ޚަބަރު
ސުނާމީ ބިނާ ސަރަޙައްދުން ޕާކިން ސްޕޭސް ދޫކުރަން ފަށައިފި

މާލެ ސިޓީ ކައުންސިލުން ސުނާމީ ބިނާ ސަރަހައްދުގައި ތަރައްޤީކޮށްފައިވާ ޕާކިން ސްޕޭސްތައް ކުއްޔައްދޫކުރަން ހުޅުވާލައިފިއެވެ.

މި ޖާގަތައް ދޫކުރަން ނިންމާފައިވަނީ ވިލިމާލޭގައި ދިރިއުޅޭ އުޅޭ ރައްޔިތުންނަށް ހާއްސަކޮށްގެން ކަމަށްވެސް އެކައުންސިލުން ވިދާޅުވިއެވެ. ޖުމްލަ 20 ޖާގަ ދޫކުރަން ނިންމާފައިވާއިރު މި ޖާގަ ތަކަށް ޕާކް ކުރެވެނީ ކާރާއި 350 ކިލޯގެ ޕިކަޕްތަކަށެވެ.

މި ޕާކިން ސްޕޭސްތަކުގެ ސަބަބުން ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ވަރަށްބޮޑު ލުޔެއް ލިބިގެން ދާނެއެވެ. މި ޖާގަ ދޫކުރަން ނިންމާފައިވަނީ ކުއްޔަށް ކަމަށާއި މިމަހު 16 ވަނަ ދުވަހުގެ ކުރިން ޖާގަތަކަށް އެދެން ވާނެކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. މި ފޯމް ތައް ހުށަހަޅަން ޖެހެނީ ސިޓީކައުންސިލްގެ އާންމު ހިދުމަތްތަކާ ބެހޭ ބަޔަށެވެ.

މީގެ އިތުރުން މާލެ ރައްޔިތުންނަށް ހާއްސަ ޕާކިން ޒޯނެއްވެސް ތައްޔާރުކުރާނެ ވާހަކަ ކައުންސިލުން ވަނީ ބުނެފައެވެ. މިއިން ކޮންމެ ސްޕޭސްއެއްވެސް އިނގޭނެހެން ލިޔެކިޔުންތައް ލިބޭނެއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!