ފެންޑާ
މެޖޯރިޓީއަށް ތަބާވުމަށް ވުރެ މުހިންމީ ރަނގަޅުގޮތް އިޚްތިޔާރު ކުރުން

މެޖޯރިޓީއަށް ތަބާވުން މުހިންމެއް ނޫނެވެ. މުހިންމީ ރަނގަޅުގޮތް ތިބާ އިޚްތިޔާރު ކުރުމެވެ.

މެޖޯރިޓީ އަށް ތަބާވުން ނުވަތަ، ގިނަ މީހުންގެ ޤަބޫލުކުރުންތަކާއި އެއްގޮތަށް ފިކުރު ބައްޓަން ކުރުމަކީ ޑިމޮކްރަސީގެ އުޞޫލުކަމުގައި ގިނަބަޔަކު ދެކެއެވެ. އެހެންމީހުން ވިސްނާގޮތާއި ތަފާތުކޮށް ވިސްނުމަކީ، އަމިއްލަޔަށް ލަނދުގަންނަންޖެހޭ ކަމެއްވެސް ނޫނެވެ. އެހެންމީހުން ނުވިސްނާ ގޮތްގޮތަށް ވިސްނުމަކީ މީހަކު ބާކީ ވާންޖެހޭ ސަބަބެއްވެސް ނޫންމެއެވެ. ދުނިޔެއަށް އައިސްފައިވާ ބޮޑެތި އިންގިލާބުތަކުގެ ފަހަތުގައި ވަނީ އެހެންމީހުންނާއި ތަފާތުކޮށް ވިސްނައި، އާކަންކަން ބަލައި ހޯދުމުގެ ވިސްނުމެވެ. މެޖޯރިޓީއަށް ތަބާވާންޖެހޭ ފަހަރުވެސް އާދެއެވެ. ނަމަވެސް އެހެން ހުރިހާ އެންމެންގެ ވިސްނުން ރަނގަޅު ނޫންކަން ތިބާއަށް ވިސްނޭ ހާލަތުގައި، ރަނގަޅު ގޮތް ދޫކޮށް، ކަނޑައެޅިގެން ހަލާކުގެ ތެރެއަށް އަމިއްލަ ނަފުސު ވައްޓާލުމުގައި، މެޖޯރިޓީއަށް ތަބާވުމެއް ނުވެއެވެ.

ސައިކޮލޮޖިސްޓުންތަކެއް ކޮށްފައިވާ، އެކްސްޕެރިމެންޓަލް ރިސާރޗެއްގައި، ތަފާތު 6 ބައިވެރިޔަކު ބައިވެރިކުރެއެވެ. މި ހަބައިވެރިންގެ ތެރެއިންނާއި އެންމެނަށް އެނގޭ ތަފާތު ސުވާލުތަށް ކުރިމަތި ކުރުވައެވެ. މި 6 ބައިވެރިންގެ ތެރެއިން 5 ބައިވެރިޔަކު ދިރާސާ ކުރިޔަށް ގެންދިޔަ ފަރާތް ބުނެގެން ބައެއް ސުވާލުތަކަށް ކަނޑައެޅިގެން ނުބައި ޖަވާބު އެންމެން އެއް ޖަވާބު ދެއެވެ. ފާހަގަވެގެން ދިޔައީ ވަރަށް ތަފާތު ކަމެކެވެ. އެންމެން އެއްކޮށް އެއް ޖަވާބެއްގެ ގޮތުގައި ނުބައި ޖަވާބެއް ދިނުމުން، 6 ވަނަ ފަރާތްވެސް، އެއީ ނުބައި ޖަވާބުކަން އެނގޭ ހާލުގައިވެސް، އެންމެން ނުބައި ނުވާނޭކަމަށް ވިސްނައިގެން ހަމަ އެ ނުބައި ޖަވާބު ސުވާލުގެ ޖަވާބުގެ ގޮތުގައި ތަކުރާރު ކުރެއެވެ. ތަފާތު ގިނަ ފަރާތަށް މިއެކްސްޕެރިމެންޓް މިފަދައިން ތަކުރާރުކުރުމުން ވަރަށް މަދު މީހަކު މެނުވީ އެންމެން ދީފައިވަނީ ގިނަ މީހުން ދޭ ޖަވާބަކީ ރަނގަޅު ޖަވާބުކަމަށް ބަލައި އެޖަވާބެވެ. މިއީ އާންމުގޮތެއްގައި އާންމު އިންސާނުން ވިސްނާގޮތެވެ.

