ޚަބަރު
ރައްޔިތުންގެ ޖަޒުބާތުތައް “ޕެޕަރ ސްޕްރޭ” އަކުން ނުހުއްޓުވޭނެ: އާދަމް ޝަރީފް

ރައީސް އިބްރާހިމް މުހައްމަދު ޞޯލިހްގެ ކެމްޕެއިން ދަތުރުތަކާއި ގުޅިގެން، ރައްޔިތުން އިޙުތިޖާޖް ކުރަމުންގެންދަނީ، މި ސަރުކާރުން ރާއްޖޭގެ ޝަރުއީ ނިޒާމް ހައިޖެކްކޮށްފައިވާތީ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު، ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

އާދަމް ޝަރީފް މިއަދު ކުރެއްވި ޓުވީޓްއެއްގައި ވިދާޅުވީ، ރައްޔިތުން އިޙުތިޖާޖްކުރަމުން ގެންދަނީ، ނުހައްގަުން ކުރީގެ ރައީސް އަދި ޕީޕީއެމް/ޕީއެންސީގެ ލީޑަރ އަބްދުﷲ ޔާމީން ޖަލަށްލާފައިވާތީއާއި، އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހަދާފައިވާތީ ކަމަށެވެ.

މީގެ އިތުުރުން ރާއްޖޭގެ ޝަރުއީ ނިޒާމް ވަނީ ހައިޖެކްކޮށްފައި ކަމަށާއި، ރައްޔިތުންގެ އެންމެ ބޮޑު އެދުމަކީ ޔާމީން މިނިވަންވުން ކަމަށެވެ.

” އިބޫގެ ކެމްޕެއިން ދަތުރުތަކާއި ގުޅިގެން ރައްޔިތުން އިހުތިޖާޖް ކުރަނީ ނުހައްގުން ރައީސް ޔާމީން ޖަލުގައި ބަހައްޓައި، އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތްހަދައި، ޝަރުއީ ނިޒާމް ހައިޖެކްކޮށްފައިވާތީ”

މީގެ އިތުރުން، އާދަމް ޝަރީފް ވިދާޅުވީ، އެންމެ ކުޑަމިނުން ޔާމީން ގެއަށް ބަދަލުކޮށްދީފި ނަމަވެސް ރައްޔިތުންނަށް ކުޑަ މިންވަރެއްގެވެސް ހިންހަމަޖެހުމެއް ލިބިގެންދާނެ ކަމަށާއި، މި ސަރުކާރުން ހެދި އެންމެ ބޮޑު ގޯހަކީ އަދި ސަރުކާރުގެ ވެއްޓުމަކީ، އެމަނިކުފާނު ޖަލަށް ލުން ކަމަށެވެ.’

” މި ސަރުކާރުން ހެދި އެންމެ ބޮޑު ގޯހަކީ އަދި ސަރުކާރުގެ ވެއްޓުމަކީ ރައީސް ޔާމީން ޖަލަށްލުން”

މީގެ އިތުރުން، މި ސަރުކާރަށް އަންނަ ރިޔާސީ އިންތިހާބުަގައި ނޫނެކޭ ބުނާތައް ވަރަށް ރަނގަޅަށް ފެނިގެންދާ ކަމަށާއި އެކަން އެންމެ ބޮޑަށް ދައްކުވައިދެނި، ކެމްޕެއިން ދަތުރުތަކާއި އެކު އާންމު ވެގެންދާ ފޮޓޯ ތަކުން ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!