މިދިޔަ މެއި/ޖޫން ގައި ބޭއްވި އޯލެވެލް އިމްތިހާނުތަކުގެ ނަތީޖާތައް ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންއިން ދޫކުރަން ފަށައިފިއެވެ.
އެ ޑިޕާޓްމެންޓްއިން ހާމަކޮށްފައިވާ ގޮތުގައި، އެސްއެސްސީ އިމްތިހާނުތަކުގެ ނަތީޖާ، މިއަދު ހެނދުނު 09:00 ގައި އަދި އައިޖީއެސްއެސްސީ އިސްތިހާނުގެ ނަތީޖާތައް 10:00 ގައި ވަނީ ސެންޓަރުތަކަށް ފޮނުވާފައެވެ.
އެގޮތުން، އަމިއްލަ ގޮތުން އިމްތިހާބު ހެދި ދަރިވަރުންނަށް މެންދުރު 12 އިން ފެށިގެން އިމްތިހާނުގެ ނަތީޖާ ދޫކުރަމުން ދާނެ ކަމަށާއި، އަދި ސްކޫލުތަކުން އިމްތިހާޏު ހެދި ދަރިވަރުންނަށް މިހާރު ނަތީޖާ ދޫކުރަމުންދާނެ ކަމަށްވެސް އެ ޑިޕާޓްމެންޓްއިން ހާމަކުރެއެވެ.
އަދި އިމްތިހާނުގެ ނަތީޖާ ލ،ިބުމަށްފަހު ރީ ޗެކްކުރަން ބޭނުންވާ ދަރިވަރުންނަށް މާދަމާއިން ފެށިގެންމި މަހުގެ ނިޔަލަށް އިމްތިހާޏު ހެދި ސެންޓަރަށް ހުށަހަޅައިގެން އެކަން ހަމަޖައްސަން އެ ޑިޕާޓްމެންޓްއިން ވަނީ އިލްތިމާސްކޮށްފައެވެ.
މިއަހަރު އޯލެވެލް އިމްތިހާނުގައި 6،106 ދަރިވަރުން ބައިވެރިވިއެވެ.

