ރިޕޯޓް
ބަންޕަރުތަކުން ތިނަދޫ ރައްޔިތުން ބިނދެނީ، ވެރިން ކެމްޕޭނުގައި ހޭބަލިވަނީ!

ދައްކަން މިއުޅެނީ ތިނަދޫގައި އަލަށް ތަރައްޤީ ކުރަމުންދާ މަގުތަކުގައި އިހަކަށް ދުވަހު ބަމްޕަރުތަކެއް އަޅައިގެން އެވާހަކައެއް ނޫނެވެ. އަޅާފައި ހުރި ބަމްޕަރުތަކުގެ ޑިޒައިންނާއި މަސައްކަތް ކޮށްފައިވާގޮތުގެ ސަބަބުން އާންމު ރައްޔިތުންނަށް މި ބަމްޕަރުތަކަކީ މުސީބާތަކަށް ވި ވާހަކައެވެ.

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރުޑީސީ) އާއި ހަވާލުކޮށްގެން ތިނަދޫގައި ތަރައްޤީ ކުރަމުންދާ މަގުތަކުގައި ބަމްޕަރުތަކުގެ ވާހަކަ ތިނަދޫގެ އެތައް ރައްޔިތުންނެއް ދައްކައިފިއެވެ. މީހެއްގެ ސަމާލު ކަމަށް އަންނާނެ ނަމަ އެވަރަށް މީސްމީޑިއާގައި ވެސް އާންމު ރައްޔިތުން ނުރުހުން ފާޅުކޮށްފިއެވެ. އަދި މި ނޫހުންވެސް އެވާހަކަ ގެނެވިފައިވާނެއެވެ. އެހެން ނަމަވެސް މިހުރިހާ ވާހަކަ އަޑުއަހައި، ބަމްޕަރު ތަކުގެ އުނދަގޫ އަމިއްލަ އަށް ތަހައްމަލުކޮށްފައިވެސް ވެރިން ބުނަނީ، އެއީ “ލައިޓްސް ކެމެރާ، އެކްޝަން” ކިޔާފައި ކުޅުނު ފިލްމަކަށެވެ.

ތިނަދޫ ކައުންސިލްގެ ސަމާލުކަމަށް މިވާހަކަތައް އައިސް، އެއޮތް ބޮޑު ކައުންސިލުން ރައްޔިތުން ކިބައިން މަޢާފަށް އެދުނެވެ. އަދި އެ މަސައްކަތް ކުރަމުން އަންނަ ކުންފުންޏާއި ބައްދަލު ކޮށް ބަމްޕަރުތަކުގެ މައްސަލަ ހައްލު ކުރުމަށް އެދުނެވެ. ކުޅުނު ފިލްމަކުން ނުވަތަ ތޯތޯ ވާހަކައަކުން ބޮޑު ކައުންސިލެއް ރައްޔިތުން ކިބައިން މާޢާފަކަށް ނޭދޭނެކަން ކަށަވަރެވެ.

ކޮންމެއަކަސް މި ބަންޕަރުތަކުން ދުއްވާ މީހުންގެ ފުރާނައަށް ނުރައްކާވާ ހިސާބަށް ގޮއްސިއެވެ. ދުވާލަކު އެތަކެއް ހާނިކައެއް ލިބެއެވެ. އިއްޔެ އެކަނި ހިތާމަވެރި 2 ހާދިސާ ބަމްޕަރުގެ ސަބަބުން ދިމާވެ މީޑިއާ އަށްވެސް ތިލަވިއެވެ. އެތަނުން އެކަކު ވަނީ ފައިގެ ކަކުލު ހުޅުން ބިންދައިގެންގޮސްފައެވެ. ސައިކަލެއްގެ ކުރީގައި އިން ކުޑަ ކުއްޖެއްގެ ނޭފަތްމަތިން ފަޅައިގެން ދިޔައީ މި ދެންނެވި ބަމްޕަރަކަށް އަރައިގެންނެވެ. މައިބަނދައިގެ މައްސަލަ ހުންނަ މީހުން ބަމްޕަރަށް އަރާފައިބަނީ އެތަކެއް ވޭނަކާއި އެކީއެވެ. ނުކުޅުދޭ މީހުން ދުއްވާ ފުރުޅުލީ ގޮޑި އާއި އަތުން އަނބުރާލާ ދުއްވަަ ބައިސްކަލު މި ދެންނެވި ބަންޕަރު މައްޗަކަށް ނާރައެވެ.

