ޚަބަރު
ކާރުތަކެއް އުފުލަމުން ދިޔަ ކާގޯ ބޯޓެއްގައި އަލިފާން ރޯވެއްޖެ

ނެދަލޭންޑްސްގެ ރަށް ބޭރުން ދަތުރު ކުރަމުންދިޔަ، ކާރު އުފުލާ ކާގޯ ބޯޓެއްގައި އަލިފާން ރޯވެ، ފަޅުވެރިންގެ ތެރެއިން އެކަކު މަރުވެއްޖެއެވެ. މިކަން ހާމަކޮށް ޑަޗް ކޯސްޓްގާޑުން ބުދަދުވަހު ބުނީ މި ޙާދިސާގައި އެ ބޯޓުގެ ފަޅުވެރިންގެ ތެރެއިން އެތައް ބަޔަކަށް އެކިވަރުގެ އަނިޔާތައް ވެފައި ވާކަމަށެވެ.

3000 އެއްހާ އެއްގަމު އުޅަނދު އުފުލަމުން ދިޔަ، މިބޯޓުގައި އަލިފާން ރޯވީ އަންގާރަދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށާއި، އަލިފާންގަނޑު ފެތުރުމުގެ ސަބަބުން އެތަށް ފަޅުވެރިންނަކަށް ވަނީ ބޯޓު ދޫކޮށް މޫދަށް ފުންމާލަން ޖެހިފައި ކަމަށް ކޯސްޓްގާޑުން މަޢުލޫމާތު ދެއްވައެވެ.

ޖަރުމަނުން ފުރައިގެން މިޞްރަށް ދަތުރު ކުރަމުންދިޔަ، ޕެނަމާގައި ރަޖިސްޓްރީ ކޮށްފައިވާ 655 ފޫޓުގެ މިބޯޓުގައި އަލިފާން ރޯވެފައިވާ ކަން ހާމަކޮށް ނެދަލޭންޑްސްގައި ހުންނަ އިންޑިއާ އެމްބަސީން ކުރި ސޯޝަލްމީޑިއާ ޕޯސްޓެއްގައި ބުނީ މިހާދިސާގައި ގެއްލުން ލިބިފައި ވަނީ އިންޑީއާގެ ރައްޔިތުން ތަކަކަށް ކަމަށެވެ. އަދި މަރުވެފައިވާ އިންޑިއާ މީހާގެ ޢާއިލާއަށް ވެސް އެފަރާތުން އެކަން އަންގާފައި ވާކަމަށް އެ ޕޯސްޓްގައި ވެއެވެ.

މިބޯޓުގެ ވެރިފަރާތް ކަމުގައިވާ ޖަޕާނުގެ ޝޯއީ ކިސާން ކުންފުނިން ވަނީ ބޯޓުގައި ހިމެނޭ ޖުމްލަ 21 ފަޅުވެރިންނަކީ ވެސް އިންޑިއާގެ ރައްޔިތުން ކަން ކަށަވަރު ކޮށްދީފައެވެ.

ބޯޓުގެ އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ވެށީ ބޯޓު އޮޔާ ދިއުން ހުއްޓުވުމަށް ފިޔަވަޅުތައް އަޅާފައި ކަމަށާއި، އެހެނަސް އަލިފާން ނިއްވަން ފެންޖެހުމުގައި އެބޯޓު އަޑިއަށް ގޮސްދާނެ ކަމުގެ ބިރު އޮތުމަކީ ދިމާވެފައިވާ ހުރަހެއް ކަމަށް ޑަޗް ކޯސްޓްގާޑުން ވަނީ ބުނެފައެވެ. ބޯޓުގެ އަލިފާންގަނޑު އަދިވެސް ކޮންޓްރޯލް ނުކުރެވޭ ކަމަށާއި، އަލިފާންގަނޑު ކޮންޓްރޯލު ކުރަން އުނދަގޫ ވެގެން އުޅެނީ، ބޯޓުގައި އުފުލާ ބާވަތްތަކުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށް ވެސް އެފަރާތުން ވަނީ ބުނެފައެވެ.

އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި މިހާތަނަށް ސާފު ނުވާކަމަށް ކޯސްޓްގާޑުގެ ވެބްސައިޓުގައި ވީނަމަވެސް، ޑަޗް ކޯސްޓްގާޑުގެ ތަރުޖަމާނާއި ޙަވާލާދީ ރޮއިޓާސް އިން ބުނެފައިވަނީ އަލިފާންގަނޑު ފުރަތަމަ ހިފާފައި ވަނީ، އިލެކްޓްރިކް ކާރެއްގެ ކައިރީގައި ކަމަށެވެ.

ކާގޯ ބޯޓުތަކުގައި ހިނގާ މިފަދަ ޙާދިސާތައް މިފަހަކަށް އައިސް އިތުރުވަމުން ދާތީ ދަ އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން އިން ކަނޑުމަތީގައި މުދާއުފުލުމުގެ މިންގަނޑުތަކަށް ބަދަލު ގެންނާނެކަމަށް ދަނީ ބެލެވެމުންނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!