ޚަބަރު
“މިނިވަންކަމުގެ ދިފާއުގައި ދިވެހީން” ކެމްޕެއިންގެ ލޯގޯ ފަރުމާކުރުމަށް ހުޅުވާލައިފި

“މިނިވަންކަމުގެ ދިފާޢުގައި ދިވެހީން” ނަމުގައި އިދިކޮޅު ޕްރޮގްރެސިން ކޮންގްރެސް ކޯލިޝަނުން ފަށާފައިވާ ގައުމީ ކެމްޕެއިންގައި ބޭނުންކުރާނެ ލޯގޯ ފަރުމާކުރުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ވިދާޅުވީ ކެމްޕެއިންގައި ބޭނުން ކުރުމަށް ތައްޔާރު ކުރެވޭ ލޯގޯ އަކީ އިސްލާމީ، ޤައުމީވަންތަ އަދި މިނިވަންކަމުގެ ދިފާޢުގައި މަސައްކަތް ކުރާކަން ރަމްޒުކޮށްދޭ އެއްޗަކަށް ވާންޖެހޭނެކަމަށެވެ. އަދި ހުށަހެޅޭ ލޯގޯ ތަކުގެ ތެރެއިން، ކޯލިޝަނުން އެކުލަވާލާފައިވާ ޖަޖުންގެ ކޮމިޓީ އަށް އެންމެ ކަމުދާ ކަމަށް ފެންނަ ލޯގޯ އެއް ޤައުމީ ކެމްޕެއިންގެ ޙަރަކާތްތަކުގައި ބޭނުން ކުރުަމަށް ހަމަޖެހިފައި ވާކަމަށްވެސް އެ ކޯލިޝަނުން ބުނެއެވެ.

މީގެ އިތުރުން ކެމްޕެއިންގައި ބޭނުންކުރާނެ  ލަވަ ތައްޔާރުކުރުމަށް ފުރުސަތު ވަނީ ހުޅުވާލައިފިއެވެ. އަދި އެ ލަވަ އަކީ ޖޯޝުއަންނަ ގައުމީ ވަންތަ ލަވައަކަށް ވާންޖެހޭނެ ކަމަށްވެސް ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ބުނެފައެވެ. އެގޮތުން ހުށަހަޅާ ލަވަތަކުގެ ތެރެއިން ކޯލިޝަނުން އެކުލަވާލާފައިވާ ޖަޖުންގެ ކޮމިޓީ އަށް އެންމެ ކަމުދާ ކަމަށް ފެންނަ ލަވަ ޤައުމީ ކެމްޕެއިންގެ ޙަރަކާތްތަކުގައި ބޭނުން ކުރުަމަށް ހަމަޖެހިފައި ވާކަމަށްވެސް އެ ކޯލިޝަނުން ބުނެއެވެ.

ލޯގޯ އާއި ލަވަ ތައްޔާރުކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށް އަންނަ އަންގާރަ ދުވަހުގެ 2:00 އަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ މައި އިދާރާ، ހ. ހުރަފަ އަށް ވަޑައިގަތުމަށްވެސް އެ ކޯލިޝަނުން އެދެއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!