ޚަބަރު
ޑރ. މުޢިއްޒުގެ މުހިންމު ވަޢުދުތަކެއް އިހަވަންދޫ އަށް!

ޕީއެންސީގެ ފަރާތުން އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ބޮޑު ތިލަދުންމައްޗަށް ކުރައްވާ ދަތުރުފުޅުގައި ހއ. އިހަވަންދޫ ރައްޔިތުން އެދިލެއްވި ގިނަ ކަންކަން ހައްލުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވައިފިއެވެ.

ހއ. އިހަވަންދޫގެ ފަރާތުން އަދި މާރަންދޫ މޮޅަދޫ ރައްޔިތުންގެ ފަރާތުންވެސް ޑރ. މުޢިއްޒުއަށް ވަނީ ގިނަ ކަންތައްތަކެއް ހުށަހަޅުއްވާފައެވެ.

ރޭ އިހަވަންދޫގައި އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ. މުޢިއްޒު ވަނީ ހއ. ގައި ދިމާވެފައިވާ ބޮޑެތި މައްސަލަތަކަށް ހައްލު ގެނެސްދޭނެ ކަމަށް ވަޢުދުވެ ވަޑައިގެންފައެވެ. ވިދާޅުވީ ޕީޕީއެމް/ ޕީއެންސީ އަކީ ތަރައްޤީގެ ފިކުރުކަމާއި، އެކަން ދަސްވީ އެ ކޯލިޝަންގެ ލީޑަރ ކުރީގެ ރައީސް ޔާމީންގެ ފަރާތްޕުޅުން ކަމަށެވެ.

”އަޅުގަނޑުމެންނަކީ ތަރައްޤީގެ ފިކުރުގެ މީހުން. އަޅުގަނޑުމެންނަށް މިކަންކަން ދަސްވެފައިވަނީ ރައީސް ޔާމީންގެ ފަރާތުން. އެހެންވީމަ ޔަޤީންކުރަންވީ ކަމަކީ އަޅުގަނޑުމެންނަށް ރައްޔިތުން އިތުބާރުކޮށް މިކަން ހަވާލުކޮށްފިނަމަ، މިޤައުމުން ފެނިގެންދާނީ ތަރައްޤީގެ ރަންޒަމާނެއް“ ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ޑރ. މުޢިއްޒު ވިދާޅުވީ އިހަވަންދޫއަކީ 4 ހާހެއްހާ ރައްޔިތުން ދިރިއުޅޭ ރަށެއް ކަމާއި، އެއީ މަސްވެރިކަމުގެ ހަބަކަށް ވީނަމަވެސް އަޑު އިވިގެން ދަނީ ސަރުކާރުން އިހަވަންދޫ އަށް ވަރަށްބޮޑަށް އިހުމާލު ވެފައިވާ ވާހަކަ އާއި އިހަވަންދޫގެ މަސްވެރިކަމުގެ ސިނާޢަތު ހަލާކުވެގެން ގޮސްފައިވާ ވާހަކަ ކަމުގައި މުޢިއްޒު ވިދާޅުވިއެވެ. އެހެންކަމުން އިހަވަންދޫ މަސްވެރިންގެ ކަންބޮޑުވުންތައް ހައްލު ކޮށްދެއްވުމަށް މުޢިއްޒު ވަޢުދުވެވަޑައިގެންނެވިއެވެ.