ދިރިއުޅުމުގައި ތިބާ ހާޞިލްކުރަން ބޭނުންވާ ލަނޑުދަނޑިއަކަށް މަސައްކަތް ކުރަންޖެހެނީ ތިބާ އެކަންޏެވެ. ބޭނުންވާ މަންޒިލަކަށް ނުވަތަ ހާޞިލްކުރުމަށް ބޭނުންވާ ލަނޑުދަނޑިއަކަށް ވާސިލް ވުމުގައި ތިބާއަށް ތަފާތު ދަތި އުދަނގޫ، ގޮންޖެހުންތަކާއި ތިބާއަށް ކުރިމަތިވުން އެކަށީގެންވެއެވެ. އެހެންކަމުން މިފަދަ ތަފާތު ގޮންޖެހުންތަކާއި ކުރިމަތިލުމުގެ ހިތްވަރު ކޮންމެ މީހަކަށް ލިބިގެން ނުވެއެވެ. ކާމިޔާބީ ހާޞިލްކުރުމަށް ކަޑައްތުކުރާ ރާސްތާގައި، އެއްވެސްކަހަލަ ނުފޫޒެއް ނެތި އަމިއްލަ ވިސްނުމުގައި އަމިއްލަ އިޚްތިޔާރުގައި ކުރިޔަށްދާ މީހާ އަކީ، އެހެން މީހުންގެ ޚިޔާލާއި ފިކުރަށް ބުރަވެ، އެހެން މީހުންގެ އެހީތެރިކަމާއެކު، ކާމިޔާބު ހާޞިލްކުރުމުގެ މަގު އިކްތިޔާރު ކުރާ މީހާއަށްވުރެ، ހިތްވަރުގަދަ، ކާމިޔާބު މީހެކެވެ. އެހެން މީހުންގެ ވިސްނުމަށް ބަރޯސާވެގެން އެހެންމީހުން ދައްކާމަގު، ދިރިއުޅުމުގައި އިޚްތިޔާރުކުރާ މީހާ، ގެރި ބަކަރި ފަދަ ތަކެއްޗާއި އެއްވެސް ތަފާތެއް ނެތެވެ. އެތަކެތިވެސް، ވެރިމީހާ، ނުވަތަ މަގުދައްކާ މީހާ ނުވަތަ އެންމެ ކުރީގައި އޮންނަ ޖަނަވާރު އިޚްތިޔާރު ކުރާމަގުން ކުރިޔަށް ދެއެވެ.

އުދުހެން ދަސްކުރާ ދޫނި ސޫފާ ސޫފިވެސް އުދުހެން މަސައްކަތްކުރަނީ އެކަންޏެވެ. އުދަހެން ދަސްކުރާ މަރުހަލާގައި، ތަފާތު އެތަށްފަހަރަކު ވެއްޓި އަނިޔާ ވެއެވެ. ނަމަވެސް ދޫކޮށްނުލައި ހިތްވަރާއެކު މިންނެތް މަސައްކަތުން، ދޫނި ސޫފާ ސޫފި، އުދުހެން ދަސްކުރެއެވެ. މިއީ ދިރިއޅުމުގެ ހަޤީޤަތެވެ. ވަކި ލަނޑުދަނޑިޔެއް ނުވަތަ މަޤުސަދެއް ހާޞިލްކުރުމަށް މަސައްކަތް ކުރާމިހާ، އެހެން ބަޔަކު އެމީހާއަށް ސަމާލުކަން ދޭތޯ ބެލުން މުހިންމެއް ނޫނެވެ، ހަޤީޤީ ކާމިޔާބީއަކީ، އަމިއްލަ ބުރަސައްކަތުން ހާޞިލްކުރާ ކާމިޔާބެވެ. ގިނަމީހުން ބޭނުންވާގޮތަކަށް ހެދުން ނުވަތަ ގިނަބަޔަކު ދެކޭގޮތަށް ތިބާގެ ފިކުރު ބައްޓަން ކޮށް ބަދަލުކުރުން މުހިންމެއް ނޫނެވެ. މުހިންމީ ރަނގަޅު ގޮތް އިޚްތިޔާރު ކުރާމީހަކަށް ހުރީ ތިބާ އެކަނިކަމުގައި ވިޔަސް، މުހިންމީ ރަގަޅު ގޮތް ތިބާ އިޚްތިޔާރުކުރުމެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!