2017 ވަނަ އަހަރު ބޭއްވުނު މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން ނެގި ގދ. ތިނަދޫ ސްޕޯރޓްސް ޓީމުގެ ކުރީ ކޯޗު ޕަބްލޯ ގޮމޭޒް މިހާރު ކޯޗް ކޮށްދޭ ކްލަބަށް އަންދްރެސް އިނިއެސްޓާ ސޮއިކޮށްފިއެވެ.
އަންދްރެސް އިނިއެސްޓާ ޔޫއޭއީގެ އެމިރޭޓްސް ކްލަބް އެފްސީއާ ގުޅުމަށް އެއްބަސްވެ އޭނާގެ ޕްރޮފެޝަނަލް ފުޓްބޯޅަ ކެރިއަރު ކުރިއަށް ގެންދާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އުމުރުން 39 އަހަރުގެ އިނިއެސްޓާ އޭނާގެ މުސްތަގުބަލުގެ ޕްލޭންތަކާ މެދު ވިސްނަމުނާ، މިދިޔަ ހޯމަ ދުވަހު ދުބާއީއަށް އައިސް، މެދުއިރުމަތީގައި ކެރިއަރު ފަށަނާ އާއެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.
2025 ވަނަ އަހަރާހަމައަށް އޭނާ ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އަދި އިތުރު އަހަރެއް އިތުރުކުރުމުގެ ފުރުސަތާއި އެކުއެވެ.
އޭނާ މީގެކުރިން ވާހަކަ ދައްކަމުން މިޑްފީލްޑަރު ވަނީ އޭނާގެ ކުޅުމުގެ ކެރިއަރަށް ވަގުތު ދޭން ގަސްދުކުރާކަން ހާމަކޮށް، ޖަޕާނުގެ ވިއްކާލި މިސާކީ ޕާކް ސްޓޭޑިއަމަށް އޭނާ ހޭދަކުރީ “އުނދަގޫ ދުވަސްތަކެއް” ކަން ކިޔައިދީފަ އެވެ.ފާއިތުވި މަސްތަކަކީ އޭނާއާއި އޭނާގެ ގާތް މީހުންނަށް ވެސް ވަރަށް އުނދަގޫ ދުވަސްތަކެއް،” އޭނާ ވިދާޅުވި އެވެ.
“ދަނޑުމަތީގައި ކުޅޭއިރު ރިޓަޔާކޮށް ކެރިއަރު ނިންމާލަން ބޭނުންވާ ކަމަށާއި އެ އިހުސާސްތަކާ އެއްގޮތަށް ކުރިއަށް ފިޔަވަޅެއް އަޅަމުން އަންނަ ކަމަށެވެ”
އޭގެ ބަދަލުގައި މެދުއިރުމަތީގެ ކްލަބަކާ އެކު އެހެން މަސައްކަތަކަށް އޭނާ ކުރިއަށް ދާނެ ކަމުގެ ހަބަރަކީ ހައިރާންކުރުވަނިވި ހަބަރަކަށް ވާއިރު، އެމިރޭޓްސް ކްލަބް އެފްސީއަށް ސޮއި ކުރި އިނިއެސްޓާއަށް މިއަހަރު 40 އަހަރު ފުރޭނެ އެވެ.
އިނިއެސްޓާ ޔޫރަޕްގެ ފުޓްބޯޅަ ކުޅުން ހުއްޓާލީ 2018 ވަނަ އަހަރު ބާސެލޯނާއަށް 22 އަހަރު ހިދުމަތް ކުރުމަށް ފަހު އެވެ.
ކޭމްޕް ނޯގައި ކުޅުނު ފައިނަލް މެޗުގައި އޭނާ ވަނީ ތާރީހީ ސްޓޭޑިއަމްގައި އެކަނި އިށީނދެ، ވަކިވާން ނިންމައި، ވިސްނުމުގެ ތެރޭގައި އެކަނި އިށީނދެފަ އެވެ.