ފެންޑާ
ސްޓްރޯކް ޖެހުމަށް މެދުވެރިވާ ބައެއް ސަބަބު

ސްޓްރޯކްޖެހުމަކީ ސިކުނޑިއަށް ލޭފޯރުކޮށްދޭ ނާރެއް ބެދުން ނުވަތަ ފަޅައިގެން ދިއުމުގެ ސަބަބުން ސިކުނޑިއަށް ލޭލިބުން ދަށްވެ މައްސަލަތައް ކުރިމަތިވުމެވެ. މީގެ ސަބަބުން ހަށިގަނޑުގެ ބައެއް ގުނަވަންތަކުގެ ހަރަކާތް ހުއްޓުން، ހަށިގަނޑުގެ އެއްފަރާތަށްވާގިނެތޭ ބަލިޖެހުން، އަދި ވާހަކަ ނުދެއްކި ހޭނެތިފައި އޮންނަގޮތް ދިމާވެއެވެ.

ސްޓްރޯކްޖެހޭ 70 އިންސައްތަ މީހުންނަށް މިމައްސަލަ ދިމާވަނީ ލޭމައްޗަށް ދިއުމުގެ ސަބަބުންނެވެ. އެހެންކަމުން ލޭ މައްޗަށް ދިމުން ދުރުހެލިވުމަށް ވަރަށްބޮޑަށް މަސައްކަތް ކުރަން ޖެހޭނެއެވެ.

މިއަދު ދިވެހިންގެ ތެރޭގައި ސްޓްރޯކް ޖެހޭ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. އެތެރެހަށީގެ ޑޮކްޓަރު މުހައްމަދު އަލީ ވިދާޅުވި ގޮތުގައި ސްޓްރޯކް ޖެހޭ ގިނަ ދިވެހިންގެ ތެރޭގައި ހިމެނެނީ މެދު އުމުރުގެ މީހުންނާއި ދުވަސްވީ މީހުންނެވެ. ކަންމިހެން އޮތީ ދިވެހިންގެ އާދަކަދާތައް ވެސް ބައްޓަންވެފައި ހުންނަ ގޮތުންނެވެ.

އެގޮތުން، ސްޓްރޯކް ޖެހުމުން ދުރުވުމަށް މިކަންކަމުން ދުރުވާށެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން

ދުންފަތުގެ އިސްތިއުމާލު ކުރާމީހުންނަށް އެކަން ނުކުރާމީހުންނަށްވުރެ ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑެވެ. އަންހެނުންގެ ތެރެއިން ދުންފަތުގެ އިސްތިއުމާލުކޮށް އަދި ދަރިން ނުވިހާ ބޭސް ބޭނުންކުރާ މީހުންނަށް ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑުކަން ވަނީ ފާހަގަވެފައެވެ.

ލޭމައްޗަށްދިއުން

ލޭމައްޗަށްދިއުން ލޭގެ ޕްރެޝަރު މަތިވުމަކީ ހިތް މަސައްކަތް ކުރާ މިންވަރު އިތުރުވާ ކަމެކެވެ. އޭގެ ސަބަބުން ހިތް ސައިޒުން ބޮޑުވެ، ބާރު ދެރަވާގޮތް ވެއެވެ. ލޭގެ ޕްރެޝަރ މަތިވެ، ކޮލެސްޓީރޯލް ވެސް މަތިވެ، އަދި ހަކުރު ބަލި ހުރުން ނުވަތަ ދުންފަތު އިސްތިއުމާލު ކުރާނަމަ ހާޓް އެޓޭކް އަދި ސްޓްރޯކް ޖެހުން ކުރިމަތިވުމުގެ ފުރުސަތު އެތައް ގުނައަކަށް މަތިކުރުވައެވެ.

ސަރުބީ މަތިވުން

ސަރުބީ މަތިވުމުގެ ސަބަބުން ސިކުނޑިއަށް ލޭފޯރުކޮށްދޭ ލޭހޮޅިތަކުގައި ސަރުބީ ޖަމާވެ ލޭހޮޅި ހަރުއަރައިފިނަމަ ސިކުނޑިއަށް ލޭ ހިނގުމުގައި ހުރަސްތަކާ ކުރިމަތިވެ، ސްޓްރޯކް ޖެހުމަކީ ވެދާނެ ގޮތެކެވެ.

މަސްތުވާ ތަކެއްޗާ ބަނގުއާވި ބޭނުންކުރުން

އަންހެނުން އެއްތަށި، ފިރިހެނުން ދެތައްޓަށް ވުރެ ގިނައިން ބަނގުއާވި ދުވާލަކު ބޯނަމަ ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުން އިތުރުކުރުވައެވެ. އެއީ އޭގެ ސަބަބުން ލޭގެ ޕްރެޝަރ އަދި ކޮލެސްޓީރޯލް އާއި ހަށިގަނޑުގެ ބަރުދަނަށް އަސަރު ފޯރުވާތީ އެވެ. ބައެއް ކަހަލަ މަސްތުވާ ތަކެތި ބޭނުންކުރުން މިސާލަކަށް ކޮކޭއިން އަދި އިންޖެކްޝަންގެ ޒަރީއާއިން ނެގޭ މަސްތުވާތަކެތި ބޭނުންކުރުމާއި، ސްޓްރޯކް ޖެހުން ފަދަ ކަންކަމާއި ގުޅުން ވާކަމަށް ވަނީ އެގިފައެވެ.

ހަކުރު ބަލިޖެހުން

ހަކުރު ބަލި ޖެހުމަކީ ވެސް ސްޓްރޯކް ޖެހުމަށް ފަހިކުރާނެ ކަމެކެވެ. ހަކުރު ބަލި ހުންނަ މީހުންގެ ލޭހޮޅިތަކުގައި ސަރުބީ ޖަމާވުމުގެ ފުރުޞަތު ބޮޑުވާނެ އެވެ. އަދި ފަސޭހައިން ސަރުބީގެ އެތިކޮޅުތައް ލޭހޮޅިތަކުގައި ހަރުލާނެ އެވެ. މިހެންވުމަކީ ލޭހޮޅިތައް ހަރުއަރައި، ލޭހިނގުމަށް ބުރޫއަރާނެ ކަމެކެވެ. ސިކުނޑީގެ ލޭހޮޅިތަކުގައި ލޭހިނގުމަށް ބުރޫއެރުމަކީ ސްޓްރޯކް ޖެހުމަށް މަގުފަހިވާނެ ކަމެކެވެ.

މާބޮޑަށް ފަލަވުން

މާބޮޑަށް ފަލަވުމަކީ ވެސް ހިތުގެ ބަލިތަކާއި، ސްޓްރޯކް ޖެހުން އިތުރުވާ ކަމެކެވެ. ހަމަމިހެން ހަކުރު ބައްޔަށް ހުށަހެޅުމުގެ ފުރުސަތު ވެސް އިތުރުވެގެން ދެއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!