ޚަބަރު
ޢަދާލަތުގެ ރައީސް އިމްރާންގެ ޝައުގުވެރިކަން އިދިކޮޅުކޯލިޝަނަށް!

ރައީސް އިބްރާހިމް މުޙައްމަދު ޞޯލިހު ސަރުކާރުގައި ޢަދާލަތު ޕާޓީގެ ސްލޮޓްގައި ހޯމް މިނިސްޓަރުކަމުގެ މަޤާމް ފުރުއްވަމުން ގެންދަވާ ޢަދާލަތު ޕާޓީގެ ލީޑަރު އިމްރާން އަބްދުﷲގެ އެންމެ ބޮޑު ޝައުގުވެރިކަމެއް މިވަގުތު ވަނީ އިދިކޮޅު ޕީޕީއެމަށްކަން ހާމަކުރައްވަން ފައްޓަވައިފިއެވެ.

ފަހަކަށް އައިސް މިނިސްޓަރ އިމްރާން ދަނީ ޕީޕީއެމުން ރިޔާސީ ރޭހުގައި ވާދަކުރެއްވުމާއިގުޅިގެން އެކަމާއިމެދު ތަފާތު ޓްވީޓްތައް ކުރައްވަމުންނެވެ. ޢަދާލަތު ޕާޓީގެ ސިޔާސީ ޙަރަކާތްތަކަށްވުރެ ބޮޑު އިސްކަމެއް އިމްރާން މިވަގުތު ދެއްވަނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށެވެ. އެ ކޯލިޝަންގެ ރިޔާސީ ޓިކެޓާއި، ކުރިއަށްއޮތް އިންތިޚާބަށް އެ ކޯލިޝަނުން ކުރައްވަމުން ގެންދަވާ ސިޔާސީ މަސައްކަތްތަކަށެވެ.

އެގޮތުން އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓާއި، ރަނިންމޭޓާއިމެދު އިމްރާން ދަނީ ފާޑު ވިދާޅުވެ އެކި ޚިޔާލުތައް ހިއްސާކުރައްވަމުންނެވެ.

އިދިކޮޅުގެ ރަނިންމޭޓް އިޢުލާން ކުރި ހިސާބުން އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަކީ އިިދިކޮޅު ރަނިންމޭޓް ޑރ ޖަމީލު ކަމަށް ނިންމާނެ ނަމަ ހާދަ ރަނގަޅޭ ބައެއްފަހަރު ހިތައް އަރާ ކަމަށާއި، ރައީސް އިބްރާހިމަށް އެއްބުރުން  އިންތިޚާބު ކާމިޔާބު ކުރުމަށް އެންމެ ފަސޭހަ ފޯމިއުލާ އަކަށްވާނީ އެ ފޯމިއުލާ ކަމަށެވެ.

މީގެ އިތުރުން ސިޔާސީ ޕާޓީތައް އުފެދުނުތާ ވިއްސަކަށް އަހަރު ވާން ގާތްވާއިރު، ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ސިޔާސީޕާޓީ އިން ރިޔާސީ ރޭހަށް ކެންޑިޑޭޓަކު ދައްކާނެ ގޮތަކާމެދު މިހާ ޚިލާފު ބޮޑުވެގެން ދިޔުމުން އޭގެ މާނަޔަކީ ކޮބައި ކަމާމެދު ބުއްދިވެރި ދިވެހިން ވިސްނާކަށް ނުވޭތޯ ވިދާޅުވެ ދާދިފަހުން އޭނާ ޓްވީޓެއް ކުރެއްވިއެވެ.

އިމްރާންގެ ސަމާލުކަން މިހާބޮޑަށް އިދިކޮޅު ކޯލިޝަނަށް ހުއްޓި ފާޑުކިޔުއްވަމުން ގެންދަވާއިރު، އޭނާ ނިސްބަތްވެ ވަޑައިގަންނަވާ ޢަދާލަތު ޕާޓީއަކީ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓެއް ދެއްކި ޕާޓީއެއްނޫންކަން ފާހަގަކޮށްލެވެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގައިވެސް ޢަދާލަތު ޕާޓީއަށް ނިސްބަތްވާ އެންމެ މެމްބަރަކުވެސް ނުހިމެނެއެވެ. ތާރީޚަށް ބަލާއިރުވެސް މަޖިލީހުގައި ޢަދާލަތު ޕާޓީ ތަމްސީލް ކުރެއްވީ އެންމެ 2 މެމްބަރުންނެވެ.

