ކުޅިވަރު
އެއްކަލަ ދެމީހުން އަނެއްކާ އެއްތާކަށް އަންނަނީ؟

މިދިޔަ ބުރާސްފަތި ދުވަހު ފުޓުބޯޅަ ބެލުންތެރިން ރޮއްވާލީ ބާރސެލޯނާގެ ބާސެލޯނާގެ ކެޕްޓަން އަދި މިހާރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ލިއޮނަލް އެންޑްރެސް މެސީ ކޮންޓްރެކްޓް ހަމަވެ ކުލަބު ދޫކޮށްލާ ހަބަރެވެ. 2000 ވަނަ އަހަރު މެސީ ކުޅެން ފެށި ކުލަބު ދޫކޮށްލުން ވީ މެސީ އަށާއި ކުލަބަށްވެސް ދަތި ނިންމުމަކަށެވެ.

މެސީއާއި އެންމެ ގާތް ކޮށް އުޅެމުން އައީ ނޭމާ 2017 ވަަނަ އަހަރު ކުލަބާއި ވަކިވެގޮސް ޕީ އެސް ޖީ އާއި ގުޅުނެވެ. އެހިސާބުން މެސީގެ އެއްބައި މަދުވި ކަމަށް ބެލުންތެރިން ދެކުނެވެ. ނަމަވެސް މިހާރު ސޯޝަލް މީޑިއާގައި ހޫނުކޮށް ފެތުރެނީ މެސީ ޕީއެސްޖީ އާއި ގުޅޭ ވާހަކައެވެ.

މިކަމުގެ ސަބަބުން މެސީ އަށް ލިބޭނީ އިތުރު ހިތްވަރެއް ކަމަށް ބެލެވެއެވެ. ދުވަސްވީ އެކުވެރިޔާ އެކު އަލުން ކުޅެލަން މުޅިން އާ ފުރުސަތެކެވެ. މިވަގުތު ޕީއެސްޖީ އިން ދަނީ  މަޝްހޫރު މޮޅެތި ކުޅުންތެރިން އަތުވާން ހުރިއްޔާ ނަގަމުންނެވެ. ދާދި ފަހުން ރާމޯސް އާއި އެމްބާޕޭވެސް ގަނެފައި ވެ އެވެ. މެސީ ގަނެފިނަމަ ޕީ އެސްޖީ އަތުނުވާނެ ކަމަށް ދެކެވެއެވެ.

މެސީގެ ރިކޯޑަކީ 748 ގޯލެވެ.

ޒަމާނުއްސުރެ ބާސެލޯނާ އަށް ކުޅެމުން އަންނަ މެސީ ވަނީ ރެކޯޑް އަދަދަކަށް އިނާމު ހާސިލްކޮށްފައެވެ. ބާސެލޯނާ އަށް ކުޅުމުގެ އިތުރުން މެސީ އަކީ އުފަން ޤައުމުގެ ގައުމީ ޓީމުގެ ކެޕްޓަނެވެ. 21 އަހަރު ބާރސެލޯނާ އެފް ސީ އަށް ކުޅެމުން އައި މެސީގެ ހުނަރަކީ މުޅި ދުނިޔެ ގަބޫލުކުރާ ހުނަރަކަށްވެ ތާރީޙީ ކުޅުންތެރިޔަކަށް ވަނީ ވެފައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!