ޚަބަރު
އާޝޫރާ ދުވަހާއި އެދުވަސް މުސްލިމުންނަށް މުހިއްމުވާ ސަބަބުތައް!

އާޝޫރާގެ މާނައަކީ 10 ވަނައެވެ. އެގޮތުން އާޝޫރާ ދުވަސް ފާހަގަކުރެވެމުންދަނީ ހިޖްރީ ކަލަންޑަރުގެ އެންމެ ފުރަތަމަ މަސްކަމަށްވާ މުޙައްރަމް މަހުގެ 10 ވަނަ ދުވަހުއެވެ. އާޝޫރާދުވަހަކީ އިސްރާއީލްގެ ދަރިން ފިރުއައުނުގެ އަނިޔާވެރިކަމުން މާތްﷲ ސަލާމަތްކުރެއްވެވި ދުވަހެވެ. އެދުވަހާއި ގުޅިގެން މާތްﷲ ގެ ހަޟްރަތަށް ޝުކުރުކުރެއްވުމުގެ ގޮތުން މޫސާ އަލައިހިއްސަލާމް އެދުވަހު ރޯދަފުޅު ހިއްޕެވިއެވެ. އަދި އޭގެފަހުން އިސްރާއީލްގެ ދަރިކޮޅުގެ މީހުން އެގޮތުގައި އެކަން ކުރަމުން ގެންގޮސްފައިވެއެވެ.

އާޝޫރާދުވަހާއި އިސްލާމީ ވަރަށް ގިނަ ހާދިސާތަކަކާއި ގުޅުވިފައިވެއެވެ. އެގޮތުން ތަފާތު ރަސޫލުބޭކަލުންގެ ހަޔާތްޕުޅުގައި ދިމާވެފައިވާ މުހިންމު ފާހަގަކޮށްލެވޭ ހާދިސާތަކާއި މިދުވަހާއި ގުޅުވާފައިވެއެވެ. ނަމަވެސް މިއުންމަތުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމަގެ ދުވަސްވަރުގެ ފަހުން މިދުވަހު ފާހަގަކުރެވޭ މުހިންމު ކަމަކަށް ހިނގާފައިވަނީ ކަރުބަލާގައި އިތުރު އެކަލޭގެފާނުގެ ކާފަދަރިކަލުން ޝަހީދުކުރެވުނު ހާދިސާއެވެ. ރަސޫލުﷲ ޞައްލަﷲ އަލައިހިވަސައްލަމަ ސުވަރުގެ ވަޑައިގެންނެވުމަށްފަހު އިސްލާމުންގެ މެދުގައި އުފެދިގެންދިޔަ ބައިބައިވުންތަކުގައި ހިނގާދިޔަ މި ހަނގުރާމައިގައި ހުސައިންގެފާނު ޝަހީދުވެވަޑައިގަތުމާއި ގުޅިގެން ޝީޢީންވަނީ އެދުވަހަކީ މުޤައްދަސް ދުވަހެއްގެ ގޮތުގައި ފާހަގަކޮށް އެކަލޭގެފާނުގެ މަޤްބަރާއަކީ އެބައިމީހުން ހައްޖުވުމަށް ދާތަނެއްކަމުގައި ހަދާ އެދުވަހުގައި އެކަމަށް ޚާއްޞަ އަޅުކަންތަކެއް ކުރަންފަށާފައެވެ. މިއީ އިސްލާމްދީނުގެ އަސްލު އުޞޫލުތަކާއި ޚިލާފަށް އެބައިމީހުންގެ ތެރޭގައި ފެތުރިގެން ގޮސްފައިވާ ކަންތައްތަކެކެވެ.