ޒަމާނީ އަދި މިންގަޑަށް ފެތޭ ބަންޕަރެއް

ބަންޕަރުގެ ވާހަކަ އޮޅުވާލަން ބަޔަކި ވަރަށް މަސައްކަތް ކުރެއެވެ. ތިނަދޫގެ ރައްޔިތުންނަށް މައްސަލަ ޖެހިގެން އުޅެނީ ތިނަދޫގައި ބަންޕަރުތެއް އަޅައިގެން ނޫނެވެ. އަދި ބަންޕަރަކީ ތިނަދޫގައި އަޅަން ޖެހޭއެއްޗެއްކަންވެސް ގަބޫލު ކުރެއެވެ. އެކަމުގެ ހަގީގަތަކީ، ތިނަދޫގައި ހުންނަ އެސްޓިއޯ ފިހާރަ ކައިރީގައި 10 ވަރަކަށް ފޫޓް ފުޅާ މިނުގައި އަދި 2 ވަރަކަށް ފޫޓް އުސްމިނުގައި ބޮޑު ސިންގާ ބަމްޕަރެއް އަޅާފައި އެތައް ދުވަހެޖ ވަންދެން ހުއްޓެވެ. ތިނަދޫ ރައްޔިތަކު އޭގެ ވާހަކަ އެއް ނުދައްކައެވެ. އެކަމުގެ ޝަކުވާއެއްވެސް ނުކުރެއެވެ.

މިހާރު އަޅާފައި ހުރި ބަންޕަރު ތަކުގެ ޝަކުވާ ކުރަން ޖެހޭ ބައެއް ސަބަބުތަކަކީ، ބަންޕަރު ފާހަގަ ވާނޭ ގޮތަކަށް ކުރަހާފައި ނެތެވެ. ގިނަފަހަރަށް ބަންޕަރެއްކަން އިނގެނީ ފުއްމައިގެން އޭގެ މައްޗައް އެރުމުންނެވެ. ދެވަނަ ކަމަކަށް، ބަންޕަރަށް އަރާ ފޭބުމުގައި ހުންނަން ޖެހޭ ކަތި މިން ކަމުނުދަނީއެވެ. އެކަށީގެންވާ ފުޅާ މިނެއް ނެތި ކަތި ވެފައި ހުންވަރު ކުޑަވުމުގެ ސަބަބުން އުޅަނދަށްވެސް އެތައް ގެއްލުމެއް ލިބެއެވެ.

މި ބަމްޕަރުތަކުގެ ތުރާ އިންތިހާއަށް ބޮޑުވެ، ހައްލެއް ނުލިބިގެން އުޅޭއިރު މިއީ އާންމު ރައްޔިތު މީހާގެ ގޭގެ ދޮރާށިމަތީގައި އިންދާފައި ހުރި ކޮޕީފަތް ގަސްތަކެއް “ތުރާޗިޓް” ފޮނުވައިގެން ނަގައި، ތުރާޗިޓުގެ ބޮޑު ބިޔަ ޕްރޮޖެކްޓް ހިންގި ކައުންސިލެއް އޮތް ރަށެއްކަން މި ފުރުސަތުގައި ފާހަގަ ކޮށްލަމެވެ.

ތިނަދޫގެ ބަންޕަރުތަކުގެ ވާހަކައަކީ ސިޔާސީ ވާހަކައަކަށް ހެދުމަށް ސަރުކާރުން މަސައްކަތް ކުރަމުން ދާކަން ފާހަގަވެއެވެ. ސިޔާސީ މުސާރަވެރިން، އެ ޖައްސަވާ ޕޯސްޓުތަކުން ބަންޕަރުގެ ވާހަކަ އަކީ އޮލަ ސިޔާސީ ވާހަކައަކަށް ހެދުމަށް މަސައްކަތް ކުރެއެވެ. އެހެން ނަމަވެސް މި ބަންޕަރުތަކަކީ ހަމަ މިވެރިންނަށްވެސް ބޮޑު ތަކުލީފަކަށް ވެފައިވާ އެއްޗެކެވެ. ރައްޔިތުމީހާގެ ހައްގުގައި ނުވަތަ އަމިއްލަ މީހާއަށްޓަކައިވެސް މިކަމަށް ބަހެއް ބުނެލާނެ ވަރުގެ ހިތްވަރެއް މިއިން ވެރިޔެއްގެ ގައިގައި ނެތެވެ. އަދި މިވަރުން ނުވެގެން، މިކަމާއި ގުޅިގެން ޝަކުވާ ކުރާމީހުންނަށް ވެރިން ދެނީ އިހާނެތި ޖަވާބެކެވެ. އޭގޮތުން ތިނަދޫގެ ސިޔާސީ މަގާމެއްގައި ހުރި މީހަކު ވަނީ ޝަކުވާ ކުރި މީހަކަށް ރައްދު ދިނުމުގެ ގޮތުން “ދެ ލޯ އަނދިރިވެފައި” ކަމަށްވެސް ބުނެފައެވެ.

