ޚަބަރު
ތިނަދޫ ބަނދަރުގައި އޮތް ދޯންޏެއް އަޑިއަށް ގޮސްފި

ގދ. ތިނަދޫގެ އައިސްޕްލާންޓް ޖެޓީގައި އަޅާފައިއޮތް ދޯންޏެއް އަޑިއަށް ގޮސްފިއެވެ.

އެމްއެންޑީއެފްއިން މައުލޫމާތު ދޭ ގޮތުގައި، މި ދޯނި އަޑިއަށް ގޮސްފައިވަނީ ލޮނު އަރައިގެންނެވެ.

މީގެ އިތުރުން، އެ ދޯނި އެއްކޮށް އަޑިއަށް ދިޔުމުގެ ކުރިން، ދޯނި ފެންމަތި ކުރުމުގައި އެމްއެންޑީއެފްގެ ސަދަން އޭރިއާގެ ކޮމާންޑް، ތިނަދޫ ފަޔަރ ސްޓޭޝަނުން އަދި ތިނަދޫގެ ރައްޔިތުންގެ އެހީތެރިކަން ދީފައިވާ ކަމަށް އެ ފަރާތުން ހާމަކުރެއެވެ.

މި ދޯންޏަކީ ފަތުރުވެރިކަމުގެ މަސައްކަތައް ތައްޔާރުކޮށްފައިވާ ދޯންޏެކެވެ. އަދި މި ދޯނި އަޑިއަށް ގޮސްފައިވަނީ ދޯންޏަށް އުދައެރުމުގެ ސަބަބުންކަމަށް ތިނަދޫ ކައުންސިލްގެ ރައީސް ސަައުދު އަލީ ހުވަދޫ މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

އަދި އެ ދޯނި ރޭ 23:57 ހާއިރު ވަނީ ފެންމަތި ކުރެވިފައެވެ. އަދި މި ހާދިސާގައި އިތުރު އުޅަނދަކަށް އަދި މީހަކަށް ގެއްލުންވެފައެއް ނުވެއެވެ.

މީގެ އިތުރުން ތިނަދޫގެ ބަނދަރުގެ  އުތުރު ސަރަހައްދުގެ ފަޅުތެރެ ހިމާޔާތް ކުރުމުގެ ގޮތުން ބޭރު ތޮއްޓެއް ނެތްކަމުގެ ކަންބޮޑުވުން ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ.

ކައުންސިލްގެ ރައީސް ވިދާޅުވި ގޮތުގައި ތިނަދޫ ދެކުނު ސަރަހައްދުގައި ހަދަމުންދާ އިންޑަސްތްރިއަލް ޒޯން ހަދާ ނިމުމުން، އުތުރު ސަރަހައްދުގައި ޕިކްނިކް އައިލެންޑްއެއް ހަދަން ސަރުކާރުން ނިންމާފައިވާ ކަމަށާއި އަދި އެ މަސައްކަތް ނިމުމުން އެ ސަރަހައްދުގެ ބަނދަރުގެ ފަޅުތެރެ ހިމާޔަތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ސަރުކާރުން ބުނެފައިވާ ކަމަށް ތިނަދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. ނަމަވެސް އެ މަސައްކަތް ފަށާނެ ވަކި ތާރީޚެއް ސަރުކާރުން ބުނެފައި ނުވާކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!