އެހެންނަމަވެސް އާޝޫރާދުވަސް މުސްލިމުން ފާހަގަކުރަމުން ގެންދަނީ އެކަމުގެ ހަނދާންއާކުރުމުގެ ގޮތުންނެއްނޫނެވެ. ރަސޫލާގެ ލޮބުވެތި ކާފަ ދަރިކަލުން އަނިޔާވެރި ގޮތެއްގައި މުނާފުގުންގެ އަތްދަށުވެ ޝަހީދުވެގެންދިޔަކަމީ މިއުންމަތައް ލިބިގެންދިޔަ ބޮޑު ހިތާމައެކެވެ. އެކަލޭގެފާނަކީ މިއުންމަތުގެ ހައްޤުގައި ބޮޑެތި ޤުރުބާނީތަކެއް ވެވަޑައިގެންނެވި މަތިވެރި ބޭކަލެކެވެ.

އެހެންނަމަވެސް އާޝޫރާދުވަހަކީ އެ ހާދިސާއަށްވުރެ އެތަކެއް ޒަމާންތަކެއް ކުރީގެ ކަންތައްތަކަކާއި ގުޅިފައިވާ ދުވަހެކެވެ. ކީރިތި ރަސޫލާ މައްކާއިން މަދީނާއަށް ހިޖުރަކުރެއްވުމުގެ ކުރިންވެސް އަޝޫރާ ދުވަހު ރޯދައަށް ހުންނަވާކަމުގައި އިމާމް ބުޚާރީގެ ސަހީހުންނާއި އެހެނިހެން ޞައްޙަ ހަދީސްފުޅުތަކުން ސާބިތުވެއެވެ.

ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމަ މަދީނާއަށް ވަޑައިގެންނެވިއިރު އެތަނުގައި ދިރިއުޅެމުންދާ ޔަހޫދީން މުޙައްރަމް މަހުގެ 10 ވަނަ ދުވަހު ރޯދައަށް ހުންނާތީ ދެކެވަޑައިގެން އެކަމުގެ ސަބަބުން އޮޅުން ފިލުއްވިއެވެ. އެބައިމީހުން ދެންނެވިއެވެ. “މިއީ ބަރަކާތްތެރި ދުވަހެކެވެ. އެދުވަހަކީ އިސްރާއީލްގެ ދަރިން ފިރުއަޢުނުގެ އަނިޔާވެރިކަމުން މާތްﷲ ސަލާމަތްކުރެއްވެވި ދުވަހެވެ. އެހެންކަމުން އެކަމަށްޓަކައި މާތްﷲ އަށް ޝުކުރުއަދާ ކުރެއްވުމުގެ ގޮތުން މޫސާ އަލައިހިއްސަލާމް އެދުވަހު ރޯދަފުޅަށް ހުންނެވިއެވެ.” އެހިނދު ރަސޫލުﷲ ޞައްލަﷲ އަލައިހިވަސައްލަމަގެ ހަދީސްފުޅުކުރެއްވިއެވެ. “އެބައިމީހުންނަށްވުރެ ތިމަންމެން މޫސާގެފާނާއި ގާތްކަންބޮޑެވެ އަދި މޫސާގެފާނު އެދުވަހު ރޯދަފުޅު ހިއްޕެވިއެވެ.” އަދި އެކަލޭގެފާނުގެ އުންމަތަށް އެދުވަހު ރޯދަހިފުމަށް އެންގެވިއެވެ. (އަލްބުޚާރީ – 1865)

ކުރިން އާޝޫރާދުވަހުގެ ރޯދައަކީ މުސްލިމުންގެ މައްޗަށް ފަރުޟުކުރެވިފައިވާ ރޯދައެއް ނަމަވެސް ހިޖުރައިން ދެވަނަ އަހަރު މުސްލިމުންގެ މައްޗަށް މުޅި ރަމަޟާން މަސް އެއްކޮށް ރޯދަހިފުން ފަރުޟުކުރެއްވުމާއެކު އާޝޫރާދުވަހުގެ ރޯދަ ސުންނަތްވެގެން ދިޔައީއެވެ.