”އަޅުގަނޑުދޭ ޔަޤީންކަމަކީ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އިހަވަންދޫގެ މަސްވެރިކަމުގެ ސިނާޢަތު ނަގާ ކޮޅަށް ޖަހައިދޭނަން. އެކަން ކުރުމަށްޓަކާ މަސްވެރިންގެ ފަރާތުން އެދިފައިވާ ހުރިހާ ކަމެއްވެސް އިރާދަކުރެއްވިއްޔާ ތިބޭފުޅުންގެ މަޝްވަރާއާއި އެކީގަ އަޅުގަނޑުމެން ތަރުތީބުކޮށް ކުރިއަށް ގެންގޮސްދޭނަން. ކޯލްޑް ސްޓޯރޭޖެއް މިރަށް ވަރަށްބޭނުންވޭ ، އުތުރުގަ މިހިސާބުގަނެތް މިކަމެއް. އެހެންވީމަ ފިޝް ކަލެކްޝަން ސެންޓަރެއް ޤާއިމްކުރުމުގެ މަސައްކަތަކީ އެ އުންމީދަކީ މިރަށުގެ މަސްވެރިން ވަރަށްބޮޑަށް އެދެމުންދާ ކަމެއް. އެކަމަކީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހާސިލްކޮށްދޭނެ ކަމެއް. ހަމަ އެއާއެކީގައި އާ އައިސް ޕްލާންޓެއް ބަހައްޓާ ތެޔޮ ލިބޭނެގޮތް ހަމަޖައްސައިދިނުމަކީ ޒަރޫރީ ކަމެއްގެ ގޮތުގައި އަޅުގަނޑަށް ފެންނަނީ. އެކަމަކީ ޔަޤީން ކުރައްވާ އަޅުގަނޑު އިރާދަކުރެއްވިއްޔާ ހާސިލް ކޮށްދޭނެ ކަމެއް.“ ޑރ. މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން އެންމެ މުހިންމުކަމަކަށް މުޢިއްޒު ފާހަގަކުރެއްވީ އިހަވަންދޫގައި މީހުން ދިރިއުޅޭ ސަރަޙައްދުގައި (ދޯނި ބަނުމަށް އޮންނަ ސަރަޙައްދުގައި) ނޭވާލާން އުނދަގޫވާގޮތަށް ހިނގަމުންދާ ފައިބަރު މަސައްކަތްތަކެވެ. އެކަމަށް ހައްލެއް ގެނެސްދެއްވާނެ ކަން ފާހަގަކުރައްވާ މުޢިއްޒު ވިދާޅުވީ އެއީ ޙަޤީޤަތުގައި އެއްވެސް ރަށެއްގައި އެއްވެސް މިންގަނޑެއްގެ ތެރެއިން ހުއްދަވާނެ ކަމެއްވެސްނޫން ކަމަށެވެ. އެހެންނަމަވެސް އިހަވަންދޫގެ ޙާލަތުހުރިގޮތުން އެކަން އެއޮތީ އެގޮތަށް ކަމަށާއި އެކަމަށް ހައްލެއް އަންނަންޖެހޭނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

”މަސްވެރިކަމުގެ ސިނާޢަތު ކުރިއެރުވުމަށްޓަކާވެސް އަދި ރަށުގެ އާންމު ރައްޔިތުންގެ ސިއްޙަތަށްޓަކާވެސް

ދުޅަހެޔޮ މުޖްތަމަޢުއެއް ބިނާކުރުމަށްޓަކާވެސް ފައިބަރު މަސައްކަތަކީ ހައްލު ގެންނަންޖެހޭނެ ކަމެއް.“ޑރ. މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން އިހަވަންދޫގެ ބިމުގެ މައްސަލަ ހައްލުކޮށްދިނުމަށް އެރަށުގެ ބިން ހިއްކައިދީ  އިހަވަންދޫ ރައްޔިތުން އެދޭގޮތަށް އެރަށާކައިރީގައި އޮތް ދިގުފަރު ހިއްކާ  ރައްޔިތުން  ދިގުފަރާ އިހަވަންދޫ ގުޅުވާލަދޭނެ ކަމުގެ ވަޢުދު ޑރ. މުޢިއްޒު ވެވަޑައިގެންނެވިއެވެ.

”ރަށުގަ ބިމެއްނެތް. އެހެންވީމަ ދެން އޮންނާނީ ބިން އުފެއްދުން ، ބިން ހިއްކުން، އެހެންވީމާ މިރަށާކައިރީގައި އޮތް ދިގުފަރު ހިއްކާ މިރަށުގެ ރައްޔިތުން އެދޭގޮތަށް ސިނާޢީ މަސައްކަތްކުރާ ބިން އެތަނުން އަޅުގަނޑުމެން އުފައްދައިދީ އެ ދިގުފަރާ މިރަށާ ގުޅުވާލަދޭނަން“ޑރ. މުޢިއްޒު ވިދާޅުވިއެވެ.

