ޚަބަރު
ރާއްޖޭގައި އެއްވެސް އިރެއްގައި، މިލިޓަރީ މަސައްކަތަށް ސިފައިން ނުތިބޭނެ: ރައީސް

ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިންނެއް މިލިޓަރީ މަސައްކަތްކުރުމަށް މި ރާއްޖޭގައި ނުތިބޭނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ޞޯލިހް މިހެން ވިދާޅުވީ، މިއަހަރުގެ ރިޔާސީ އިންތިހާބަށް ހާއްސަކޮށްގެން، ސަންގު ޓީވީން ކުރިއަށް ގެންދާ “ސަންގު ބަހުސް” ގައި ވާހަަކަފުޅު ދައްކަވަމުންނެވެ.

މި ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞޯލިހް ވިދާޅުވީ، މި ގައުމުގައި މިލިޓަރީ މަސައްކަތްކުރުމަށް ބޭރުގެ ސިފައިންނެެއް، މިއަދުވެސް އަދި މީގެ ކުރިންވެސް ނެތް ކަމަށެވެ.

އެހެން ނަމަވެސް، ދޭދޭ ގައުމުތަކުގައި އޮންނަ އެއްބަސްވުންތަކުގެ ދަށުން، ޓްރެއިނިންގެ ހެދުމަށް އެކި އެކި “އެކްސަސައިޒް” ހިންގުމަށް އިންޑިއާ އާއި ލަންކާގެ ސިފައިންވެސް ރާއްޖެ އަންނަ ކަމަށް ރައީސް ޞޯލިހް ވިދާޅުވިއެވެ.

“ދޭދޭ ގައުމުތަކާއި އެއްކޮށް އޮންނަ އެއްބަސްވުމުގެ ދަށުން ޓްރޭނިންނާއި އެކިއެކި އެކްސަސައިޒް ހެދުމަށް އިންޑިއާ، ލަންކާ، އެމެރިކާ، އިނގިރޭސިން ވެސް ހަރަކާތްތެރިވޭ ބައެއް ފަހަރު. އެ އުސޫލުން އެކި ފަހަރު އެކްސަސައިޒް ކުރަން މިތަނަށް ބޭރުގައުމުތަކުގެ ސިފައިން ނާދެއެކޭ ނުދަންނަވަން. ނަމަވެސް މިލިޓްރީ މަސައްކަތެއް ކުރާކަށް އެއްވެސް ގައުމެއްގެ ސިފައިން މި ރާއްޖޭގައި ނެތް.”. ރައީސް ސޯލިހް ވިދާޅުވިއެވެ.

މީގެ އިތުރުން މި ބަހުސްގައި ވާހަކފުޅު ދައްކަވަމުން ރައީސް ޞީލިހްވަނީ، މިލިޓަރީ މަސައްކަތަކު ނުވަތަ ހަރަކާތެއްގައި ބޭރުގެ ސިފައިން މަސައްކަތް ނުކުރާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. އަދި އެހެނިހެން ބޭނުންތަކުގައި ސިފައިން ރާއްޖޭގައި ހަރަކާތްތެރިވުމަކީ މައްސަލައެއް ކަމަށް ނުދެކޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

“އަޅުގަނޑު މި ދެންނެވީ ބައެއް ފަހަރު އެކްސަސައިޒް ހެދުމަށާއި، ޓްރެއިނިންގްގެ ހަރަކާތްތަކުގައި ބޭރުގެ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވަމުން ދާ ވާހަކަ. އިންޑިއާ އެއް ނޫން. އެމެރިކާއިންވެސް، ޗައިނާ ސިފައިންވެސް މިތަނަށް އާދޭ”

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ބާއްވާ ހަމައެކަނި ބަހުސްއަކީ ސަންގު ބަހުސްއެވެ. މި ބަހުސްގައި ހުރިހާ ޕާޓީއެއްގެ ކެންޑިޑޭޓުންނާއި އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންވެސް ވަނީ ބައިވެރިވެފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!