ޚަބަރު
މި ޤައުމު ރައީސް ޔާމީން ބޭނުންވެފައިވާ މިންވަރު ދިވެހި ލޭ ހިނގާ ކޮންމެ ދަރިޔަކަށް އިހްސާސުކުރެވޭނެ، ޙައްގަށް ނަސްރު ލިބިގެންދާނެ: ޝިޔާމް

ދިވެހި ލޭ ހިނގާ ކޮންމެ ދަރިޔަކަށްވެސްވެސް، މި ގައުމު ރައީސް ޔާމީންއަށް އެދޭވަރު އިނގޭނެ ކަމަށާއި، މާތް ﷲ ގެ ރަހުމަތްފުޅުން ހައްގަށް ނަސްރު ލިބިގެންދާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ، އަންނަ މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީނަށް ކުރިމަތިނުލެވޭނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ ނިންމި ނިންމުމާއި ގުޅިިގެން ކުރެއްވި ޓުވީޓެއްގައެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޔާމީން ވާދަކުރައްވަން ނިންމަވައި، އެމަނިކުފާނުގެ ކެންޑިޑެސީ ފޯމް މިދިޔަ އަންގާރަ ދުވަހު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅުމުން އެ ކެންޑިޑެސީ ފޯމް ވަނީ ބޭރުކޮށްލައިފައެވެ. އެހެންވެ، ޔާމީންގެ ފަރާތްޕުޅުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތީ ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ގަބޫލުކޮށް އެ ފައިސާ ލޯންޑާކުރިކަން ސާބިތުވެ ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވުމާއި އެމަނިކުފާނުގެ މައްޗަށް ސާބިތު ދަރަންޏެއް އޮތް ކަމަށް ބުނެއެވެ.

ރައީސް ޔާމީން ޖަލު ހުކުމް ތަންފީޒް ކުރައްވަމުން ގެންދަވާތީ، އާއި އެމަނިކުފާނުގެ ސާބިތު ދަރަންޏެއް އޮތުމުން އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަށް ސްޕްރީމް ކޯޓުން ވަނީ ތާއީދުކޮށްފައެވެ.

މި މައްސަލައިގައި ހުކުމް އިއްވަމުން ފަނޑިޔާރު ހުސްނުއްސުޢޫދު ވަނީ ގާނޫނު އަސާސީގެ 109 ވަނަ މާއްދާގައި ބަޔާން ކުރާ ޝަރުތު ޔާމީންގެ އުނިވާ ކަމަށް ވިދާޅުވެފައެވެ. އަދި، 11 އަހަރުގެ ޖަލު ހުކުމާއި ޖޫރިމަނާ އަދަބުގެ އިސްތިއުނާފު ކުރިއަށް ދިޔަ ނަމަވެސް މަތީ މަރުހަލާ ކޯޓަކުން އެ މައްސަލައިގައި ދަށު ކޯޓުން ކުރި ހުކުމް އަނބުރާ ނުގެންދާހާ ހިނދެއްގައި އެ ހުކުމްތައް ތަންފީޒު ކުރައްވަމުން ގެންދަން ޖެހޭނެ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ޝަރީއަތް ނިންމަވާލެއްވުމަށްފަހު ނުކުމެ ވަޑައިގެން ޔާމީންގެ ގެ ގާނޫނީ ވަކީލް ޑރ. ޖަމީލް ވިދާޅުވީ، މިއަދު މި ނިގުޅައިގަތީ ދިވެހި އެތަށް ރައްޔިތުން ދިވެހި ގައުމަށް އެތައް ބަދަލުތަކެއް ގެނައި ލީޑަރެއްގެ ހައްގުތައް ކަމަށާއި އަދި ގައުމު ވުޖޫދުވެގެން އައިސްސުރެ މިއަދާއި ހަމައަށް ދިވެހި ގައުމަށް އަގުނުކުރެވޭ ބޮޑެތި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ލީޑަރެއް ކަމަށެވެ.

މީގެ އިތުރުން ގެއަށްވަދެ، ފިޑި ބައެއްގެ ގޮތުގައި ނުތިބޭނޭ ކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!