މުސްލިމްއާއި އަބޫދާވޫދް ރިވާކުރެއްވި ހަދީސްފުޅެއްގައިވެއެވެ. އިބްނު އައްބާސް ވިދާޅުވިއެވެ. އިތުރު އެކަލޭގެފާނު އާޝޫރާދުވަހު ރޯދައަށް ހުންނަވާ މީސްތަކުންނަށް އެގޮތަށް ޢަމަލުކުރުމަށް އެންގެވިއެވެ. އެހިނދު އެކަލޭގެފާނަށް ސުވާލުކުރެވުނެވެ. “އޭ މާތްﷲ ގެ ރަސޫލާއެވެ. އެދުވަހަކީ ޔަހޫދީންނާއި ނަޞާރާއިން މުގައްދަސް ދުވަހެއްގެގޮތުގައި ދެކޭދުވަހެކެވެ.” އެކަލޭގެފާނު ހަދީސްކުރެއްވިއެވެ. “އިރާދަކުރެއްވިއްޔާ ދެންއަންނަ އަހަރެއްގެ ނުވަވަނަ ދުވަހުވެސް އަހަރުމެން ރޯދައަށް ތިބޭނީއެވެ.”

އިމާމް އަލް ތިރްމިޒީ (ރަޟިﷲއަންހު) ރިވާކުރެއްވިއެވެ. އިބްނު އައްބާސް (ރަޟިﷲއަންހު) ވިދާޅުވިއެވެ. “ޔަހޫދީންނާއި ތަފާތުވެ ގަތުމަށްޓަކައި މުޙައްރަމް މަހުގެ 9 ވަނަ ދުވަހާއި 10 ވަނަ ދުވަހު ރޯދަ ހިފާށެވެ.”

ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި އާޝޫރާ ދުވަހުގެ ރޯދަ ހިފުމުގައި ޖެހިޖެހިގެން ތިންދުވަހު ރޯދައަށް ހުރެވިދާނެއެވެ. އެގޮތުން 9، 10 އަދި 11 ވަނަ ދުވަހު ރޯދަހިފިދާނެއެވެ. ނުވަތަ ދެދުވަހު ރޯދަހިފިދާނެއެވެ. އެގޮތުން 9 އަދި 10 ވަނަ ދުވަހު ރޯދަ ހިފިދާނެއެވެ. އަދި ހަމައެކަނި 10 ވަނަ ދުވަހު ރޯދަ ހިފުމަކީވެސް އެންމެރަނގަޅުކަމެކެވެ. ނަމަވެސް އިސްވެދެންނެވުނު ހަދީސްފުޅުން ސާބިތުވާފަދައިން ޔާހޫދީންނާއި ނަޞާރާއިންގެ އާދަތަކާއި އަޅުގަނޑުމެން މުސްލިމުން ތަފާތުވެގަތުމީ އެދެވިގެންވާ ގޮތެވެ. އަދި ރަސޫލޫﷲ ޞައްލަﷲ އަލައިހިވަސައްލަމަ ވަނީ އެގޮތަށް ޢަމަލުކުރުމަށް އުންމަތަށް އިރުޝާދުދެއްވާފައެވެ.

އާޝޫރާ ދުވަހުގެ ރޯދައިގެ މާތްކަމާއި ބެހޭގޮތުން އެތަކެއް ހަދީސެއް ވާރިދުވެގެންވެއެވެ. އެހެންކަމުން އެދުވަހު ރޯދައަށް ހުރުމަކީ ގިނަގުނަ ސަވާބާއި ދަރުމަ ލިބިގެންދާނޭ މަތިވެރި ސުންނަތެކެވެ.

އަބޫ ހުރައިރާގެ އަރިހުން ވާރިދުވެފައިވާ ހަދީސްފުޅެއްގައިވެއެވެ. ތިމަންކަލޭގެފާނު ރުސޫލުﷲ ޞައްލަﷲ އަލައިހިވަސައްލަމައަށް ދެންނެވީމެވެ. “ފަރުޟު ނަމާދަށްފަހު އެންމެ ރަނގަޅު ނަމާދަކީ ކޮބައިތޯއެވެ؟” އެކަލޭގެފާނު ހަދީސްކުރެއްވިއެވެ. “ރޭގަނޑުގެ ދަމުނަމާދެވެ” ދެން ތިމަން ދެންނެވީމެވެ. “ރަމަޟާންމަހުގެ ފަރުޟު ރޯދައަށްފަހު އެންމެ ރަނގަޅު ރޯދައަކީ ކޮބައިތޯއެވެ؟” އެކަލޭގެފާނު ހަދީސްކުރެއްވިއެވެ. “އެއީ މާތްﷲ ގެ މަސް ނުވަތަ މުހައްރަމްމަހުގައި ހިފާ ރޯދައެވެ” (އަޙްމަދު، މުސްލިމް އަދި އަބޫ ދާވޫދް)

