ޚަބަރު
މެޑަމް ފާތުންއާއިއެކު ޕީޕީއެމް ޕީއެންސީގެ ކެމްޕެއިން އިތުރަށް ވަރުގަދަކުރަނީ

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭނަށް ރައީސް ޔާމީންގެ އަނބިކަނބަލުން އަދި ކުރީގެ ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމް މިރޭ ރަސްމީކޮށް ނުކުމެވަޑައިގަންނަވަން ނިންމަވައިފިއެވެ.

ރައީސް ޔަމީންގެ ވެރިކަމަށްފަހު މެޑަމް ފާތުން ސިޔާސީ މަސައްކަތުން އެއްވެސް ވަރަކަށް ފެނިފައި ނުވެއެވެ.

މެޑަމް ކެމްޕޭނަށް މި ނިކުންނަވަނީ ރައީސް ޔާމީންގެ ތާއީދު ޑރ. މުއިއްޒަށް ނެތްކަމަށްބުނެ ސަރުކާރަށް ތާއީދު ކުރާ ބައެއް ފަރާތްތަކުން ޚަބަރުތައްފަ ތުރަމުންދާ ދަނޑިވަޅެއްގައެވެ.

މައުލޫމާތު ލިބިފައިވ ގޮތުގައި ކާނިވާ ސަރަހައްދުގައި ހަދާފައިވާ ޕީޕީއެމްގެ މައި ޖަގަހަ އަށް މިރޭ 8:30 އަށް މެޑަމް ފާތުން ވަޑައިގެން ކެމްޕެއިން ޓީމުތަކާ ބައްދަލުކުރައްވާނެއެވެ.

އެ ކަމަނާ ވަޑައިގަންނަވާތީ އެ ބައްދަލުވުންތަކަށް ދިއުމަށް ޕީޕީއެމްގެ އިސް ބައެއް އެކްޓިވިސްޓުން މިހާރު އަންނަނީ ދައުވަތު ވެސް ފޮނުވަމުންނެވެ.

މިއީ ޕީއެންސީގެ ރިޔާސީ ޓިކެޓް މުއިއްޒަށް ދޭން އެ ޕާޓީގެ ކައުންސިލުން ފާސްކުރި ފަހުން ޔާމީންގެ އަނބިކަނބަލުން މުއިއްޒުގެ ކެމްޕެއިން ހަރަކާތްތަކަށް އަމަލީ ގޮތުން ނުކުންނަވާ ފުރަތަމަ ފަހަރެވެ.

ނަމަވެސް މުއިއްޒުގެ އަރިހުގައި މަސައްކަތްކުރާ އެކި އިސްބޭފުޅުން ވިދާޅުވާ ގޮތުގައި މުއިއްޒު ކެމްޕެއިން ކުރައްވަމުން ގެންދަވަނީ ޔާމީންގެ އިތުރުން ސީދާ ފާތުންގެ ތާއީދާއި އެހީތެރިކަމާ އެކުއެވެ. ވަކިވަކި ކެމްޕެއިން ގުރޫޕްތަކަށް ވެސް ފާތުން ފޯނު ކުރައްވައި އިރުޝާދު ދެއްވާ ކަމަށްވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!