ޚަބަރު
ޓީޗިންގް ލައިސެންސް 7 ރޭންއަކަށް ބަހައި، ގަވާއިދު އާންމުކޮށްފި

މުދައްރިސުންގެ ލައިސެންސް ހަތް ރޭންކްއަކަށް ބަހާލައި ގަވާއިދު އާންމުކޮށްފިއެވެ.

އެ ގަވާއިދު ބުނާގޮތުން، މުދައްރިސުންނާއި ލީޑިންގް ޓީޗަރުންނާއި، ސުޕަވައިޒަރުންނާއި ޑިޕާޓްމަންޓުތަކުގެ ހެޑުންނާއި ހެޑް ޓީޗަރުންނާއި އަދި ފެންވަރުގެ މަގާމުތަކުގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުން ލައިސަންސް ނަގަން ޖެހެއެވެ. އަދި ޕްރިންސިޕަލުންނާއި ޑެޕިއުޓީ ޕްރިންސިޕަލުންނާއި އެކްޓިން ޕްރިންސިޕަލުންގެ އިތުރުން އެ ފެންވަރުގެ މަގާމުތަކުގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުންވެސް ލައިސަންސް ހޯދަންޖެހޭނެ އެވެ.

ޓީޗިންގް ލައިސަންސް ބާހާލައިފާ ހަތް ރޭންކްއަކަށެވެ. އެއީ

  • ރޭންކް 1 – ޓީޗަރު
  • ރޭންކް 2 – ގްރެޖުއޭޓް ޓީޗަރު
  • ރޭންކް 3 –  ޕްރޮފިޝަންޓް ޓީޗަރު
  • ރޭންކް 4 – އެކޮމްޕްލިޝްޑް ޓީޗަރު
  • ރޭންކް 5 – ޑިސްޓިންގްޝްޑް ޓީޗަރު
  • ރޭންކް 6 – ޕްރޮވިޝަނަލް ޓީޗިން ލައިސަންސް- މިއީ 2029 ވަނަ އަހަރުން ފެށިގެން ކިޔަވައިދިނުމުގެ ދާއިރާއިން ދަސްވެނިވެގެން ކިޔަވައިދިނުމަށް ބޭނުންވާ މީހުންނަށް ދޫކުރާ ވަގުތީ ލައިސަންސެއް.
  • ރޭންކް 7 – ކިޔަވައިދިނުމުގެ ވަގުތީ ލައިސަންސް- ވަގުތީ ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރަން ބޭނުންވާ މީހުންނަށް ދޫކުރާ ލައިސަންސެއް.

ޓީޗަރުންގެ އިތުރުން ސްކޫލުތަކުގެ އިސްވެރިންނާއި ބިދޭސީ ޓީޗަރުންގެ ވެސް ވަނީ ރޭންކްތަކަށް ބަހާލާފައެވެ. އެގޮތުން، ޑެޕިއުޓީ ޕްރިންސިޕަލުން އަދި ޕްރިންސިޕަލުން  ތިން ރޭންކަކަށް ބަހާލާފައިވާއިރު، ސުޕްރިޓެންޑެންޓްގެ ނަމުގައި ދެ ރޭންކެއް ތައާރަފްކޮށްފައިވެއެވެ.

ބިދޭސީ ޓީޗަރުންގެ ރޭންކްތަކަށް ބަލާއިރު އެ މުދައްރިސުންނަށް ލައިސަންސް ދެވޭ އެންމެ މަތީ ރޭންކްއަކީ ގްރެޖުއޭޓް ޓީޗަރ- ޓީޗިން ލައިސެންސް ރޭންކް 2 އެވެ. ބިދޭސީ ޕްރިންސިޕަލުންނަށް ދޭ އެންމެ މަތީ ރޭންކްއެއްގެ ގޮތުގައި ނިންމާފައިވަނީ ޕްރިންސިޕަލް ރޭންކް 1 އެވެ.

އެ ގަވާއިދުގައި ވާ ގިތުން ލައިސަންސް ދިނުމުގައި ކަންކަން ކުރާނީ އެ ކަމަށް ހާއްސަ ކޮށްގެން އުފައްދާފައިވާ ޓީޗާސް ރެޖިސްތްރޭޝަން ބޯޑްއިންނެވެ. އެހެން ކަމުން، ލައިސަންސް އޮތް މީހެއްގެ މައްސަލަ ބެލުމަށްފަހު، ލައިސަންސް ހިފެހެއްޓުމަށް ނުވަތަ ބާޠިލްކުރުމުގެ ބާރު އެ ބޯޑަށް ލިބިގެންވެއެވެ.

ލައިސަންސް ހޯދުމަށް ވަނީ ހާއްސަ ޕޯޓަލްއެއް އުފައްދާފައެވެ. އެކަމަށް ހުށަހަޅާއިރު، ސަނަދުތަކުގެ ތަފްސީލާއި ކުށުގެ ރިކޯޑާއި ޕޮލިސް ރިޕޯޓު ހުށަހަޅަންޖެހެ އެވެ. އަދި ޕޮލިސް ރިޕޯޓުގެ ގޮތުގައި ހުށަހަޅަން ޖެހޭނީ އެ މީހަކު އެންމެ ފަހުން ދިރިއުޅުނު ގައުމަކުން ދޫކުރި ތިން މަސް ނުވާ ރިޕޯޓެކެވެ.

މީގެ އިތުރުން، ޓީޗިންގެ ފުރަތަމަ ލައިސަންސާއި އެ އާ ކުރުމަށް އަދި ރޭންކް ބަދަލުވެގެން ލައިސަންސް ބަދަލުކުރާއިރު، 400ރ. ގެ ފީއެއް ދައްކަންޖެހެ އެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!