ޚަބަރު
ނާހިލްއާއި ހޫދު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2023 އަށް!

މާދަމާ މަޑަގަސްކަރައިގައި ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް އިބްރާހިމް ނާހިލްއާއި ހޫދު ހަސަން ފުރައިފިއެވެ.

(އައިއޯއައިޖީ) އަށް ދިވެހި ކޮންޓިޖެންޓް މަޑަގަސްކަރައަށް ގޮސްފައިވަނީ ރޭގެ ވަގުތެއްގައެވެ.

މިއަހަރު ރާއްޖޭގެ އެންމެ ގިނަ އެތުލީޓުން ވާދަކުރާ އައިއޯއައިޖީއަށް މަޑަގަސްކަރައަށް  ޖުމުލަ 172 އެތުލީޓުން ވަނީ ގޮސްފައެވެ. މިފަހަރު ރާއްޖެއިން ނުވަ ކުޅިވަރެއްގައި ވާދަކުރާ އިރު، ކޮންޓިޖެންޓްގައި ޖުމުލަ އެކު 286 މީހަކު ހިމެނެއެވެ. އެއީ 58 އޮފިޝަލުންނާއި މެޑިކަލް ޓީމުގެ ނުވަ މީހުންގެ އިތުރުން މީޑިއާގެ 18 ފަރާތަކާއި އެމްއޯސީގެ އެޑްމިނިސްޓްރޭޓިވް ނުވަ މީހެކެވެ.

ރާއްޖޭގެ އައިއޯއައިޖީ ކޮންޓިޖެންޓް ފުރުމުގެ ތެރެއިން — ފޮޓޯ/ އެމްއޭސީއެލް

މިފަހަރު ރާއްޖެއިން ވާދަކުރާ ކުޅިވަރުތަކަކީ އެތުލެޓިކްސް، ޕަރަ އެތުލެޓިކްސްގެ އިތުރުން ބެޑްމިންޓަނާއި ސްވިމިން، ޓެނިސް، ޓައިކްވޮންޑޯއަދި ބާސްކެޓްބޯޅައިގައި ތްރީ އޮން ތްރީއާއި ފައިވް އޮން ފައިވް އަދި ޓޭބަލް ޓެނިހެވެ.

މިއީ 2007 ވަނަ އަހަރަށްފަހު މަޑަގަސްކަރައިގައި އައިއޯއައިޖީ ހޯސްޓް ކުރާ ފުރަތަމަ ފަހަރެވެ. މަޑަގަސްކަރައިގައި ގޭމްސްއަށް އެންމެފަހުގެ ތައްޔާރީތައް ކުރިއަށްދާ އިރު، މަޑަގަސްކަރައަކީ ދިވެހި ކުޅުންތެރިންނަށް އެންމެ ފަސޭހަ މާހައުލަކަށް ނުވެދާނެ ކަމަށް ކުރިންވެސް ގިނަ ބަޔަކު ވަނީ ބުނެފައެވެ. އެގޮތުން މޫސުމާއި އިންތިޒާމުތަކަށް ބަލާއިރުވެސް މަޑަގަސްކަރަ ފެންނަނީ ޗެލެންޖިން ގައުމެއްގެ ގޮތުގައެވެ.

ހޫދު އަދި ނާހިލްއަކީ، ރާއްޖޭގައި އެންމެ ގިނަ ގައުމީ އެތްލީޓުން ތަމްރީން ކުރަމުން އަންނަ އެއް ކްލަބް ކަމަށްވާ ރައުހަތް ސްޕޯރޓްސް ގައި ހިމެނޭ ދެ އެތްލީޓުންނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!