ޚަބަރު
މިހާރު މިފެންނަނީ ވެރިކަން ވެއްޓެން ދާއިރު ފެންނަ ކަންތައްތައް: ޝިޔާމް

މިހާރު ފެނިގެން މިދާ ކަންތައްތަކަކީ ވެރިކަމެއް ވެއްޓެން ދާއިރު ފެންނާނެ މަންޒަރުތަކެއް ކަމަށާއި އެގޮތުން ޒުވާނުން ވަޒީފާތަކުން ވަކިކުރުމާއި އެގުރިމެންޓުތަކުގައި ސޮއިކުރުން ހިމެނޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދަތުރުފުޅުގައި ށ އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ފުނަދޫ ގައި ބޭއްވި އެޕާޓީގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ޝިޔާމް ވިދާޅުވީ ކޮންމެ 24 ގަޑިއިރަކުން 200 މެމްބަރުން އެމްޑީޕީއާ ވަކިވަމުންދާ މަންޒަރު ފެންނަމުންދާ ކަމަށެވެ.

ކޮންމެ 24 ގަޑިއިރެއްގެ ތެރޭ ވެރިކަން ކުރާ ޕާޓީން 200 މެމްބަރުން ވަކިވާ ކަމަށް ވަނީ ނަމަ ކުރިއަށް އޮތް ހަތަރު މަސް ދުވަސް ތެރޭގައި އަޅުގަނޑަށް ހީވަނީ ރައީސް އިބްރާކިމް މުހައްމަދު ސޯލިހު ފިޔަވާ އެމްޑީޕީ ދޫކުރައްވާ ހުރިހާ ދިވެހި ލޮބުވެތި ރައްޔިތުން އަޅުގަނޑުމެންނާއި ގުޅިވަޑައިގަންނަވާނެހެން -ޝިޔާމް-

ޝިޔާމް ފާހަގަ ކުރެއްވި ގޮތުގައި މިހާރު ފެނިގެން މިދާ ކަންތައްތަކަކީ ވެރިކަމެއް ވެއްޓެން ދާއިރު ފެންނާނެ މަންޒަރުތަކެވެ.

އެގޮތުން ޒުވާނުން ވަޒީފާތަކުން ވަކިކުރުމާއި އެގުރިމެންޓުތަކުގައި ސޮއިކުރުން ހިމެނޭ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ކެމްޕޭނަށް އަރާ ހުރިހާ ރަށަކުން މީހުން ހައްޔަރު ކުރުމާއި ފުލުހުން ބޭނުންކޮށްގެން ތަކެއްޗަށް ގެއްލުންދިނުން ހިމެނޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

މި ފެންނަ މަންޒަރުތަކުން މި ވެރިކަން ވެއްޓޭ މަންޒަރު މިހާރު ފެންނަ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އަދި މިފަދަ ސަބަބުތަކާއިހުރެ، މި އިންތިހާބު ކާމިޔާބު ކުރުމަށް ފަސޭހަވެގެންދާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ށ. އަތޮޅަކީ ރައީސް ސޯލަހު އެވިދާޅުވާ ތާއީދު އޮތް ހިސާބެއް ނޫން ކަމަށާއި އެ އަތޮޅުގެ ރައްޔިތުން އެދެނީ އެ ރައްޔިތުން އެދޭ ތަރައްގީ ގެނެސްދެއްވާނެ ވެރިއެއް ކަމަށް ޝިޔާމް ފާހަގަ ކުރެއްވިއެވެ.

ށ. އަތޮޅުގެ ސާދަ ރަށަށް ދަތުރު ކުރެވުނު އިރު ފެނުނީ އެ މަންޒަރު ކަމަށް އޭނާ ވިދާޅުވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!