ޚަބަރު
މިސަރުކާރުން، ހިޔާ ފްލެޓްގެ ލިސްޓުން ނަން އުނިކުރި އެންމެނަށް، ފްލެޓް ދޭނަން: މުޢިއްޒު

ކުރީގެ ރައީސް އަބްދުޠ ޔާމީންގެ ސަރުކާރުން 2018 ވަނަ އަހަރު އިއުލާންކުރި ހިޔާ މަޝްރޫއުގެ ދަށުން، ފްލެޓް ލިސްޓްގައި ހިމެނި، ނަމަވެސް، ރައީސް އިބްރާހިމް މުހައްމަދު ޞޯލިހްގެ ސަރުކާރުން، އެ ލިސްޓުތައް އުވާލާ އުނިކުރި މީހުންނަށް، އެންމެ އަވަހަށް ގާއިމްކުރާ ޗޯޝަލް ހައުސިންގް މަޝްރޫއެއްގައި ފްލެޓް ދެއްވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މުޢިއްޒު މިހެން ވިދާޅުވީ، އެބޭފުޅާގެ މެނިފެސްޓޯ އިއުލާންކުރުމަށް ރޭ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

“ދިވެހީންގެ ރާއްޖެ” މެނިފެސްޓޯ އިފްތިތާޙް ކޮށްދެއްވުމަށްފަހު އޭގައިވާ މުހިހްމު ކަންތައްތަަކަށް އަލި އަޅުވާލާއި ވާހަކަ ދައްކަވަމުން މުޢިއްޒު ވިދާޅުވީ، އޭގަައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ، ގެދޮރުވެރިކަމާއި އާބަނައިޒޭޝަން ކަމަށެވެ.

އެގޮތުން ގެދޮރު ވެރިކަމާއި ބޯހިޔާވަހިކަމަކީ މުޖުތަމައުގައި ދެން ހުންނަ ހުރިހާ މައްސަލަތަކުގެ ހައްލުކަމަށާއި، ކުރިއަށް އޮތް 20 އަހަރަށް އަމާޒުކޮށްގެން 65،000 ގެދޮރު ޔަގީންކޮށްދެއްވާނެ ކަމަށްވެސް އެ ރަސްމިއްޔާތުގައި މުއިއްޒު ވިދާޅުވިއެވެ.

މުޢިއްޒު ވިދާޅުވީ މި ސަރުކާރުގެ ގޯތި ލިސްޓުގައި ތިބި މީހުންނަށްވެސް، ލިސްޓު އުވާނުލާ ގޯތި ލިބޭނެކަން ކަށަވަރުކުރައްވާނެކަމަށެވެ. އަދި މީގެތެރެއިން ބިން ލިބި ގޯތި އެޅޭނެ މާލީ ތަނަވަސްކަން ނެތް މީހުންނަށް، އެމަނިކުފާނުގެ ސަރުކާރުގައި ޚާއްސަ ސްކީމެއްގެ ތެރެއިން ގޯތި އެޅޭނެ ގޮތް ހަމަޖައްސަވާދެއްވާނެ ކަމަށް ވިދާޅުވެއެވެ.

މީގެއިތުރުން، 2018ވަނަ އަހަރު ހިޔާ މަޝްރޫޢުގެ ލިސްޓުގައި ހިމެނި، ފްލެޓް ނުދީ ތިބި މީހުންނަށް ގޯތި ކަށަވަރުކޮށްދެއްވުމަށް މެނިފެސްޓޯގައި ހިމަނުއްވާފައިވެއެވެ.

“ހިޔާ މަޝްރޫޢުން ފްލެޓް ލިބުނު އެތައް ހާސް ބަޔަކު ލިސްޓުން އުނިކުރި. މި އެންމެނަށް، ސަރުކާރުގެ އެންމެ ފުރަތަމަ ހައުސިން މަޝްރޫޢުން ފްލެޓް ދޭނަން. އަލަތު ކައިވެނި، ނުކުޅެދުންތެރިކަން ހުރި މީހުންގެ ކެޓަގަރީތައް މީގަ ހިމެނޭ.” މުޢިއްޒު ވިދާޅުވިއެވެ.

މެނިފެސްޓޯގައި ދެން ހިމެނޭ ބައިތައް، ކުރިއަށް އޮތް ދުވަސް  ތަކުގައި އިއުލާންކުރައްވާނެ ކަމަށާއި ،މެނިފެސްޓޯ ޕްރިންޓް ކުރުމަށްފަހު ރައްޔިތުންނަށް ފަސޭހައިން އޭގައި ވާ އެއްޗެއް އިނގޭނެ ފަދަ ގޮތެއް ހަދައިދެއްވާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!