ޚަބަރު
ޓެކްސީ ޑްރައިވަރުންނާއި އެކު މުއިއްޒު ބޮޑު ފަޅީގައި

ރާއްޖޭގައި އާމްދަނީ ހޯދުމަށް މަސައްކަތް ކުރާ ބޮޑު ކޮމިއުނިޓީ ކަމަށްވާ ޓެކްސީ ޑްރައިވަރުންނާއި ދެކެވުނު މަޝްވަރާ ތަކަކަށްފަހު ޓެކްސީ ޑްރައިވަރުންގެ މައްސަލަތައް ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަމާއި އެކު ޕީޕީއެމް ޕީއެންސީ ގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު އަށް ތާއީދު ކުރުމަށް ނިންމައިފިއެވެ.

ޓެކްސީ ޑްރައިވަރުންގެ ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް މީރުމާ ކޮންފަރެންސް ހޯލުގައި ބޭއްވި ބައްދަލުވުމުގައި ޑްރައިވަރުން ވަނީ ބޯހިޔާ ވަހިކަމާއި، ލޯނު ނެގޭގެ ގޮތްތަކާއި، ޕާކިން ސްޓިކާއާއި، މަގުތަކުގެ ހާލަތާއި އެނޫންވެސް ގިނަކަންކަމާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ޑރ. މުއިއްޒުއަށް ހުށަހަޅާފައެވެ.

މިކަންކަމުގެ ހައްލުތައް ހޯދައި ދެއްވާނެގޮތް މުއިއްޒު ހިއްސާ ކުރެއްވީ ވަރަށް ތަފްސީލާއިއެކުގައެވެ. މުއިއްޒު ވަނީ މާލެ ސިޓީގެ މޭޔަރުކަމާއި ހަވާލުވެ ޓެކްސީ ޑްރައިވަރުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށާއި، މާލޭގެ ވަހިކަލް ކަންތައްތަކަށް ހައްލު ހޯދުމަށް ކުރެއްވި މަސައްކަތް ޑެކްސީ ޑްރައިވަރުންނާއި ހިއްސާ ކުރައްވާފައެވެ.

ޕާކިން މައްސަލަތައް ހައްލު ކުރުމަށް މާލޭގެ އިތުރުން ހުޅުމާލޭގައި 400 ވެހިކަލް ޕާކްކުރެވޭނެ ބޮޑު ޕާކިން އިމާރާތެއް އެޅުމަށްވެސް ހުޅުމާލެ ދާއިރާގެ މެމްބަރު ޝުޖާ ސީދާ ރައީސާއި ވާހަކަ ދެއްކިކަމަށް މުއިއްޒު ވިދާޅުވިއެވެ.

ނަމަވެސް ބިންވެސް ހަމަނުޖެހި އެކަންވެސް ކުރުމަށް ސަރުކާރުން ހުއްދަ ނުދެއްވި ކަމަށެވެ. މުއިއްޒު ވިދާޅުވީ މީގެ އިތުރުން މާލޭގައި ގަރާޖު ސިޓީގެ މައްސަލަ ހައްލުކުރުމަށް ވެރިކަމާއި ހަވާލުވުމަށްފަހު ޕާކިން ޒޯންތަކަކަށް ކާރު ޕާކް ކުރެވޭ ހުއްދަދީ ގަރާޖު ސިޓީ އުވާލާނެކަމަށެވެ.

މުއިއްޒު ވިދާޅުވީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމަކީ ރައީސް ޔާމީންގެ ވެރިކަމުގައި ފެށި މަސައްކަތެއް ކަމަށެވެ. އެމަސައްކަތުގެ ދަށުން މިސަރުކާރުން ވެރިކަމަށް އައިސް މަގު ހެދުމުގެ މަސައްކަތް ކުރުމަށް ކޮންމެވެސް މަސައްކަތެއް ކުރިކަމަށެވެ.

އެގޮތުން 400 މިލިޔަން ރުފިޔާ ހަމަޖައްސައި މާލޭގެ މަގުހެދުމަށް ސިފާގެ މޭޔަރު ކަމުގަ ފަށާފަ އޮތް މަޝްރޫއެއް، ސިޓީ ކައުންސިލް ބަދަލުވެ މޭޔަރު ބަދަލުވުމާއި ގުޅިގެން ސަރުކާރުން އަތުލީކަމަށް މުއިއްޒު ވިދާޅުވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
  1. އިބްރާހީމް

    ޕާކިންސޮލެޓްގެޖީބަންއަޅާ30000ނުދީރަގަޅު