ދީން
އުދަނގޫ ވަގުތުތަކުގައިވެސް އީމާންކަމުގެ އަހުލުވެރިން ސާބިތުކަންމަތީ ތިބޭނެ – ޚުޠުބާ

މިފެށޭ ހަފްތާއަކީ، ހިޖުރީ އާއަހަރެއް ފެށޭ ހަފްތާކަމަށް ވާތީ، ކީރިތި ރަސޫލާ صلى الله عليه وسلم މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައާއި މެދު ފުންކޮށް ވިސްނާލަންވެއްޖެކަމުގައި ޚުޠުބާގައި ގޮވާލައިފިއެވެ. 

ކީރިތި ރަސޫލާ صلى الله عليه وسلم މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައިގައި އެތަކެއް އިބްރަތްތަކާއި ދަރުސްތައް އެކުލެވިގެންވުމުގެ އިތުރުން، ހިޖުރައިން ލިބޭ އެއް ފިލާވަޅަކީ، ދީނަށްޓަކައި ޤުރުބާންވުމުގެ މަތިވެރި ފިލާވަޅުކަން މިއަދުގެ ޚުތުބާގައި ވަނީ ބުނެފައެވެ. ޚުޠުބާގައި ބަޔާންކޮށްފައިވާ ގޮތުން، ހިޖުރައިން ލިބިގެންދާ އަނެއް ފިލާވަޅަކީ، ކަމެއް ކާމިޔާބުވުމުގެ އެންމެ މުހިންމު ބަޔަކީ، ކަމެއް ފެށުުމުގެ ކުރިން އެކަމެއް ފުރިހަމަޔަށް ރޭވުމާއި، ކަންކަން ކުރާނެ ފަރާތްތަށް ކަނޑައަޅައި، ފުރިހަމަޔަށް ހަމަޖައްސާފައި ވުމެވެ. 

ހިޖުރައިން ލިބިގެންދާ ފިލާވަޅުތަކުގެ ތެރޭގައި، އުދަނގޫ ވަގުތުތަކުގައިވެސް އީމާންކަމުގެ އަހުލުވެރިން، ޘާބިތުކަމާއެކު ތިބޭނެކަމުގެ ފިލާވަޅުކަމުގައި ޚުޠުބާގައި ބުނެއެވެ.

މީގެ އިތުރުން، ޚުޠުބާގައި އިތުރަށް ބުނެފައިވާ ގޮތުން، ބަލިބައްޔާމެދު ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ސަބަބުތަކުގައި ހިފުމުގެ ތެރޭގައި ހިމެނޭކަމެކެވެ. މިވަގުތު ފެތުރެމުންދާ ނުރައްކާތެރި، ވައިރަހުން ރައްކާތެރިވުމަށް، ސިއްޙީ ދާއިރާއިން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ލިބި، ދިރިއުޅުން އާންމު ހާލަތަށް ގެނެވޭނީ، ވެކްސިން ދެޑޯޒް ފުރިހަމަ ކުރުމުންނެވެ.

ވެކްސިން ޖެހުމުން ބަލިޖެހުމުގެ ފުރުޞަތު ކުޑަވެ، ބަލިފެތުރުން ކޮންޓްރޯލްވާކަމަށް ސިއްޚީ މާހިރުން އިރުޝާދު ދެއްވައެވެ. ސަބަބުތަކުގައި ހިފުމަކީ އެއްވެސް ހާލެއްގައި ﷲ އާއި ވަކީލު ކުރުމާއި ތަޢާރުޟުވާކަމެއް ނޫނެވެ. رَسُولُ اللَّهِ صلى الله عليه وسلم ހިޖުރައިގެ ދަތުރުފުޅު ފެއްޓެވީ، ރައްކާތެރިކަމުގެ ގޮތުން އަޅުއްވަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅުއްވައިގެންނެވެ. 

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!