ގޮތް ނުނިންމެވޭނެ ކަމަށްވެސް ޝިޔާމް ފާހަގަކުރައްވާފައިވެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ޕާޓީއަކުން ދިން އެންމެ ފުރަތަމަ ޓިކެޓު ޕީޕީއެމް/ޕީއެންސީން ވަނީ ރާއްޖޭގެ ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމަށް އަރުވާފައެވެ. އަދި އެމަނިކުފާނުގެ ރިޔާސީ ކެމްޕެއިން މިހާރުވެސް ކުރިއަށްދާއިރު، އެ ކޯލިޝަނުގެ ލީޑަރުން ޤަބޫލުކުރައްވާ ގޮތުގައި ރައީސް ޔާމީނަށް އިއްވާފައިވާ ޖަލު ޙުކުމް ބާޠިލުކުރާނެއެވެ.

އަދި ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު ފަހަނައަޅައިނުދަނީސް، އިސްތިއުނާފުގެ ޝަރީޢަތް ނިމޭނެކަމަށްވެސް އެ ބޭފުޅުން އުއްމީދުކުރައްވައެވެ.

ޕީޕީއެމް/ޕީއެންސީން ބުނަމުން އަންނަނީ ރައީސް ޔާމީންގެ ކެންޑިޑޭސީ އީސީން ބަލައިނުގެންފި ކޯޓަށް ދާނެ ކަމަށެވެ. ފުއާދު ވިދާޅުވި ގޮތުގައި އަދި ގާނޫނުގައި ވެސް އޮތް ގޮތުން، އެގޮތަށް ކޯޓަށް ދިއުމުން ކޯޓުން އަންގައިފި ނަމަ އީސީއަށް ޖެހޭނީ ރައީސް ޔާމީންގެ ކެންޑިޑޭސީ ބަލައިގަންނާށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!