ސިޔާސީ މަސްރަހުގައި ޙަރަކާތްތެރިވަމުން ގެންދަވާއިރު، އިމްރާނަކީ ދީނީ ޢިލްމުވެރިއެއްކަމުން ސިޔާސީ ޕޯޑިއަމްތަކުގައި ދައްކަވަމުންދާ ބައެއް ވާހަކަތަކާއި ގުޅިގެން ގިނަބައެއްގެ ފާޑުކިޔުން އިމްރާނަށްވަނީ އަމާޒުވެފައެވެ. ވަކިން ޚާއްޞަކޮށް އިދިކޮޅު ކޯލިޝަނާއި ގުޅުވާ އިމްރާން ދައްކަވާ އަސާސެއް ނުހިފޭ ވާހަކަތަކާއި ގުޅިގެން އެތައްބައެއްގެ ފާޑުކިޔުމާއި، ނުރުހުން އިމްރާނަށް ވަނީ އަމާޒުވެފައެވެ.

ދާދިފަހުން ރައީސް އިބްރާހިމް މުޙައްމަދު ޞޯލިހުގެ ރިޔާސީ ކެމްޕޭނު ދަތުރުތަކުގައި އެކިއެކި ޕޯޑިއަމްތަކުގައިވެސް އިމްރާާން ވަނީ އިދިކޮޅު ޕީޕީއެމާއިގުޅުވާ ސާބިތު ނުހިފޭ ވާހަކަތައް ދައްކަވާފައެވެ.

އެގޮތުން ށ.އަތޮޅު މިލަންދޫގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި އިމްރާން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓްކަން ޑރ.މުޙައްމަދު ޖަމީލް އަހްމަދު ދެއްވީ އެއްވެސް ބޭފުޅަކު ރަނިންމޭޓްކަން ޤަބޫލުނުކޮށްގެން ކަމަށް ވިދާޅުވެފައެވެ. މިކަން އިދިކޮޅުން ދޮގު ކުރައްވާ ވިދާޅުވީ ރައީސް ޔާމީން ހަމައެކަނި ފޮނުއްވީ ޑރ. ޖަމީލްގެ ނަންފުޅުކަމަށެވެ.
މިނޫނަސް މާޒީގައިވެސް އިމްރާން އަކީ ސިޔާސީ ޕޯޑިއަމްތަކުގައި މިފަދަ އަސާސެއްނެތް ވާހަކަތައް ދެއްކެވި ބޭފުޅެކެވެ. އެގޮތުން 2015 ވަނަ އަހަރު މޭޑޭ މުޒާހަރާގައި ނޫސްވެރިޔާ ރިލްވާންގެ މަރާއި، ޑރ. އަފްރާޝީމްގެ މަރާއި ކުރީގެ ރައީސް ޔާމީނާއި ގުޅުވައި އިތުރުފުޅު ހައްދަވާފައިވެއެވެ. އަދި އެކަމުގައި އިމްރާން ޖަވާބުދާރީ ވެވަޑައިގަންނަވަން ޖެހުނު ހިސާބުން ވިދާޅުވީ އެ ދުވަހު ކިތާބީ ހެކީގެ ގޮތުގައި އާންމުންނަށް ދެއްކި ލިޔުންތައް ފުލުހުން އަތުލީ ކަމަށެވެ. އެކަންވެސް ސާބިތުކޮށްދެވިފައެއް ނުވެއެވެ.

ޢަދާލަތު ޕާޓީގެ ރައީސް އިމްރާން ދިވެހި ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ގިނަ ޕާޓީތަކަކަށް ފާޑުވިދާޅުވެ ޓްވީޓްކުރައްވާ، އެކިއެކި ޕޯޑިއަމްތަކުގައި ވާހަކަދައްކަވަމުން ގެންދަވާއިރު، ގިނަބަޔަކު ޢަދާލަތު ޕާޓީ ސިފަކުރަނީ ސިޔާސީ ގޮތުން ބުރަދަނެއްނެތް އަބަދުވެސް ހިހޫތަނުން ކާލައިގެން ސަރުކާރުގެ މަޤާމްތަކެއް ހޯދުމަށް މަސައްކަތްކުރާ ޕާޓީއެއްގެ ގޮތުގައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!