ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުވެއްޖެނަމަ ގދ. ގައްދޫ ކައިރީގައި އޮންނަ ގދ. ގަން ގުޅުވާލާނެ ކަމަށް ވިދާޅުވެ ރައީސް ސޯލިހު ވައުދުވެވަޑައިގެންފި އެވެ.
ރައީސް މިފަދައިން ވިދާޅުވީ މިހާރު ހުވަދު އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުގެ ތެރެއިން ގައްދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
“މިރަށާއި ވަރަށް ކައިރީގައި މިއޮތް ގަމާއި ގައްދޫއާ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ގުޅާލަދޭނަން,”
މީގެ އިތުރުން އެމަނިކުފާނަށް ދެވަނަ ދައުރެއް ލިބިއްޖެ ކަމުގައިވާނަމަ ގައްދޫގައި މިހާރު ކުރިއަށްދާ މަގުހެދުމުގެ މަޝްރޫއުގެ ތެރެއިން އެ ރަށުގެ ހުރިހާ މަގުތަކެއް ތަރައްގީކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ގައްދޫއަށް އިތުރު 30 ހެކްޓަރުގެ ބިން ހިއްކާ އެ ބިމުގައި 100 ރޯހައުސް އަޅާނެކަމަށް ވެސް ވައުދުވިއެވެ. ގައްދޫގައި ޕޮލިޓެކްނިކްގެ އާ އިމާރާތެއް އަޅުއްވާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.