ޚަބަރު
އިންޑޮނޭޝިޔާގައި ފެރީއެއް ފެތި، ގިނަ ބަޔަކު މަރުވެއްޖެ

އިންޑޮނޭޝިޔާގެ ސުލަވޭސީ އައިލޭންޑްގެ ކައިރިއަށް ފެރީއެއް ފެތުމުގެ ސަބަބުން 15 މީހުން މަރުވެއްޖެއެވެ. 40 ފަސިންޖަރުންނާއި އެކު ދުއްވަމުން ދިޔަ މިފެރީ ފެތިފައި ވަނީ އާދީއްތަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި ކަމަށް ޚަބަރުލިބެއެވެ.

މި ޙާދިސާއާއި ގުޅިގެން 19 މީހަކު ގެއްލި އެމީހުން ހޯދުމުގެ މަސައްކަތް ކުރިއަށްދާކަމަށް މިއަދު އިންޑޮނޭޝިޔާގެ ނެޝެނަލް ސާޗް އެންޑް ރެސްކިއު އޭޖެންސީ އިން ބުނެފައިވެއެވެ. މިހާތަނަށް ސަލާމަތް ކުރެވިފައިވާ 6 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެވެމުން ދާމަކަށްވެސް  އެ އޭޖެންސީން މަޢުލޫމާތު ދެއްވައެވެ.

ފެރީ ފެތެން ދިމާވި ސަބަބު އަދި ސާފުވެފައި ނުވާއިރު، ފެރީ ފެތުނުއިރު އޭގައި ތިބި މީހުންގެ ޖުމްލަ ޢަދަދު ވެސް އަދިވަނީ ސާފެއްނުވެއެވެ. ފެރީ ފެތުމުގެ މިޙާދިސާއާއި ބެހޭގޮތުން ނޫސްވެރިނަށް މަޢުލޫމާތު ދެއްވަމުން މީހުން ސަލާމަތް ކުރުމުގައި އިސްކޮށް ޙަރަކާތްތެރިވާ މުޙައްމަދު އަރަފާ ވިދާޅުވީ، މިޙާދިސާގައި މިހާތަނަށް ސަލާމަތް ކުރެވުނު ހުރިހާ ފަރާތްތަކެއް ވެސް ވަނީ، ޢާއިލާތަކާއި ޙަވާލު ކުރެވިފައެވެ.

17000 ރަށުގެ މައްޗަށް އެކުލެވޭ އިންޑޮނޭޝިޔާގައި ފެރީ އަޑިއަށް ދިއުން މީ ވަރަށް ޢާއްމުކޮށް ދިމާވާ ކަމެކެވެ. 2018 ވަނަ އަހަރު ގިނަ ޢަދަދެއްގެ މީހުން އަރުވައިގެން ދިޔަ ފެރީއެއް ބަންޑުންޖަހާލުމުގެ ސަބަބުން 192 މީހަކު ވަނީ މަރުވެފައެވެ.

ފާއިތުވި މެއި މަހުވެސް 800 މީހުން ތިބި ފެރީއެއް ތިލަ ހިސާބަކަށް އުރުމުގެ ޙާދިސާއެއް ވަނީ ހިނގާފައެވެ. އެޙާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ވެފައެއް ނުވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!