މިއާއިއެކު އިހަވަންދޫގައި ދިމާވެފައިވާ ސިއްޙީ މައްސަލަތަކަށް ރައްޔިތުންއެދޭ ހައްލު ގެނެސްދެއްވާނެ ކަމުގެ ވަޢުދުވެސް ޑރ. މުޢިއްޒު ވަނީ ވެވަޑައިގަންނަވާފައެވެ.

”ސިއްޙީ ނިޒާމަކީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ރައީސް ޔާމީންގެ ސަރުކާރުގަ އެންމެ އިސްކަން ދިންކަންތައް، ހަނދުމަފުޅު ހުންނާނެ އެމަނިކުފާނުގެ ވެރިކަމުގަ މުޅި ރާއްޖޭގެ ސިއްޙީނިޒާމަށް ގެނެސް ދެއްވި ތަރައްޤީ. މި ފަސްއަހަރު މިފެންނަނީ އޭގެ އަނެއްކޮޅަށް ބަދަލުވެގެންގޮސްފައިވާތަން. އިހަވަންދޫއަކީ އާބާދީގެ ގޮތުން ވަރަށްގިނަ ރައްޔިތުން ދިރިއުޅޭ ރަށެއް. 4 ހާހެއްހާ ރައްޔިތުން ދިރިއުޅެމުންދާއިރުގަ އެކަށީގެންވާ ފެންވަރުގެ ހޮސްޕިޓަލެއް މިތަނުގައި ޤާއިމްކުރެވިފައެއްނެތް. އެހެންވީމާ އެކަމަކީ އަޅުގަނޑު ހިތުން އެއްވެސް ބަޔަކު ސުވާލުވެސް ކޮށްގެންވާނެކަމެއްނޫން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރެއްގަ އިހަވަންދޫގަ ރަނގަޅު ފެންވަރުގެ ހޮސްޕިޓަލެއް ހަމަ އެންމެ އިސްކަމެއްދީގެން ފުރަތަމަ އަހަރުގެ ތެރޭގައި އެ މަސައްކަތް ފަށައިގަންނާނަން“ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ޑރ. މުޢިިއްޒު ފާހަގަކުރެއްވީ އާބާދީބޮޑު އިހަވަންދޫގައި މަގުތައް ހެދިފައިނުވާ ކަމަށާއި، އެހެންނަމަވެސް އެކަންތައްވެސް އެއީ ތަރައްޤީ ހާސިލްކޮށްދޭނަމަ ކޮންމެހެން ކޮށްދޭން ޖެހޭނެ ކަމެއް ކަމަށެވެ.

”މަގުތައް ހެދުމަކީ އޭގެ ސަބަބުން އިޤްތިޞާދީ މަސައްކަތްތަކަށްވެސް ވަރަށްބޮޑު ކުރިއެރުމެެއްލިބޭ ކަމެއް. މަގުތައް ރަނގަޅަށް ހެދުމުގެ ސަބަބުން އާންމު ދިރިއުޅުމަށް ވަރަށްބޮޑެތި ފަސޭހަތައް ވެގެންދޭ. އެހެންވީމަ އިނގިވަޑައިންނަވާނެ ފަދައިން އަޅުގަނޑުމެން ރައީސް ޔާމީންގެ ވެރިކަމުގަ ރާއްޖޭގަ އެތައް ރަށެއްގަ މަގުހެދުމުގެ މަސައްކަތްކޮށްފައިވޭ. މަގު ހެދުމަކީ އަޅުގަނޑުމެންނަށް ވަރަށް ފަރިތަ ކަމެއް. އެހެންވީމަ ޔަޤީން ކުރައްވާ މިރަށުގެ މަގުތައް އަޅުގަނޑުމެން ހަދައިދޭނެކަން“ޑރ. މުޢިއްޒު ވިދާޅުވިއެވެ.

އިހަވަންދޫގެ އިތުރު މައްސަލައެއްގެ ގޮތުގައި ކުނި މެނޭޖްކުރުން ފާހަގަ ކުރައްވާ މުޢިއްޒު ވިދާޅުވީ ކުނި މެނޭޖް ކުރެވޭނެގޮތެއް ނެތްވާހަކަ އަޑު އިވުނީމަ

ވަރަށް ހައިރާންވެ ވަޑައިގެންނެވި ކަމަށެވެ.

