މެންޗެސްޓާ ޔުނައިޓެޑްގެ އާ ކެޕްޓަނަކަށް ބުރްނޯ ފެނާންޑޭސް ހަމަޖައްސައިފިއެވެ.
ޕޯޗުގަލްގެ މިޑްފީލްޑަރު ވަނީ މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ޔުނައިޓެޑުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅެފައެވެ. އެކަމަކު މިފަހަރު އެޓީމުގެ ކޯޗު އެރިކް ޓެން ހާގް ވަނީ ފެނާންޑޭސް އަށް ދާއިމީ ގޮތެއްގައި ޓީމުގެ ކެޕްޓަން ބޭންޑް ދިންކަން ކަށަވަރުކޮށްދީފަ އެވެ.
ފެނާންޑޭޒް ވަނީ 2020 ވަނަ އަހަރު އެ ކްލަބާ ގުޅުނު ފަހުން އެ ކްލަބަށް ކުޅުނު 185 މެޗުގައި 64 ލަނޑު ކާމިޔާބުކޮށް 54 އެސިސްޓް ކޮށްދީފަ އެވެ.
ކެޕްޓަންގެ ހައިސިއްޔަތުން ދެ ފަހަރެއްގެ މަތިން ސަރ މެޓް ގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.

