ޚަބަރު
ދެއްވަދޫ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް އަންނަ މަހު ފަށަނީ

ގއ.ދެއްވަދޫގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް އޮގަސްޓްމަހު ފަށާނެ ކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ވިދާޅުވެއްޖެއެވެ.

އާބާދީގައި 1200އަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ގއ.ދެއްވަދޫގައި ރައްޔިތުންގެ ކަންބޮޑުވުން އޮތް އެންމެ ބޮޑު މައްސަލައަކީ ރަށުގެ ރަށް ގިރުމުގެ މައްސަލައެވެ. އަދި ރައްޔިތުން އެންމެ އަވަސް ޙައްލެއް ބޭނުންވެފައިވާ އެއް މައްސަލައަކީވެސް މިއެވެ.

ރަށްގިރުމުގެ މައްސަލަ ދެއްވަދޫއަށް އަބަދުވެސް ކުރިމަތިވެއެވެ. ދެއްވަދޫ ކައުންސިލްގެ ރައީސް ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އަބްދުﷲ ޝާފިޢު ވިދާޅުވީ ރަށްގިރުމުގެ މައްސަލަ އަބަދު އޮތް ނަމަވެސް، މި ވޭތުވެދިޔަ 4 އަހަރެއްހާ ދުވަހު ރަށުގެ އެކި ސަރަޙައްދުތަކުން ވަރަށް ބޮޑަށް ގިރަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ.

އެންމެ ބޮޑު ކަންބޮޑުވުމަކީ، ރާޅު އަރާ، މީހުން ދިރިއުޅޭ ގެތައް ގިރަމުންދާތީ ކަމަށް ޝާފިއު ވިދާޅުވިއެވެ. ރަށްގިރުމުގެ މައްސަލަ ރަށުގެ ވަށައިގެން، ހުރިހާ ހިސާބަކަށްވެސް އަންނަނީ ކުރިމަތިވަމުންނެވެ.

“މިމައްސަލައަށް ޙައްލު އައުން މިއީ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއް. ރަށުގެ އިރުމަތީ ފަރާތުގައި، ގޭގޭގެ އިމާ ހަމައަށް ގިރަފާއި އެބަހުރި.” ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ގއ.ދެއްވަދޫގެ ރަށްގިރުމުގެ މައްސަލަ ޙައްލުކުރުމަށް އެމްޓީސީސީއާއި ހަވާލުކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުއެވެ. މިމަސައްކަތް ނުފެށި ލަސްވުމަކީ ރައްޔިތުންގެ އޮތް ވަރަށް ބޮޑު ކަންބޮޑުވުމެއްކަން ރަށު ކައުންސިލުން ފާހަގަކުރެއެވެ.

ދެއްވަދޫ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން އަންނަނީ ތައްޔާރުވަމުންނެވެ. މި ޕްރޮޖެކްޓްގެ މަސައްކަތް ފެށުމަށް ވަމުން އަންނަ ތައްޔާރީތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ އީއައިއޭގެ މަސައްކަތްތައް މި ޖުލައި މަހުގެ ތެރޭގައި ނިންމާފައިވާކަމަށެވެ.

އާޒިމް ވިދާޅުވީ އަންނަ އޮގަސްޓް މަހުގެ ތެރޭގައި ދެއްވަދޫ ގޮނޑުދޮށް ޙިމާޔަތްކުރުމަށް ބޭނުންވާ ސާމާނު ރަށަށް ގެންގޮސް، އެކަމުގެ ޢަމަލީ މަސައްކަތް ރަށުގައި ފަށާނެކަމަށެވެ. އަދި ޢަމަލީ މަސައްކަތް ފެށި، ގާތްގަނޑަކަށް 4-5 މަސް ދުވަހުގެ ތެރޭގައި މުޅި މަޝްރޫޢު އެއްކޮށް ނިންމާނެކަށެވެ. މި ޕްރޮޖެކްޓްގައި ރަށުގެ ވަށައިގެން އެކި ހިސާބުތަކުގައި ބޮޑު ހިލައިގެ ރިވެޓްމަންޓް ޖަހާނެއެވެ. އަދި 14 ހުރަސް ތޮށި (ވައި- ގްރޮއިން) ޖަހާނެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!