”ކުނި މެނޭޖްކުރުމަކީ ޤާނޫނީ ގޮތުން ބަލާއިރުގަވެސް ކައުންސިލް ލެވެލްގަވިޔަސް ސަރުކާރު ލެވެލްގަވެސް އާންމު ޚިދުމަތްތަކުގެ ތެރޭގަ ފަހިކޮށްދީފައި އޮންނަން މަޖުބޫރުކަމެއް. އެހެން ނަމަވެސް ސަރުކާރުން އެކަމަށް އިޖާބަ ނުދޭތީ މިރަށުގަ އެކަން ނުވެފަމިވަނީ. ސަރުކާރުން ޖެހޭނެ ހުރިހާ ރަށެއްގައިވެސް ކުނި ރަނގަޅުގޮތަކަށް މެނޭޖްކުރެވޭނެގޮތް ހަދައިދޭން. އެއީ ކަލެކްޓްކޮށް އެ މެނޭޖްކޮށް ނައްތާލާ އަދި އޭގެން އިޔާދަކުރެވޭނެ ހަކަތަ އުފެއްދުމާ މިފަދަ ހުރިހާކަމެއް ހިމެނޭގޮތަށް ދަންނަވާ ވާހަކައެއް ކުނި މެނޭޖް ކުރުމަކީ. އެއީ މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އެކަން ވާންޖެހޭނެގޮތް. އެހެންވީމަ އަމުދުން މިކަހަލަ އާބާދީ ބޮޑު ރަށެއްގައި ކުނި މެނޭޖްކުރެވޭނެ ގޮތް ނެތުމަކީ ވަރަށްބޮޑު އިހުމާލެއްގޮތުގަ އަޅުގަނޑަށް ޤަބޫލުކުރެވޭ. އެހެންވީމަ ޔަޤީންކުރައްވަންވީ ކަމަކީ ކުނި މެނޭޖްކުރުމުގެ ރަނގަޅު ނިޒާމެއް މިރަށުގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ޤާއިމްކޮށްދޭނަން“ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ގެދޮރުވެރިކަމަކީ ކޮންމެ ރައްޔިތެއްގެވެސް އަސާސީ ޙައްޤެއްގެ ގޮތުގައި ޤަބޫލްކުރައްވާކަން ފާހަގަ ކުރައްވާ މުޢިއްޒު ވިދާޅުވީ ކޮންމެ ރައްޔިތަކަށްވެސް ގެދޮރުވެރިކަމުގެ ޔަޤީންކަން އޮންނަންޖެހޭނެ ކަމަށެވެ.

ކެމްޕޭނުކުރަން ލިބުނީ ކުޑަ ދުވަސްކޮޅެއް ކަމުން ހުރިހާ ރަށްރަށަށް ނުދެވުނަސް އިޢުލާނުކުރަމުން ދަނީ ވަކި ރަށަކަށް ޚާއްސަ ކަންކަމެއްނޫން ކަމަށާއި، އެއީ ހުރިހާ ރަށަކަށްވެސް ހުރިހާ ރައްޔިތުންނަށްވެސް ޚާއްސަކަންތައްތައްތައް ކަމުގައި މުޢިއްޒު ވިދާޅުވިއެވެ.

”އިހަވަންދޫގައިވެސް ގެދޮރުގެ މައްސަލަ ހައްލުކޮށްދިނުމަށް ގެދޮރު ބިނާ ކުރުމުގެ މަޝްރޫޢުތައް އަޅުގަނޑު އިރާދަކުރެއްވިއްޔާ ހިންގަދޭނަން“ ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ޒުވާނުންނަކީ އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ ބަޔަކަށް ވާންޖެހޭނެ ކަމަށް ވިދާޅުވެ ޑރ. މުޢިއްޒު ވަނީ ޒުވާނުންނަށް މުހިންމު ވަޢުދުތަކެއް ވެވަޑައިގަންނަވާފައެވެ.

