ޚަބަރު
ހިޔާ ފްލެޓް ތަކުން ކުލި ނަގާނީ އަންނަ ޑިސެމްބަރު މަހުން ފެށިގެން

ހިޔާ މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި އަޅާފައިވާ ފްލެޓްތަކުގެ ކުލި ނަގަން ފަށާނީ އަންނަ ޑިސެމްބަރު މަހުން ފެށިގެންކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފިއެވެ.

އެޗްޑީސީން މިހާރު ކުރަމުންދަނީ ހިޔާ ފްލެޓް ލިބުނު މީހުންނާއެކު އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތެވެ. ހިޔާ ފްލެޓްތައް ލިބުނު މީހުންނަށް އެތަންތަން ހަވާލު ކުރަމުން ދަނީ ފިނިޝިންގެ މަސައްކަތް އަމިއްލަ އަށް ކުރާގޮތަށް ކަމުން އެކަން ނިންމުމަށް 3 މަސްދުވަސް ދޭނެ ކަަމަށް ވަނީ ބުނެފައެވެ.

މިމަހުގެ 17 ވަނަ ދުވަހު ފްލެޓްތަކަށް ދާއިމީކޮށް ކަރަންޓް ގުޅުމަށް ހަމަޖެހިފައިވާކަމަށްވެސް އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙްމަދު ވިދާޅުވިއެވެ، ހިޔާ ފްލެޓް ތައް ލިބުނު 6720 މީހުންނަށް ފްލެޓް ތަޅުދނޑި ދޭން ފަށާފައިވާއިރު ތަޅުދަނޑި ހަވާލުކޮށް އެއްބަސްވުންތަކުގައި ސޮއި ކޮށް ނިމޭނީ އޮގަސްޓު މަހުގެ 18 ވަނަ ދުވަހުކަމަށް އެޗްޑީސީން މީގެ ކުރިން ވަނީ ބުނެފައެވެ.

އެޗްޑީސީން ތިން މަސްދުވަހުގެ މުއްދަތެއް ފިނިޝިންގެ މަސައްކަތަށް ދިނުމަށް އެކަށީގެން ވާ ކަމަށް ބުނި ނަމަވެސް އެ ފްލެޓްތަށް ލިބުނުމީހުންނާއި ހިޔާ ޔޫނިއަންގެ އިތުރަށް މާލެ ސިޓީގެ މޭޔަރ އަދި ކުރީގެ ހައުސިންގެ މިނިސްޓަރ ޑރ. މުއިއްޒުވެސް ވަނީ މިއީ އެކަށީގެންވާ މުއްދަތެއް ނޫންކަމުގައި ބުނެފައެވެ. އަދި މި މުއްދަތު އިތުރުކޮށް ދިނުމަށް ވަނީ އެދިފައެވެ.

މީގެ އިތުރުން މިހާރު ކުލީގެ ގޮތުގައި ނަގާ 8500 ރުފިޔާ އަށް ވުރެ ކުލި ކުޑަ ކުރުމަށް ވެސް ފްލެޓްތަށް ލިބުނު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އެހެން ނަމަވެސް އެޗްޑީސީން ބުނީ މިއަށްވުރެ ކުލި ކުޑަ ކޮށްފިނަމަ އެކުންފުންޏަށް ދަތިތަކަކާއި ކުރިމަތިވާނެ ކަމުގައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!