މައުލޫމާތު
އަންނަ ބުދަދުވަހުގެ ރޭ ސުޕަރ ބުލޫ މޫން އާއި ސެޓާންވެސް ފެނިގެންދާނެ!

އަންނަ ބުދަ ދުވަހުގެ އެންމެ އަލިގަދަ، އެންމެ ރީތި ހަނދު އުޑު މަތިން ފެންނާނެއެވެ. މިއަހަރުގެ އެންމެ އަލިގަދަ ހަނދުގެ އިތުރުން، އެއީ މިއަހަރު ތެރޭގައި ފެންނާނެ ސައިޒުގެ ގޮތުންވެސް އެންމެ ބޮޑު ހަނދުވެސްމެއެވެ.

އޮގަސްޓް 30 ވަނަ ދުވަހުގެރޭގެ ހަނދު ހާއްސަ ވަނީ ހަމައެކަނި ސަފަރުމަހުން ފަނަރަވިލޭރޭގެ ފުރިހަމަ ހަނދަށްވާތީއެއް ނޫނެވެ. އަންނަ ބުދަދުވަހުގެރޭ ހަނދު ހާއްސަ ވަނީ އިނގިރޭސިބަހުން ކިޔާ “ފުލްމޫން”ގެ އިތުރުން، “ބުލޫ މޫން”އަކަށްވެސް އެ ހަނދުވާތީއެވެ. މީގެއިތުރުން އެރޭގެ ހަނދަކީ “ސުޕަރމޫން” އެއްވެސްމެއެވެ.

މިހިނގާ އޮގަސްޓްމަހުގެ އެއްވަނަ ދުވަހުގެރޭ، ހިޖުރީގޮތުން ބަލާނަމަ މުހައްރަމްމަހުގެ 15 ވިލޭރޭ ފުލްމޫންއެއް ނުވަތަ ފުރިހަމަ ހަނދެއް ފެނިފައިވާއިރު އަންނަ ބުދަދުވަހުގެރޭ ނުވަތަ ސަފަރުމަހުން 15 ވިލޭރޭވެސް ފުލްމޫންއެއް ފެންނާނެއެވެ. އެ ހަނދަށް އިނގިރޭސިބަހުން ކިޔަނީ “ބްލޫ މޫން”އެކެވެ. މިއީ ހަނދުގެ ކުލައާ ގުޅުންހުރި ނަމަކަށް ނުވިޔަސް، ބުލޫ މޫންއޭ ބުނުމުން ނޫކުލައިގެ ހަނދެއް ފެނިދާނެކަމަށް ހީކުރާނެ މީހުން މަދެއް ނޫނެވެ.

ނާސާގެ މައުލޫމާތުތައް ދައްކާގޮތުން އަލިފާން ފަރުބަދަތައް ގޮވައިގެން ޖައްވުގެ ތެރެއަށް އަޅިތައް ވަރަށް ބޮޑަށް ފެތުރުނު ބައެއް ހާދިސާތަކުގައި، ޖައްވަށް ފެތުރިފައިވާ އަޅިތަކުގެ ތެރެއިން އިރުގެ އަލި އެޅޭއިރު، ނޫކުލައާއި ފެހި ކުލައިގައި ހަނދު ފެނިފައި އެބަހުއްޓެވެ.

ބްލޫ މޫންއޭ ބުނުމުން ގިނަ ބައެއްގެ ހިތަށް ނޫކުލައިގެ ހަނދެއް ސިފަވިޔަސް، ބުލޫ މޫން ކިޔަނީ ނޫކުލައިގައި ހުންނަ ހަނދަކަށް ނޫނެވެ. ބުލޫ މޫން ކިޔަނީ މީލާދީ މަހެއްގެ ތެރޭގައި ދެ “ފުލް މޫން” ފެނިއްޖެ ހާލަތެއްގައި އެތަނުން ދެވަނައަށް ފެންނަ ފުލްމޫންއަށް ނިސްބަތްކޮށެވެ. އާއްމު ގޮތެއްގައި ކޮންމެ މީލާދީ މަހެއްގައި ފެންނާނީ އެންމެ ފުލްމޫނެއް ނުވަތަ ފުރިހަމަ އެންމެ ހަނދެކެވެ. ނަމަވެސް ކޮންމެ ދެ އަހަރަކުން އެއް އަހަރު ނުވަތަ 3 އަހަރުން އެއް އަހަރު މިހެން ދިމާވެއެވެ. އެންމެފަހުން އެއް މަހެއްގައި ތެރޭގައި ދެ ފުލް މޫން ފެނިފައި ވަނީ 2021 ވަނަ އަހަރުގެ އޯގަސްޓްމަހުއެވެ.

އަންނަ ބުދަދުވަހުގެރޭ އުޑުމަތިން ފެންނަ ހިތްގާއިމު މަންޒަރު އިތުރަށް ފުރިހަމަކޮށްދޭނީ ދުނިޔެ ހިމެނޭ ސޯލާ ސިސްޓަމްގައިވާ އެންމެ ތަފާތު، އަދި ވަށައިގެން ރިންގުތަކެއް ހިމެނޭ ޕްލެނެޓްކަމަށްވާ ސެޓާންއެވެ. ސެޓާންގެ ދައުރުވަމުންދާގޮތުން މިއަހަރު ސަޓާން އެންމެ އަލިގަދަކޮށް ފެންނާނީ މިމަހުގެ 26 ވަނަ ދުވަހާއި 27 ވަނަ ދުވަހުއެވެ. އޭގެ މައިގަނޑު ސަބަބަކީ އިރާއީ ސީދާ ދިމާވާގޮތަށް ނުވަތަ “އޮޕޮސިޝަން”ގައި ސަޓާން އޯބިޓްވަމުންދިއުމެވެ. އަދި މިއަހަރުގެ ހަމައެކަނި “ބުލޫ މޫން” އާއި މިއަހަރުގެ އެންމެ އަލިގަދަ “ސުޕަރ މޫން”ގެ ގޮތުގައި ހަނދުގެ ޗާލުކަމާއި ބެބުޅުންތައް އަންނަ ބުދަދުވަހުގެރޭ ދައްކާލާއިރު، ހަނދާއި ވަރަށް ކައިރިން ސެޓާންވެސް އަލިގަދަކޮށް ދާނީ ބަބުޅަމުންނެވެ.

ސެޓާންއަކީ ދުނިޔެއާ އެންމެ ދުރުގައިވާ އެއް ގުރަހަ ނުވަތަ ޕްލެނެޓެއް ނަމަވެސް، އެއީ ދުރުމިއެއް ނުވަތަ ޓެލެސްކޯޕެއްގެ އެހީއާ ނުލާ ހަމަލޮލަށް ފެންނަ ޕްލެނެޓެކެވެ. އެގޮތުން އިރުއޮއްސޭ ވަގުތު އިރުދެކުނު ހޮރައިޒަންއިން އުޑުމައްޗަށް އަރާ ސެޓާން، ސެޕްޓެމްބަރުމަހުގެ ފުރަތަމަ ހަފްތާ ނިމެންދެން ފަތިސްވަންދެން އުޑުމަތިން ސާފުކޮށް ފެންނަން ހުންނާނެއެވެ. ނަމަވެސް ސެޓާން ވަށައިގެންވާ ގޭހުގެ ރިންގުތައް ބަލާލަން ބޭނުންވާނަމަ އެކަމަށް ހާއްސަ އާލާތެއް ބޭނުންކުރަންޖެހޭނެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!