ޚަބަރު
ބްރިޖްއިން ފީއެއް ނަގާނެ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ޑރ. މުޢިއްޒު ދޮގުކޮށްފި!

އަންނަ ރިޔާސީ އިންތިހާބު ޑރ. މުޢިއްޒު ކާމިޔާބު ކުރައްވައިފި ނަމަ، ސިނަމާލެ ބްރިޖްއިން ދަތުރުކުރާ ފަރާތްތަކުން ފީއެއް ނަގަން ނިންމާފައިވާ ކަމަށް ބުނެ، ފަތުރަމުން ގެންދަނީ ދޮގު ޚަބަރެއްކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓްޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޓުވިޓަރ މެދުވެރިކުރައްވާ ޑރ. މުއިއްޒު ވިދާޅުވީ، އެފަދަ ދޮގު ޚަބަރުތައް ފެތުރުމަކީ، ޒިންމާދާރުކަން ކުޑައަމަލެއް ކަމަށާއި، އެފަދައިން ކަންތައްކުރަން އެބޭފުޅާ ނިންމާފައި ނުވާކަމަށެވެ.

https://twitter.com/MMuizzu/status/1696365691832775109?s=20

ޑރ. މުއިއްޒު މިހާރު ގެންދަވަނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންއަށް ރާއްޖޭގެ އެކި ހިސާބުތަކަށް ވަޑައިގެން ރައްޔިތުންގެ އަޑުއަސަވަމުންނެވެ. އެގޮތުން، ހުވަދޫގެ ހަތަރު އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިއަދު އެބޭފުޅާ ވަނީ ރ. އަތޮޅަށް ވަޑައިގެންފައެވެ.

އެގޮތުން މިއަދު ހެނދުނު ރ އަތޮޅު އަލިފުއްޓަށް ވަޑައިގެން އެ ރަށުގެ ސަޕޯތަރުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި، ވެރިކަމަށް ކުރިމަތިލެއްވީ އިޚުލާސްތެރިކަމާއި އެކުގައި ކަމަށާއި، އެބޭފުޅާގެ ވެރިކަމެއްގައި، އެއްވެސް ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫޢެއް ސަރުކާރުން ހުއްޓައެއް ނުލައްވާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އތުރުން ޑރ. މުއިއްޒު މިއަދު އަލިފުއްޓަށް ވަޑައިގެންނެވިއިރު، ބޯވާރޭގައި ގިނަ އަދަދެއްގެ ސަޕޯޓަރުންވަނީ އެބޭފުޅާއަށް މަރުހަބާ ދެންނެވުމަަށްޓަކއި ބޯ ވާރޭތެރޭގައިވެސް ނުކުމެފައެވެ.

ޑރ. މުއިއްޒު ވަޑައިގަންނަވާ ރަށްތަކުގެ ރައްޔިތުން ގެންދަނީ އެބޭފުޅުންގެ ރަށްރަށް ބޭނުންވާ ކަންކަން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓްއާއި ހިއްސާ ކުރައްވަމުންނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!