”ޒުވާނުންނަކީ ރާއްޖޭގެ އާބާދީގެ ވަރަށްބޮޑު އިންސައްތައެއް. އެހެންވީމަ އެ ޒުވާނުންނަކީ އަބުރުވެރި ދިރިއުޅުމެއް އުޅޭ ބަޔަކަށް ވާންޖެހޭ. އަބުރުވެރި ދިރިއުޅުމެއް އުޅެވޭނީ ގެދޮރުވެރިކަމުގެ ހިތްހަމަ ޖެހުން ލިބިގެން. ވަޒީފާގެ ފުރުޞަތުތައް ޔަޤީންކުރެވިގެން، ސިއްޙީގޮތުން ވަސީލަތްތައް ފަހިވެގެން. ކުޅިވަރު ކުޅެވޭނެ ފެސިލިޓީތައް ޤާއިމްވެ އޭގެ މަންފާލިބިގެން. އެހެންވީމާ އިހަވަންދޫގައިވެސް ޒުވާނުންނަށް މަލްޓި ސްޕޯޓްސް ކޮމްޕްލެކްސް އެއް ޤާއިމް ކުރުމަކީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރިއަށް ގެންގޮސްދޭނެކަމެއް“ ޑރ. މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މާރަންދޫ އަދި މުޅަދޫ ރައްޔިތުން އެދިލެއްވި ކަންކަމަށްވެސް މުޢިއްޒު އިޝާރާތްކުރެއްވިއެވެ.

”މާރަންދޫއިން އެދިލައްވާފައި އެބައޮތް ރަނގަޅު ފެންވަރެއްގެ ފުޓުބޯޅަ ދަނޑެއް ޤާއިމްކުރުމުގެ މަސައްކަތް ކުރުން. އަދި ސްކޫލް ތަރައްޤީކޮށް މަލްޓިޕާޕަސް ހޯލް ހެދުމާއި، ސިއްހީ މަރުކަޒުގަ ލެބޯޓްރީ ޤާއިމު ކުރުމާއި، އެހެންވީމަ މިހުރިހާކަމެއްވެސް ހާސިލްކޮށްދިނުމަކީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ސަމާލުކަންދޭނެ ކަންކަން. އަބާދީ ކިތަންމެ ކުޑަނަމަވެސް މުޅަދޫއަކީވެސް ދިވެހި ލޮބުވެތި ރައްޔިތުން އުޅޭރަށެއް، ރައްޔިތުންނަކީ ހަމަހަމަ ބައެއް. ސަރުކާރުން ވާންޖެހޭނީ ޢަދުލުވެރިކަމާއިއެކީގަ ރައްޔިތުންނަށް ޚިދުމަތްދޭ ސަރުކާރަކަށް. އެހެންވީމަ މުޅަދޫގެ ރައްޔިތުންގެ ފަރާތުން އެދިފައިވާ ހުރިހާ ކަމެއްވެސް ހައްލުކޮށްދޭނަން، މުޅަދޫގެ ރައްޔިތުންނަށްވެސް އުފާވެރި އަބުރުވެރި ދިރިއުޅުމެއް ހާސިލްކޮށްދިނުމަށްޓަކާ، އަޅުގަނޑުމެންގެ ސަރުކާރެއްގަ އިސްކަންދީ ސަމާލުކަންދޭނަން.“ ޑރ. މުޢިއްޒު ވިދާޅުވިއެވެ.

މުޢިއްޒު ވިދާޅުވީ ދިވެހި ރާއްޖޭގެ ހުރިހާ ރަށެއްގައި އުޅޭ ހުރިހާ ދިވެހި ރައްޔިތުންނަކީވެސް އެ ރައްޔިތުންނަށްޓަކާ ސަރުކާރުން ކަންކަން ފަހިކޮށްދޭން ޖެހޭނެ ބައެއް ކަމަށެވެ. އަދި އެ ކަންކަން ކުރުމަށްޓަކާ ސެޕްޓެމްބަރު 9 ވަނަ ދުވަހު އޮންނަ އިންތިޚާބުގައި ޑރ. މުޢިއްޒުއަށް ވޯޓު ދެއްވާ ސަރުކާރު ހިންގުމުގެ ފުރުޞަތު ދެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!