އާޝޫރާ ދުވަހާއި ގުޅޭގޮތުން ރަސޫލުﷲ ޞައްލަﷲ އަލައިހިވަސައްލަމަ ހަދީސްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

“އާޝޫރާދުވަހު ރޯދަހިފުމަކީ ގިނަގުނަ ދަރުމަލިބެނިވި ކަމެކެވެ. އަދި އެދުވަހު ހިފާ ރޯދައިގެ ސަބަބުން ފާއިތުވެ ގޮސްފައިވާ އަހަރުގެ ފާފަތަށް މާތްﷲ ފުއްސަވާދެއްވާނެއެވެ.”

ކަންމިހެން އޮތްނަމަވެސް އަޅުގަނޑުމެން ދެނެގަންނަން ޖެހޭ ހަޤީޤަތަކީ މިފަ އަޅުކަންތަކުގެ ސަބަބުން ފޮހެވިގެންދާނީ އަޅުގަނޑުމެންނަށް ކުރެވޭ ކުދި ފާފަތައްކަމެވެ. އެހެންކަމުން ބޮޑެތި ފާފަތަކުން ދުރުވެ އެފަދަ ފާފަތަކުން ތަޢުބާވެ ރައްކާތެރިވެގެން ތިބުމީ އަބަދުމެ އަޅުގަނޑުމެން ކުރަންޖެހޭނޭ ކަމެކެވެ. މިގޮތުން އަހަރަކު އެއްފަހަރު ހިފާ ރޯދައަކުން ނުވަތަ ކޮށްލާ ނަމާދަކުން ތިމާކުރިނަމަ ކޮށްފައިވާ ހުރިހާ ފާފައެއް ފުހެވިގެންދާނޭ ކަމަށް ޤަބޫލުކޮށްގެން ނުވާނެއެވެ. އެފަދަ މީހުންނަކީ ހަމައެކަނި އެމީހެއްގެ ދުލުކުރިން މާތްﷲ އަށާއި އެކަލާންގެ ރަސޫލާއަށް އީމާންވާމީހުންނެވެ. އަދި ހަމަ އެއާއިއެކު ފަރްޟު އަޅުކަންތަކަށް ސަމާލުކަންދީ މާތްﷲ ހަރާމްކުރައްވާފައިވާ އެންމެހާ ފާފަތަކާ މުންކަރާތްތަކުން ތިމާ ދުރިހެލި ވާންޖެހޭނެއެވެ. މިފަދަ އަޅުކަންތަކުގެ ހަޤީޤީ ފައިދާ ލިބޭނީ އޭރުންނެވެ.

ކަން މިހެން އޮތުމާއިއެކު މިފަދަ ދުވަސްތަށް އަޅުގަނޑުމެންގެ ހަނދާނުގައި ބަހައްޓާ އެދުވަސްތަކުގެ ފައިދާ ލިބިގަތުމަކީ ކޮންމެހެންވެސް ކުރަންޖެހޭނޭ ކަމެކެވެ. ޚާއްޞަގޮތެއްގައި މުޙައްރަމްމަހުގެ ދުވަސްތަކުގައި ރޯދަހިފުމަށް މިއުންމަތުގެ މާތް ނަބިއްޔާ މުޙައްމަދު ރަސޫލުﷲ ޞައްލަﷲ އަލައިހިވަސައްލަމަ ވަނީ ބާރުއަޅުއްވާފައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!