އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އޮތް އޮންމެ ބޮޑު ޗެލެންޖްއަކީ ރައީސް އިބްރާހިމް މުހައްމަދު ޞޯލިހްގެ ސަރުކާރުކަމަށް ޕީއެންސީގެ ރިޔާސި ކެންޑިޑޭޓް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މީޑިއާއަކަށް ޑރ. މުޢިއްޒު ދެއްވާފައިވާ ބަސްތީގަތުމެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވަމުން، މި ސަރުކާރުން އަންނަނީ، ސަރުކާރުތެރޭ ހިމެނޭ “ރިސޯސަސް”ތައް ބޭނުންކޮށްގެން އިންތިހާބުތެރޭ ކަންކަން ކުރައްވަމުން ކަަމަށާއި، އެގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން އިންތިހާއަށްވުރެ ގިނަ ވަޒީފާތައް އަންނަނީ ދެމުން ކަަމަށެވެ.
އެހެން ކަމުން ސަރުކާރު ޗެލެންޖްއަކކަށް ވަނީ މި ހުރިހާ ކަންތައްތަކާއި އެކުގައި ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
“”އެހެންވީމަ، ސަރުކާރު އެއީ (ޗެލެންޖަކީ). ސީދާ އަޅުގަނޑު ބޭނުމެއް ނުވޭ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވާހަކައެއް ދައްކާކަށް. ސަރުކާރުގެ ނުފޫޒު ބޭނުންކޮށްގެން ކަންކަން ކުރެވޭނެ. ކަންކަން ކުރަމުންދާ ތަން ވެސް ފެނޭ،”
މީގެ އިތުރުން ކޮންމެ ބައެއް ސަރުކާރު ހިންގަން ތިބި ނަމަވެސް، އިންތިހާބުގައި ދެން ވާދަކުރައްވާ ފަރާތްތަކަށް ސަރުކާރު ޗެލެންޖްއަކަށް ވާނެ ކަމަށް ވެސް މުއިއްޒު ފާހަގަކުރެއްވިއެވެ.
އެ ބަސްތީގަތުމުގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ، ސަރުކާރުން ކުންފުނިތަކާއި ރައްޔިތުންނަށް އިންތިހާބާއި ގުޅިގެން ކިތަންމެ ނުފޫޒެއް ފޯރުވި ނަމަވެސް، ބޮޑު ތާއީދު އޮތީ އެބޭފުޅުންނަށް ކަމަށެވެ. އަދި އެއް ބުރުން އިންތިހާބު ކާޟިޔާބު ކުރައްވާނެ ކަމަށްވެސް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒު ވިދާޅުވިއެވެ.
އިންތިހާބަށް އޮތް އެންމެ ބޮޑު ޗެލެންޖްއަކީ މި ސަރުކާރުކަމަށް މުއިއްޒު ވިދާޅުވިއިރު، ރައީސް އިބްރާހިމް މުހައްމަދު ޞޯލިހްވެސް ވަނީ އެމަނިކުފާނަށް އިންތިހާބަށް އޮތް އެންމެ ބޮޑު ޗެލެންޖްއަކީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޢިއްޒުކަމަށް ފާހަގަކުރައްވާފައެވެ.
ހޯމް މިނިސްޓަރު ކަމުގައި ހުރި އިރުން ފެށިގެން މީހުންނަށް ބޮޑެތި ދޮގާއި މަކަރުހަދާ، މީހުންގެ މުދާ ފޭރިގަނެފައި މުއިޒު ހުރިކަމުގެ ދިރިހުރި ހެކި އަޅުގަޑުގެ އަތުގައި އެބަހުއްޓެވެ. ސީދާ މުއިޒަށްވެސް އެކަން އެގޭނެއެވެ. މިބުނަނީ ސީދާ ﷲ ގަންދީ ހުވާކޮށްފައެވެ. ތިޔައީ ނުލަފާ މީހެކެވެ.