ފެނިގެންދަނީ، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގާއިމްކުރެވުނު އިސްލާމިކް މަރުކަޒު، ޕީޕީއެމްގެ ވެރިކަން އަލުން ޢިޔާދަވުމަށް އެދި ގޮވާތަން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ތިނަދޫގައި މިރޭ ކުރިއަށްދާ ޑރ. މުިއްޒުގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝަހީމް ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުން، އެތައް ބިލިއަށް ރުފިޔާ ހަރަދުކޮށްގެން މާތް މަގްސަދެއްގައި ބިނާކުރި އިސްލާމިކް މަރުކަޒު، ވަނީ ވީރާނާވެފައި ކަމަށާއި، އެތާގެ ކްލާސްރޫމްތައްވެސް ވީރާނާވެ.، އެތަންތަން ބޭނުން ކުރަމުން ގެންދަނީ، ބިނާކުރި މަގްސަދާއި ޚިލާފަށް ކަމުގައެވެ.
އެގޮތުން، އިސްލާމިކް މަރުކަޒު ތިނަދޫގައި ގާއިމްކުރެވުނީ، އެއީ މުޅި ހުވަދޫ އަތޮޅުގައި ހުންނަ އިސްލާމިކް ޔުނިވާރސިޓީ، ގެ ގޮފި ކަމުގައި ހެދުމަށްޓަކާ ކަމަށާއި، މި ފަސް އަހަރުވެގެން ދިޔައީ، ތިނަދޫގައި އެޅި، އިސްލާމިކް މަރުކަޒުގެ މަގްސަދެއް ނެތިވެ ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.
މީގެ ިއތުރުން މާތް ﷲގެ ރަހުމަތްފުޅުން، އަންނަ ސެޕްޓެމްބަރ މަހުގެ ރިޔާސީ އިންތިހާބު ޑރ. މުއިއްޒު ކާމިޔާބު ކުރައްވާނެ ކަމަށާއި، އަދި ވެރިކަމުގެ ހުވާކުރައްވާ ދުވަހު، ތިނަދޫގެ އިސްލާމިކް މަރުކަޒު، އިސްލާމިކް ޔުނިވާސިޓީގެ ގޮތްޕެއްގެ ގޮތުގައި ކަނޑައެޅިގެން ދާނެ ކަަމަށްވެސް ޝަހީމް ވިދާޅުވިއެވެ.
“މި ފަސް އަހަރުތެރޭ އެތައް ދަނީ ވީރާނާ ވަމުން. މާތް ﷲގެ ރަހުމަތްފުޅުން ޑރ. މުއިއްޒު ރާއްޖޭގެ ވެރިކަމުގެ ހުވާ ކުރައްވާނެ. އަދި މުއިއްޒު ހުވާ ކުރާ ދުވަހު، ތިނަދޫގެ އިސްލާމިކް މަރުކަޒުއަކީ، އިސްލާމިކް މިނިސްޓްރީގެ ގޮތްޕެއްގެ ގޮތުގައި ކަނޑައެޅިގެންދާނެ”
މި ޖަލްސާގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ޝަހީމް ވިދާޅުވީ، ކޯލިޝަން ހިފަހައްޓަވާ ރައީސް އެއީ މާތް ރައީސްއޭ ބައެއް ބޭފުޅުން ވިދާޅުވަމުން އަންނަ ކަމަށާއި، ނަމަވެސް ކޯލިޝަން މި ހިފަހައްޓަނީ، އެއީ އޭގެ ތެރެއިން ވަރަށް ގިނަ ބަޔަކަށް ވަޒީފާ ދީ، އޭގެ ބޭނުން ކުރުމަށް ކަމަށެވެ. އަދި ގައުމު ހިންގާ މުޅި ދައުލަތް އެ އަސާސުތަކެއްގެ މައްޗަށް ބިނާވާންޖެހޭ މަގުސަދުތަކާއި އެއްގޮތަށް ގައުމު ހިންގުމުގެ ވާހަކައެއް އެ ކޯލިޝަންގެ ތެރޭގައި ދެކެވިގެން ނުދާކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.
މިހާރު އިމާރާތްތައް ވާހަކަދައްކާ ހިސާބައް ކަންތައްދިޔައީތޯ ބޮނަކުއާ