ކަންމިހެން ހުރިއިރު، މި މަސައްކަތް ކުރުމަށް ހަވާލުކުރެވިފައި ހުރި ކުންފުނީގެ އިސް މުވައްޒަފުންނާއި ވެރިން ވަރަށް ބިޒީއެވެ. “ލައިޓްސް ކެމެރާ، އެކްޝަން” ގޮވާ ހަރުގަނޑުތަކަށް އަރާ ކެމްޕެއިން ބެނާދެމުމުގައި ވަރަށް ބުރަކޮށް އުޅެމުންދާއިރު، ތިނަދޫ ކައުންސިލް މިވަގުތު އުޅެނީ ޓްރާންސްފާރ މާރކެޓްގައިވެސް ދެންނެވިދާނެއެވެ.

ހިނގަމުން މިދާ ސަރުކާރުގައި ތިނަދޫއަށް ނިސްބަތްވާ ވަރަށް ގިނަ ވެރިން އެބަތިއްބެވެ. ކަންދިމާ ކުރި ގޮތުން އިންތިޚާބުގެ ދުވަސްވަރަށް ވުމުން މިވަގުތު ތިނަދޫގައި ގިނަ ވެރިން ތިއްބެވިއިރު، ބަންޕަރުގެ މައްސަލާގައި ރައްޔިތުން ކުރަމުންދާ ޝަކުވާގެ ވާހަކަ އަޑުއަހާލާނެ ވަރުގެ ޤާބިލު ކަމެއް އެއްވެސް މީހެއްގެ ކިބައިގައި ހުރިހެނެއް ހީނުވެއެވެ. ރައްޔިތުން ބަންޕަރުތަކަށް އަރައި ބިނދެމުން ދާއިރު މި ވެރިން ކެމްޕޭނުގައި ހޭބަލިވަނީއެވެ. ދިވެހި ބަހުގެ ރަދީފުގައި ބުނެފައިވާގޮތަށް ނިދުމަކާއި ނުލައި، ހިއްސުތައް ބަންދުވެ، ވާނުވާ ނޭނގޭ ހިސާބަށް ކެމްޕެއިން ކުރުމުގައި ރަނގަޅަށްވެސް ހޭބަލިވަނީއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
  1. ބަންޕަރު

    ކަލޯ ތީގެ ބަންޕަރެއްގެ ފޮޓެއެތްވެސް ނެތީތަ ފޮޓޮއިން ތިފެންނަ ޒަމާނީ ބަންޕަރަކީ ގެއްލުންބޮޑު އަވަހަ މަރާމާތައް ބޭނުން ވާ އެއްޗެއް

  2. ގދ. ޙަވަރުތިނަދޫ ބިގަރު ސިޓީ ކައުންސިލްގެ މޭޔަރު އަލްއުސްތާޒު ބާޒުބޯ ޑޮކްޓަރު ޕްރޮފެސަރު ރޯނުއެދުރު ސައުދު އަލީ

    ތިނަދޫ ބިގަރު ކައުންސިލުން ތިނަދޫ އާރުޑީސީ އާއި ބައްދަލުކޮށް ބަންޕަރުތަށް ރަނގަަލުކުރުމަށް ވާނީ ވާހަކަ ދެކެވިފައެވެ. އެގޮތުން ހީޓް ގަން ބޭނުންކޮއްގެން މިހާރު އަޅާފަ ހުރި ބަންޕަރުތަށް ވިރުވާ ދިޔާކޮއްގެން ބަންޕަރުތަށް ތިރިކޮއް ފުޅާކުރުމަށް ހިޔާލު ދެވިފައިވާނެއެވެ. އަދި މިގޮތަށް ހެދުމުން ބާކީވާ ތާރަޔާ ހިލަ ބޭނުންކޮއްގެން އިތުރު ދެމަގެއްގައި ތާރު އަޅާދިނުމަަށް ވާނީ އެދިފައެވެ. (ނޯޓް: ތާރުތަށް ވިރުވަން ބޭނުންވާވަރުގެ ހީޓްގަންއެއް އުފެއްދުމަށް ރަށިޔާ ކުންފުންޏަކާއެކު މިހާރު ވަނީ އެއްބަސްވުމަކަށް އާދެވިފައެވެ މިހުރިހާ ހަރަދެއް ކުރާނީ ގދ. ޙަވަރު ތިނަދޫ ބިގަރު ސިޓީ ކައުންސިލުންނެވެ) ވޯޓު ލުމް އިބޫ ލުން ތަ ހޮވީގެ

  3. ކަކުތަރު

    އަހުތަރު އެގެންލިކާ ބޮޑެވޫ