ޚަބަރު
ރިޔާސީ އިންތިހާބަށް މޮނިޓަރުންނާއި އޮބްޒާވަރުން ހޯދުމަށް އިއުލާނުކޮށްފި

އަންނަ ސެޕްޓެމްބަރ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް އޮބްޒާވަރުންނާއި މޮނިޓަރުން ހޯދުމަށް އިލެކްޝަން ކޮމިޝަން (އީސީ)ން އިއުލާނުކޮށްފިއެވެ.

މިކަމާއި ގުޅިގެން އެ އިދާރާއިން ކޮށްފައިވާ އިއުލާންއެއްގައިވަނީ ރިޔާސީ އިންތިހާބުގައި ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް އޮބްޒާވް ކުރުމާއި މޮނިޓަރ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.

އެގޮތުން މޮނީޓަރަކަށް ވެވޭނި އުމުރުން 18 އަހަރުވެފައިވާ ދިވެހިންނަށް ކަމަށާއި، އަދި ޖިނާއީ ކުށެއްގައި ހުކުމް ތަންފީޒު ކުރެވެމުންދާ މީހަކަށް ވެގެން ނުވާނޭ ކަމަށް އީސީން ބުނެފައިވެއެވެ.

އަދި ބޮރޮޑްކޮމްގައި ރަޖިސްޓްރީ ކޮށްފައިވާ ރޭޑިއޯ ނުވަތަ ޓީވީ ސްޓޭޝަނެއްގައި މަސައްކަތްކުރާ މީހެއް ކަމުގައިވުމާއި ރަޖިސްޓަރީކޮށްފައިވާ ނޫސް، މަޖައްލާއެއްގައި މަސައްކަތް ކުރާ މީހަކަށްވާންޖެހޭނެ ކަމަށް އީސީން ބުނެއެވެ. އަދި އެ މީހަކީ ބައިނަލްއަގްވާމީ މީޑިއާއެއްގައި މަސައްކަތްކުރާ މީހެއްކަން އީސީއަށް ކަށަވަރުވާންޖެހޭނެ ކަމަށްވެސް ބުނެފައި ވެއެވެ.

އިންތިހާބު އޮބްޒާވްކުރުމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ބައެއް ޝަރުތުތަކަށް ބަލާއިރު:

  • 18 ފުރިފައިވާ ދިވެއްސަކަށްވުން
  • ޖިނާއީ ކުށެއްގެ ޙުކުމް ތަންފީޒު ކުރެވެމުންދާ މީހެއްކަމުގައި ނުވުން.
  • ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީއެއްގައި ނަން ހިމެނިފައިވާ މީހަކު ކަމުގައި ނުވުން.
  • އިންތިހާބާ ބެހޭ މަސައްކަތެއް ކުރުމަށް އީސީގެ ފަރާތުން ހަވާލުވެގެން ހުރި މީހެއްކަމުގައި ނުވުން.

އީސީން އިއުލާނުގައި ވާގޮތުން އޮބްޒާވަރުންނާއި މޮނިޓަރުންނަށްވުމަށް ޝައުގުވެރިވާ ފަރާތްތަކުން ހުރިހާ ލިޔެކިއުންތަކަކާއިއެކު އޮގަސްޓު މަހުގެ 13 ވަނަ ދުވަހުގެ ކުރިން އެ ކޮމިޝަނަށް ހުށަހަޅަން ޖެހޭނެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!