ޚަބަރު
ރައީސް ޔާމީންގެ ކެންޑިޑެންސީ ފޯރމްއާއި ގުޅޭ މަސައްކަތްތައް ދަނީ ކުރަމުން: ޕީޕީއެމް

ކުރީގެ ރައީސް އަދި ޕީޕީއެމް- ޕީއެންސީގެ ލީޑަރ ރައީސް އަބްދުﷲ ޔާމީން ރިޔާސީ އިންތިހާޞުގައި ވާދަކުރެއްވުމަށް އެމަނިކުފާނުގެ ކެންޑިޑެންސީ ފޯރމް އިލެކްޝަންސް ކޮމިޝަންއަށް ހުށަހެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދާކަމަށް ޕީޕީއެމުން ބުނެފިއެވެ.

ޕީޕީއެމްއިން މިހެން ބުނެފައި މިވަނީ އަންނަ ސެޕްތެމްބަރ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުުގެ ފުރުސަތު، މާދަމާ ހެނދުނު 9:00 އިން ފެށިގެން ހުޅުވާލާފައިވާ ކަމަށް އިއުލާން ކުރުމާއި ގުޅިގެންނެވެ.

އެގޮތުން ޕީޕީއެމް- ޕީއެންސީ ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު މިޑިއާތަކަށް ފޮނުވާފައިވާ މެސެޖުގައި ވިދާޅުވީ، ރައީސް ޔާމީންގެ ކެންޑިޑެންސީ ފޯރމްއާއި ގުޅިގެން ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް މިހަާރު ދަނީ ކުރަމުން ކަމަށެވެ. އަދި ފޯމް ހުށަހަޅާ ދުވަސް މީޑިއާތަކަށް އަންގާނެ ކަމަށް ހީނާ ވިދާޅުވެފައި ވެއެވެ.

ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވަނީ މަނީ ލޯންޑްރިންގްއާއި ރިޝްވަތު ހިފުމުގެ ދައުވާއެވެ.

ޤާނޫނު އަސާސީގެ 109ވަނަ މާއްދާއާއި ރިޔާސީ އިންތިހާބާއި ބެހޭ ގާނޫނުގެ 07 ވަަނަ މާއްދާގައި ވާގޮތުން ރައީސުލް ޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލާ މީހަކީ ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް އައިސްފައިވާ މީހެއްނަމަ އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ހުކުމް ކަނޑައެޅި އަދަބަށް މަޢާފު ލިބުނުތާ ތިން އަހަރު ވާން ޖެހޭނޭ ކަމަށެވެ.

އަދި އެމީހާއަކީ އިސްލާމް ދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ނުވަތަ މަކަރާއި ހީލަތް، ޓެކުން، ހިޔާނާތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ވެގެން ނުވާނެ ކަމަށް ވެސް އެ އިއުލާނުގައި ވެ އެވެ.

ޕީޕީއެމް/ޕީއެންސީން މިއަދާ ހަމައަށް ވެސް ބުނަމުން އަންނަނީ އެ ދެ ޕާޓީގެ ތެރެއިން ޔާމީން ނޫން އެހެން ކެންޑިޑޭޓެއް ނުނިކުންނާނެ ކަމަށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!