އަތޮޅު ތެރެއިންނާއި މާލެއިން ތިނަދޫ އަށް އައި 600 އަށް ވުރެ ގިނަ މީހުންނާއި އެކު އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ތިނަދޫ އަށް ވަޑައިގަތުމުން އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.
އާރްޓީއެލް ރަސްމީކޮށް ފެށުމުގެ ނަމުގައި މިއަދު ހަވީރު ތިނަދޫގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާއިރު، މި ރަސްމިއްޔާތާއި ދިމާކޮށް، ގިނަ އަދަދެއްގެ މީހުން ވަނީ ތިނަދޫ އަށް ގެނެސްފައެވެ. އެގޮތުން، މާލެއިން ޗާރޓާރ ފްލައިޓްތަކުން 100 އަށް ވުރެ ގިނަ މީހުންނާއި، އާރުޓީއެލް ޒޯން 5 ގައި ބޭނުންކުރާ ހުރިހާ އުޅަނދުތަކުން ވަނީ ހުވަދު އަތޮޅުގެ ހުރިހާރަށަކުން މީހުން ގެނެސްފައެވެ.

ރައީސް ތިނަދޫ އަށް ވަޑައިގަތުން
އަދި ހުވަދުއަތޮޅުގައި ބޭނުންކުރުމަށް ފެނަކަ އިން ބޭނުން ކުރާ ” ފުރަމާނަ ” 3 ލޯންޗު ވެސް މީހުން ތިނަދޫ އަށް ގެނެސްފައިވެއެވެ. މީގެއިތުރުންވެސް އާރްޓީއެލް ހިދުމަތުގައި ސާވިސް ލޯންޗް ތަކަށް ބޭނުންކުރަމުން އަންނަ “ސަދަންލިންކް” ލޯންޗާއި، ” ވީނަސް ޖޭ ” ވަނީ ތިނަދޫ އަށް މީހުން އުފުލުމުގައި ބޭނުންކޮށްފައެވެ.
އާރްޓީއެލްގައި ބޭނުންކުރާ ލޯންޗްގެ ކެޕޭސިޓީއަކީ 43 އެވެ. އެހެންކަމުން 5 ލޯންޗުން 1 ދަތުރު އެޅިޔަސް އެއީ 215 މިހުންނެވެ. އަދި ފެނަކައިން ބޭނުންކުރާ ލޯންޗް ކެޕޭސިޓީއަކީ އަކީ 32 މީހުންނެވެ. ފެނަކަ 3 ލޯންޗުން 1 ދަތުރު އެޅިޔަސް އެއީ 90 މީހުންނެވެ. އަދި އެމްޓީސީސީގެ 2 ލޯންޗުން މަދުވެގެން 60 މީހުން ގެންދެވޭނެ ކަމަށް ބެލެވެއެވެ. އެހެންކަމުން މި ލޯންޗުތަކުން އެކަނިވެސް 365 މީހުން ދަތުރުކުރެވޭނެކަމަށް ބެލެވެއެވެ.
އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހްގެ ކެމްޕެއިން ދަތުރުފުޅެއްގައި ތިނަދޫއަށް ވަޑައިގެންނެވިއިރު، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ދެންނެވުމަށް ނިކުތުމަށް ތިނަދޫ ކައުންސިލުން އެދިފައިވާއިރު، ތިނަދޫގެ މުވައްސަސާތުގެ މުވައްޒަފުންނަށް ވަނީ މަރުޙަބާ ދެންނެވުމަށް ޖެޓީ ސަރަޙައްދައް އައުމަށް އަންގާފައެވެ.
މާލެއިން އަންނަ އެޑްވާންސް ޓީމްތަކާއި، ކައިރި ރަށްތަކުން ދަތުރު ކުރާނެ މީހުންނާއި އެކު މާލެއިން އަންނަ ޗާޓަރު ފުލައިޓުން ޖުމްލަ 600 މީހުން މި ޖަލްސާގައި ބައިވެރިވާނެކަމަށް އެމްޑީޕީގެ ތިނަދޫ އިސް އެކްޓިވިސްޓަކު ވަނީ މި ނޫހަށް މައުލޫމާތު ދީފައެވެ.
ހުވަދޫ ނޫހަން މިފެނުނީ ހަމައެކަނި އިބޫ ސޯލިހުގެ އިސްގުބާލަން ތިނަދޫއަށް،އަތޮޅުތެރެއިން އާމީހުން، !މުޢިއްޒުގެ އިސް ތިގުބާލަށް އަތޮޅުތެރެއިން މީހުން އާއިރު ހުވަނޫސްވަނީ ހަރުނިދީގައި ނިދާފަތޯ؟؟؟؟
އަތޮޅުތެރެއިންމީހުނ ގެނެސްގެން އެހެންދޯ