ޚަބަރު
ކަޅާއި ނޫ ފިޔަވައި، އެހެން ކުލައަކުން ފާހަގަ ޖަހާ ވޯޓު ބާޠިލުވާނެ

ސެޕްޓެމްބަރ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލާއިރު، ކަޅު ނުވަތަ ނޫ ކުލަ ނޫން ކުލައެއްގެ ގަލަމަކުން، ފާހަގަ ޖަހާފައިވާ ނަމަ، އެ ވޯޓު ކަރުދާހެއް ބާޠިލްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ހަބީބް ވިދާޅުވީ، ލަފާދޭ ކޮމިޓީއަށް ބައެއް ޕާޓިތަކުން ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި، ވަކި ކުލައަލުން ކަރުދާހުގައި ފާހަގަޖެހުމަށް ރޭވެމުންދާ ކަމަށާއި، އިންތިހާބެހޭ އާންމު ގާނޫނުގައި އަދި ގަވާއިދުގައިވެސް ވާ ގޮތުން، ވޯޓުލާ މަރުކަޒަށް ވެއްދޭނީ އާދައިގެ ގަލަމެއް އެކނަިކަމަށް ބުނެފައިވާ ކަމަށެވެ.

އެހެން ކަމުން އިއްޔެ އެ ކޮމިޓީން ނިންމި ނިންމުމަކީ އާދައިގެ ގަލަމަކީ ކޮބައިތޯއާއި، އެގޮތުން އާދައިގެ ގަލަމަކީ ކަޅު ނުވަތަ ކަޅު ކުލައިގެ ގަލަން ކަމަށް ހަބީބް ވިދާޅުވިއެވެ.

“އާދައިގެ ގަލަމެއްގެ ގޮތުގައި ކޮމިޝަނުން ނިންމި ނިންމުމުގައި މި އޮންނަނީ، އާދައިގެ ގަލަމެއްކަމުގައި ކޮމިޝަނުން ބަލަނީ، ކަޅު ނުވަތަ ނޫކުލައިގެ ގަލަމެއް ކަމަށް. އެހެންވީމަ ވޯޓުލާ މަރުކަޒަށް ވޯޓުލާ މީހަކު ކަލޫ ނުވަތަ ނޫ ކުލައިގެ ގަލަމެއް ނޫން ގަލަމެއް ގެނެއްސިއްޔާ އެއީ ގާނޫނުގައި މި ބުނާ އާދައިގެ ގަލަމެއް ނޫން ކަމަށް އޮފިޝަލުން ބަލާނީ، އަމިއްލަ ގަލަމެއް ހިފައިގެން އަންނަ މިހާގެ ގަލަން ޗެކް ކުރާނެ”

މީގެ އިތުރަށް ހަބީބް ވިދާޅުވީ ވޮޓު ލާ މަރުކަޒުގައި ގަލަމެއް އޮންނާނެ ކަމަށާއި، އެހެން ކަމުން އެންމެ ރަނގަޅު ގޮތަކީ، އެތާގައިވާ ގަލަން ބޭނުން ކުރުން ކަމަށެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު 282،395 މީހުން ހިމެނޭއިރު، އޭގެ ތެރެއިން، 27،000 މީހުންނަކީ މި އިންތިހާބުގައި އަލަށް ވޯޓު ލުމުގެ ހައްގު ލިބުނު ފަރާތްތަކެވެ.

އީސީން ހާމަކޮށްފައިވާ ގޮތުގައި މިފަހަރުގެ އިންތިހާބަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި، 574 ވޯޓު ފޮށި ބަހައްޓައެވެ. އަދި މިއީ މިހާތަނަށް އެންމެ ގިނަ ވޯޓު ފޮށި ބަހައްޓާވެސް އިންތިހާބެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!