ރިޕޯޓް
“މުރާލި ކަނބަލުން”, މިއީ ކޮން ބައެއް!

އެއީ މުރާލި ކަނބަލުން، ނަމުގައި ގދ. ތިނަދޫ އަންހެން ކަނބަލުން ހިމެނޭގޮތުން ހިންގާ ކޮމިޔުނިޓީ ވައިބަރ ގްރޫޕެކެވެ. މިގްރޫޕް އުފެދުނީ ކުރިން ހިންގަމުންދިޔަ ވައިބަރ ގްރޫޕަށް އެކަށީގެންވާ ޢަދަދަކަށް މެމްބަރުން އިތުރުނުކުރެވުމާ ގުޅިގެން ގިނަ ގްރޫޕްގެ މެމްބަރުން ލަފާއާއި މަޝްވަރާގެ މަތިންނެވެ. މިގޮތުން “މުރާލި ކަނބަލުން” ނަމުގައި ގްރޫޕް އުފައްދައި ބޭނުންކުރަން ފަށާފައިވަނީ 2020 މާރޗް 24 ވަނަ ދުވަހުންފެށިގެންނެވެ. ގާތްގަޑަކަށް 400 ކަނބަލުންނާއެކު ހިންގަންފެށުނު މިގްރޫޕްގައި މިހާރު 865 އަށް ވުރެ ގިނަ މެމްބަރުން ތިބިކަން ފާހަގަ ކުރެވެއެވެ.

މުރާލި ކަނބަލުން ނަމުގައި އެފްބީ ޕޭޖެއް 22 މާރޗް 2021 ވަނީ އުފައްދާފައެވެ. އަދި ކަނބަލުންގެ ޙަރަކާތްތައް އިތުރުކުރުމުގެ ގޮތުން ތަފާތު ކަންތައްތަކެއް ކުރުމަށް ވަނީ ނިންމާފައެވެ.

މުރާލި ކަނބަލުން، ގދ. ތިނަދޫ ގްރޫޕްގެ މަޤްޞަދަކީ ތިނަދޫގައި ދިރިއުޅޭ އަދި ތިނަދޫ އަށް ނިސްބަތްވާ ހަމަ އެކަނި ކަނބަލުންނާއި އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުން މިގްރޫޕްގެ މެމްބަރުންގެ ގޮތުގައިވާ ކަނބަލުންނަށް ކޮންމެހެން ބޭނުންވާ ދީނީ، ސިއްޚީ، އިޖްތިމާޢީ އަދި ސިޔާސީ އުފެއްދުންތެރިކަމާއި ވިޔަފާރިއާ ބެހޭގޮތުން މަޢުލޫމާތު ފޯރުކޮށްދިނުމެވެ. ހަމަ އެހެންމެ ތިނަދޫގައި އެދުވަސްވަރަކު ކުރިއަށްދާ ޙަރަކާތްތަކާބެހޭ ފަހުގެ މަޢުލޫމާތު ކަނބަލުންނަށް ފޯރުކޮށްދިނުމެވެ. މީގެ އިތުރުން ދީނީ އަދި ދުނިޔަވީ ގޮތުން ކަނބަލުން ހޭލުންތެރިކުރުމާއި އަދި ކަނބަލުން ގޭގައި ތިބެގެން ކޮންމެހެން ބޭނުންވާ އެއްޗެއް ހޯދުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން ގުރޫޕްގައި ކުރާ ސުވާލުތަކާއި ބޭނުންވެގެން އުޅުއްވާ ތަކެތި ފަސޭހައިން ލިބޭނެ މަގު ހޯދައިދިނުމެވެ. އަދި ކަނބަލުން ހިންގާ ކުދި ކުދި ވިޔަފާރިތަކާއި ގޭގައި ތައްޔާރުކުރާ ތަކެތި ގުރޫޕަށް ލައިގެން ތަކެތި ވިއްކުމަށް އެހީތެރިވުމެވެ. ތަކެތި ހަދިޔާ ކުރުމާއި، އެހީތެރިކަމަށް ބޭނުންވެފައިވާ ފަރާތްތަކަށް އެހީތެރިވުމެވެ. ރަށުގައި ހިންގާ ހަރަކާތްތަކުގައި ގްރޫޕްގެ މެމްބަރުން ހިއްސާވާނޭގޮތަކަށް ކަންކަން ރާވައި ހިންގުމެވެ. ކަނބަލުންގެ ނަފްސާނީ ދުޅަހެޔޮކަމާއި ހިތްހަމަޖެހޭ އުފާވެރި މާހައުލެއްގައި ޚިޔާލު ފާޅުކުރުމަށް ފުރުޞަތު ހޯދައި ދިނުމެވެ. ރަށުގެ ތަރައްޤީގެ ކަންކަމުގައި ގްރޫޕް އިން ވެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދީ ގްރޫޕް މެމްބަރުންގެ ޚިޔާލާއި މަޝްވަރާ ހޯދުން ފަދަ ކަންކަން ކުރުމަކީ މިގްރޫޕްގެ މައިގަޑު މަޤުޞަދެވެ.

މުރާލި ކަނބަލުންގެ ޓީމުގެ އެންމެ އިސް ކޮށް ޙަރަކާތެރިވާ މައުސޫމާ އަލީ ބުނީ ގުރޫޕުގެ މިސްރާބު ހިފާފައި ހުރީ ޖަމްޢިއްޔާ އެއް ހެދުމަށެވެ. އެގޮތުން ކައިރި މުސްތަޤްބަލެއްގައި އެކަން ޙަޤީޤަތަކަށް ހެދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ދާދި ފަހުން ވެސް ފަލަސްތީނުގެ މުސްލިމުންނަށް ފައިސާ ގެ އެހީ ދިނުމާއި ތިނަދޫ ގެ ޖެންޑަރ ގައި ތިބޭ ކުދިންނަށް ހެދުން ފަދަ ތަކެތި ދިނުން ހެޔޮ ހިތުން ކުރިޔަށް ގެންދާ ތިނަދޫ މުރާލި ކަނބަލުން މިވަގުތު ދަނީ ކުރިން މިމަހުގެ 13 ވަނަ ދުވަހު ކްލަބް ހައުސް ގައި ބާއްވަން އޮތް ބަހުސް މުބާރާތް މި މަހުގެ 20 ވަނަ ދުވަހުގެ ރޭ އަށް ބަދަލުކޮށް ބޭއްވުމަށް ތައްޔާރު ވަމުންނެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!