ޚަބަރު
ގައުމު ސަލާމަތްކުރެވެން އޮތީ އެންމެން އެއް ފިކުރަކަށް އައިސްގެން: މުޢިއްޒު

ރާއްޖޭގެ މިސްރާބު މިހާރުދަނީ ވަރަށް ނާމާން މަންޒިލަކާއި ދިމާލަށް ކަމަށާއި، ގައުމު ސަލާމަތްކުރެވޭނީ އެންމެން އެއް ފިކުރަކަށް އައިސްގެން ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލޭގެ މޭޔަރ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ، އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިންއަށް ހއ. ދިއްދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކޮށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ، އެންމެން ގެންގުޅެންވީ ފިކުރަކީ ގައުމީ ފިކުރު ކަމަށެވެ. އަދި ދިވެހީން ދިވެހިންގެ ރާއްޖެ ގެނައުމަށް އެންމެން އެއްބައިވަންތަ ބަޔަކަށް ވާން ޖެހޭ ކަމަށެވެ.

“ގައުމުގެ މިނިވަންކަން ގެއްލުމުގެ ކޮޅު މަތީގައި މިއޮތީ. އެންމެން އެބަޖެހޭ އެއްބައިވަންތަ ބަޔަކަށް ވާން. ގައުމު ސަލާމަތްކުރެވޭނީ އެންމެން އެއް ފިކުރަކަށް އައިސްގެން. އެއީ ގައުމީ ފިކުރު. އެންމެ ފުރަތަމަ ގައުމު އިސްކުރުން. ކޮންމެ ސިޔާސީ ޕާޓީއެއްގައި ހުއްޓަސް އެމީހާ އެބަ އިސްކުރަންޖެހޭ ދިވެއްސަކަަށް ވީތީ ދިވެހިންގެ ރާއްޖެއެއް ގެނައުމަށް ވިސްނަންޖެހޭ.”

މީގެ އިތުރުން މުއިއްޒު ވިދާޅުވީ، ދިވެހިންގެ ރާއްޖެއެއް ނުގެނެސް ރާއްޖެ ސަލާމަތްކުރެވޭކަށް ނެތްކަމަށާއި، ދިވެހިންގެ ރާއްޖެ މި ޝިޔާރު ރައީސް ޔާމީން ޚިޔާރުކުރެއްވީ ވަރަށް މާތް މަގުސަދެއްގައި ކަމަށެވެ.

“މި ގައުމުގެ މުސަތްގުބަލް އަޅުގަނޑުމެންގެ ކުރިމަތީގައި ބަނަވެގެން މިއޮތް ދަނީ. އަޅުގަނޑުމެންގެ ދީން، ސަގާފަތް، ބަސް އަދި އަޅުގަނޑުމެންގެ މިނިވަންކަމާއި އިސްތިޤުލާލު ގެެއްލުމާއި ގާތަށް ގޮސްފައި މިވަނީ، މިކަންކަމަށް ސަމާލުކަން ދޭނަމަ ދިވެހިންގެ ރާއްޖެ ގެނައުމަކީ އަޅުގަނޑުމެން އިސްކަންދޭންޖެހޭ ކަމެއް.”

މީގެ އިތުރުން މުއިއްޒު ވިދާޅުވީ، މިއީ ސިޔާސީ ގޮތުން ދައްކާ ވާހަކަތަކެއް ނޫން ކަމަށާއި ނަމަވެސް، ރާއްޖެ މިހާރު މިއޮތް ވެއްޓިފައިމިވާ އަނދަވަޅުން ނެގުމަށް މަސައްކަތްކުރުމުގެ ޒިންމާއޮތީ ދިވެހި ކޮންމެ ފަރުދެއްގެ ބޮލުގައިވެސް އެޅިފައި ކަމަށެވެ. އެހެން މަސައްކަތް ނުކޮށްފިނަމަ ތާ އަބަދަށް މި ރާއްޖެ ދިވެހިންނަށް ގެއްލިގެން ހިނގައި ދާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!