ޚަބަރު
މިފަހަރުގެ ސަމިޓުގައި ޔޫކެރޭނަށް ނޭޓޯގެ މެމްބަރުކަމެއް ނުދިން

ޔޫކްރޭން އަށް ނޭޓޯގެ މެމްބަރަކަށް ވުމުގެ ފުރުޞަތު އެބައޮތްކަމަށް ބުނެ އުއްމީދު ދިނުމަށްފަހު، އެކަމަށް ގޮތެއް ނިންމާނެ ވަކި ތާރީޚެއް ނާންގާ އެމައްސަލަ ނޭޓޯއިން ނިންމާލައިފިއެވެ.

31 މެމްބަރު ޤައުމު ހިމެނޭ ނޭޓޯއިން 2 ދުވަހުގެ ސަމިޓެއް ލިތުއޭނިއާގެ ވެރިރަށް ވިލްނިއަސްގައި ފަށާފައިވަނީ އަންގާރަދުވަހުއެވެ. ޔޫކްރޭނުގެ މުސްތަޤަބަލް ވަނީ ނޭޓޯގައި ކަމަށް މެމްބަރު ޤައުމުތަކުގެ ވެރިން ވިދާޅުވެފައި ވީނަމަވެސް އެކަން ހަމަޖެހިގެންދާނީ ކޮންއިރަކުކަން އެ ގުޅުމުން ޔޫކްރޭނަށް އަންގާފައެއް ނުވެއެވެ.

ހުރިހާ މެމްބަރުންނަށް އެއްބަސްވުމަކަށް އާދެވުމުން ޔޫކްރޭނަށް ދަޢުވަތު ދިނުމަށް މަގުފަހިވާނެކަން ހާމަކުރަމުން، ނޭޓޯއިން ވަނީ ޔޫކްރޭނަށް މެމްބަރަކަށް ވުމުގެ އެކްޝަން ޕްލޭނެއް ހުށަހަޅާފައެވެ.

މި ނަތީޖާއާއި މެދު ހިންހަމަނުޖެހުން ފާޅުކުރައްވާ ޔޫކްރޭންގެ ރައީސް ވްލަޑިމީރ ޒެލެންސްކީ ވަނީ، ނޭޓޯގެ މެމްބަރުންނާއި މެދު ޓްވިޓަރގައި ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ.

ޒެލެންސްކީގެ ހިތްހަމަނުޖެހުމާއި ބެހޭގޮތުން ނޭޓޯއިން ބުނެފައިވަނީ، އެ ގުޅުމުގައި ބައިވެރިވުމަކީ، ވަކި އުޞޫލެއްގެ ތެރެއިން ކުރެވޭ ކަމެއް ކަމަށެވެ.

2008 ވަނަ އަހަރުވެސް ނޭޓޯއިން ވަނީ ޔޫކްރޭންއަށް އެ ގުޅުމުގެ މެމެބަރުކަން ލިބޭނެކަމުގެ ވަޢުދެއް ވެފައެވެ. އެފަހަރު ވެސް އެކަން ވަކިގޮތަކަށް ހަމަނުޖެހި ވަނީ ނާކާމިޔާބު ވެފައެވެ.

މި މައްސަލަ ހޫނުވެފައިވާ މިދަނޑިވަޅުގައިވެސް، ރަޝިޔާ-ޔޫކްރޭން ހަނގުރާމަ ވަރަށް ބާރަށް ކުރިއަށް އެބަދެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!