ދީން
ދަރިން ދެއްވެވީ މައިން ބަފައިން ބޭނުންވާ ގޮތަށް ތަރުބިއްޔަތު ކުރާކަށް ނޫން

ދަރިންނަކީ ﷲ ތަޢާލާ ހަވާލުކުރައްވަވާ ވަރަށް ބޮޑު އަމާނާތެކެވެ. ދަރިން ދެއްވަވަނީ މައިން ބަފައިން ބޭނުންވާ ގޮތަށް ތަރުބިއްޔަތުކުރާކަށް ނޫނެވެ! ﷲ ތަޢާލާގެ އަމުރުފުޅާއި އެއްގޮތަށް ތަރުބިއްޔަތުކުރުމަށެވެ.

ދަރިންގެ ސިކުނޑިއަށް ވައްދަން ޖެހޭނީ މައިން ބަފައިން ބޭނުންވާ ކަންކަމެއް ނޫނެވެ. އިސްލާމް ދީނެވެ. ދަރިން ލައްވަން ޖެހޭނީ މައިން ބަފައިން ބޭނުންވާ ހެދުމެއް ނޫނެވެ. ހެދުން އަޅުވަން ޖެހޭނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށެވެ. ޢިލްމް އުނގަންނައިދޭން ޖެހޭނީ އިސްލާމް ދީނުގެ ޢިލްމާއިއެކުގައެވެ. މައިންބަފައިން ބޭނުންހައި ޢިލްމެއް ނޫނެވެ.

މިކަންކަން ނުކުރެވުނީ ކަމަށް ބުނެ އުޒުރެއް ނުދެއްކޭނެއެވެ. އެކުދިންގެ ޅަފަތުގައި މައިންބަފައިން ބޭނުންވާ ގޮތަކަށް ތަރުބިއްޔަތުކުރެވޭނެއެވެ. އެ އުމުރުގައި އެކަން ނުކުރިނަމަ އެކަން ނުވެފައި އެއޮތީ ހަމަ މައިންބަފައިންގެ އިހްމާލުންނެވެ. އެކަން ނުކޮށް ތިބިނަމަ އެކަން މައިންބަފައިންގެ އަތުން ބީވެގެންދާނެއެވެ. ގެނެސްދޭ ކުޅޭ ތަކެތި ކަމުނުދާކަމަށް ބުނެ ބޭނުންވާ ތަކެތި ބުނަން ފަށާނެއެވެ. ކިޔަވަންދާނީ ކޮން ސްކޫލަކަށް ކަމުގައިވެސް ބުނަން ފަށާނެއެވެ. ނަމަވެސް އެކަން އެހެން އެވަނީ ކުދިން ތަރުބިއްޔަތު ކުރަން ޖެހޭ އުމުރުގައި ތިބާ އެކަން ނުކުރުމެވެ. އެކަން ތިބާ ނުކުރުމުން އެ ބާރު ތިބާގެ ކިބައިން ﷲ ތަޢާލާ ގެންދަވަނީއެވެ.

މައިން ބަފައިން ބިރުވެތިވާށެވެ! މައިންބަފައިންނަށް ހެޔޮކޮށް ނުހިތައިގެން މިއަދު ކަންބޮޑުވާއިރު އެކުދިން ގެންގުޅެ ތަރުބިއްޔަތުކުރެވުނު ގޮތާއިމެދުވެސް ވިސްނާށެވެ! އެކުދިން ތަރުބިއްޔަތު ކުރީ ހަމަ ﷲ ތަޢާލާ އެންގެވި ގޮތަށް ހެއްޔެވެ؟ އެހެން ކަމަށްވާނަމަ ގިނަ ދަރިން ހަމަ ހެޔޮކޮށް ހިތާނެއެވެ!

رَّب ارْحَمْهُمَا كَمَا رَبَّيَانِي صَغِيرً

އަދި އޯގާވެރިވުމުގެގޮތުން، ނިކަމެތިކަމުގެ ފިޔަ، ތިބާ އެ ދެމީހުންނަށްޓަކައި ތިރިކޮށްލާށެވެ! އަދި ބުނާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! ކުޑަކުއްޖަކު ކަމުގައި މިއަޅާވީދުވަހު، އެދެމީހުން މިއަޅާ ބަލައިބޮޑުކުރި ފަދައިން، އެ ދެމީހުންނަށް ރަހްމަތްލައްވައިފާނދޭވެ!” (އިސްރާ: 24) މިފަދައިން ދުޢާކުރާނެއެވެ.

ރަނގަޅަށް އަޑުއަހާށެވެ! މިފަދައިން ދުޢާ ކުރުމަށް އެދޭނަމަ ކުރަން އޮތް ކަމަކީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތުގައި ދަރިން ތަރުބިއްޔަތުކުރުމެވެ. އެގޮތުގައި ޢިލްމުވެރި ކުރުވުމެވެ! އެކަންކަމުގައި އިހްމާލު ވެއްޖެ ނަމަ އެކަމުގެ ޒިންމާ ނަގަން ޖެހޭނީ ހަމަ މައިންބަފައިންނަށެވެ!

އެޑިޓަރުގެ ނޯޓް: މި ލިޔުމަކީ ދީނީ ޢިލްމުވެރިޔާ މުފްތީ މެންކު ލިޔުއްވައިފައިވާ ލިޔުމެކެވެ. މި ލިޔުން ގެނެސްދެވިފައި މިވަނީ ދިވެހި ބަހަށް ތަރުޖަމާ ކުރެވި، އެއްވެސް އުނިއިތުރެއް ނުގެނެސްއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!