ޚަބަރު
ގޭންގް ގަމަށް އަރައި އެރަށް ސާފުކޮށްފި

ގައްދޫ އެސޯސިއޭޝަން ފޯރ ނިއު ޖެނަރޭޝަން (ގޭންގް) ގެ އަމިއްލަ އިސްނެގުމަށް ގައްދޫ ގަމުގެ ބޮޑު ޒިޔާރަތް އެއްކޮށް ސާފު ކޮއްފިއެވެ.
“ހުވަދޫ ނިއުސް” އަށް މައުލޫމާތު ދެއްވަމުން ގޭންގްގެ ނައިބް ރައީސާ އިސްޙާޤް ރަޝީދު ވިދާޅުވީ ގދ ގަމުގައިވާ އާސާރީ ބިނާތަކުގެ ތެރެއިން ބޮޑުޒިޔާރަތް ސާފު ކުރުމުގެ މަސައްކަތަކީ ގަމުގައިހުރި އެފަދަ އާސާރީ ބިނާތައް ސާފުކޮށް ބެލެހެއްޓުމަށް ކުރެވިގެންދިޔަ މުހިންމު މަސައްކަތެއް ކަމަށާއި އެޖަމްޢިއްޔާގެ ފަރާތުން ދޭތެރެ ދޭތެރެއިން އެރަށަށް ގޮސް ރަށުގެ އާސާރީ ތަންތަން ސާފުކޮށްހަދާ ކަމަށެވެ.

ގައްދޫ އެސޯސިއޭޝަން ފޯރ ނިއު ޖަނަރޭޝަން (ގޭންގް) ގެ ފަރާތުން އިއްޔެ އެމަސައްކަތް ކޮށްފައި ވަނީ ބިޒްނަސް ނެޓް ވަރކްގެ ފަރާތުން ގައްދޫ ކައުންސިލާއި ގުޅިގެން ކުރި ދަތުރުގައި ބައިވެރިވެ އެރަށަށް ކުރި ދަތުރެއްގައެވެ. އެގޮތުން ބޮޑު ޒިޔާރަތް ހިމެނޭ ސަރަހައްދު އެއްކޮށް ވަނީ ސާފު ކޮށްފައެވެ.

ގޭންގުގެ ނައިބު ރައީސް ވިދާޅުވީ ގަމުގައި ވަރަށް ގިނަ އާސާރީ ތަންތަން އެބަހުރި ކަމަށާއި އެތަންތަން ދާއިމީކޮށް ސާފު ކޮށް ބަލަހައްޓަން ޖެހޭ ކަމަށެވެ.
ގޭންގުން ގަމަށް ކުރި ދަތުރުގައި އެ ޖަމްޢިއްޔާގެ 8 ޒުވާނަކު ބައިވެރިވިއެވެ.

ގައްދޫ އެސޯސިއޭޝަން ފޯރ ނިއު ޖަނަރޭޝަން (ގޭންގް) އަކީ ގދ ގައްދޫ ޒުވާނުން ތަކެއް ގުޅިގެން އުފައްދާފައިވާ ޖަމްޢިއްޔާއެކެވެ. އެ ޖަމްޢިއްޔާ އަކީ ރަށުގެ ތަރައްޤީއަށް ކުރާ ކަންކަމުގައި އިސް ރޯލެއް އަދާކުރާ ޖަމްޢިއްޔާއެކެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!