ޚަބަރު
84،200 ދަރިވަރުންނާއި އެކު ދިރާސީ އާ އަހަރުގެ ކިޔެވުން ފަށައިފި

ބޮޑު ބަންދަކަށްފަހު 84،200 ދަރިވަރުންނާއި އެކު ދިރާސީ އާ އަހަރުގެ ކިޔެވުން ފަށައިފިއެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު މި ފެށީ 216 ސުކޫލެއްގައި ކަމަށާއި އަދި އޭގެ ތެރެއިން 156 ސުކޫލަކީ އެއް ދަން ފަޅިއަށް ކިޔަވައިދޭ ސުކޫލުތައް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ހާމަކުރެއެވެ.

ގްރޭޑް އެކަކަށް އަލަށް 7000 އަށް ވުރެ ގިނަ ކުދިންނަށް ޖާގަ ދީފައިވާއިރު، އޭގެ ތެރެއިން މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ހިންގާ ސަރުކާރުގެ ސުކޫލުތަކަށް 2،491 ކުދިން ކިޔަވާނެއެވެ.

މާލޭ ސަރަހައްދުގައި ވަނީ އާ ތިން ސްކޫލެއްގައި ކިޔެވުން ފަށައިފަ އެވެ. އެއީ ހުޅުމާލޭ ފޭސް ދޭއްގައި އަލަށް އިމާރާތް ކުރި ސަލާހުއްދީން ސްކޫލާއި، ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ސީއެޗްއެސްސީގެ އިމާރާތާއި އަދި މާލޭގައި ހެދި ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތެވެ.

މީގެ އިތުރުން ސެޓްލައިޓް ސްކޫލް ނިޒާމްއަށް ހަ ތަނެއް ހިންގާނެ ކަމަށް މިނިސްތްރީން ބުނެއެވެ. އެއީ ވ. ތިނަދޫ ސްކޫލާއި ވ. ރަކީދޫ ސްކޫލާއި ފެހެންދޫ ސްކޫލާއި ފުޅަދޫ ސްކޫލާއި ކޮނޑޭ ސްކޫލް އަދި ދިއްދޫ ސްކޫލެވެ.

ދިރާސީ އާ އަހަރާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ހެނދުނު ދެއްވި ހިތޯބުގައި ވިދާޅުވީ މިއަދަކީ “އުފާވެރި ދުވަހެއް، ހިނިތުން ކުރުވާ ދުވަހެއް” ކަމަށެވެ.

“ސަބަބަކީ، މިއަދަކީ ބޮޑު ބަންދަކަށް ފަހު، އަލުން އާ ދިރާސީ އަހަރެއް ފެށޭ ދުވަސް ކަމަށް ވާތީ. އެތަކެއް ހާސް ދަރިވަރުންނާއި ބެލެނިވެރީންނާއި މުދައްރިސުންގެ އިންތިޒާރު ނިމި އަލުން، އާ ފެށުމަކުން، އާ ރޫހެއްގައި، ޖޯޝާއި ފޯރިއާއެކު އުނގެނުމުގެ ހަރަކާތްތައް ފެށޭ ދުވަހަށް ވާތީ،” މިނިސްޓަރު ވިދާޅުވި އެވެ.

މިފެށުނު ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ ބަންދު އަންނަނީ ޑިސެމްބަރު 22 އިން އަންނަ އަހަރުގެ ޖެނުއަރީ ހައެއްގެ ނިޔަލަށެވެ. އަދި އަންނަ އަހަރު ބޮޑު ބަންދު އަންނާނީ ޖޫނު 13 އިން ޖުލައި 30 އަށެވެ.

އަދި ދިރާސީ އާ އަހަރަށް ތައްޔާރުވުމުގެ ގޮތުން ކުދިންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ސްކޫލްތަކަށް ފޮނުވުމުގެ މަސައްކަތް މިހާރު ނިމިފައި ކަމަށާއި ޓީޗަރުން ވެސް ހަމަކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އެއީ 6،516 ދިވެހި ޓީޗަރުންނާއި 1،843 ބިދޭސީ ޓީޗަރުންނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!