ޚަބަރު
ވެކްސިން ޖެހި މީހުން ދެނެގަންނަން ކިޔުއާރް ކޯޑެއް

ކޮވިޑް -19 ވެކްސިން ޖަހާފައިވާ މީހުން ދެނެގަތުމަށް ކިޔުއާރް ކޯޑު ބޭނުން ކުރުމަށް ނިންމާފައިވާ ކަމަށް އެ މަސައްކަތުގައި އުޅޭ އޮފިޝަލަކު މައުލޫމާތު ދީފިއެެވެ.

ކޮވިޑް ވެކްސިން ނުޖަހާ މީހުންނަށް ސަރުކާރުގެ އޮފީސްތަކާއި އާންމު ތަންތަނުން ހިދުމަތް ލިބިގަތުމަށް ދަތިތަކެެއް ކުރިމަތި ކުރުވުމަށް ހުއްދަދީފައިވާ އިރު މިކަމަށް ވެކްސިން ޖެހި މީހުން ދެނެގަންނާނީ ކީޔުއާރް ކޯޑް ސިސްޓަމެއް ބޭނުން ކޮށްގެންނެވެ.

އެޕް ޑިވަލޮޕް ކޮށް ނިމިފައިވާ ކަމަށާއި މިހާރު ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންގެ މައުލޫމާތު އެއްކޮށް ޑޭޓާ ބޭސް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށްވެސް އޮފިޝަލު ބުންޏެވެ.

ވެކްސިން ޖެހި މީހުންގެ ޑޭޓާ ބޭސް ހިމެނޭ ޕޯޓަލް އެއް ހެދުމަށް ނެޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) ހަވާލު ކުރެވިފައިވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވަނީ ވިދާޅުވެފައެވެ. މި ޕޯޓަލް ހެދުމުގައި އެހެން ގައުމުތަކުން ވެސް ހަދާފައިވާ މިފަދަ ޕޯޓަލް ތަށް ވެސް ބަލާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

ޔޫރަޕުގެ ގައުމުތަކުގައި ވެސް ކިއުއާރް ކޯޑް ބޭނުން ކުރަމުންދެއެެވެ. އެ ގައުމުތަކުގެ ޕޯޓަލްތަކުން ފޯނަށް ކިއުއާރު ކޯޑެއް ޑައުންލޯޑްކުރެވެ އެވެ. އެ ކިއުއާރު ކޯޑުގައި އެ މީހަކު ވެކްސިން ޖެހި ކަމުގެ މައުލޫމާތާއި، ޕީސީއާރު ނެގަޓިވްވެފައި އޮތުން ނުވަތަ ކޮވިޑުން ރަނގަޅުވެފައިވާ ކަމުގެ މައުލޫމާތު ވެސް ހިމެނެއެވެ.

ކޮވިޑް ވެކްސިން ނުޖަހާ މީހުންނާއި މެދު ތަފާތު ކުރުންތައް އަންނަ ސެޕްޓެމްބަރު މަހުން ފެށިގެން ގެންގުޅެވޭނެ ކަމަށް ވަނީ ބުނެފައެވެ. އޭގެ ކުރިން މިހިނގާ އޮގަސްޓު މަހުގައި ވެކްސިން ޖެހޭ އާބާދީގެ 90% މީހުންނަށް ވެކްސިން ދިނުމަށް ކެމްޕެއިނެއް ވަނީ ފަށާފައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!