ޚަބަރު
ސޯޝަލް މީޑިއާ އިންފުލުއެންޒާ ކައިޒީން އެމްޑީޕީއާ ގުޅިއްޖެ

ރާއްޖޭގަ އެންމެ މަޝްްހޫރު އެއް ސޯޝަލް މީޑިއާ އިންފުލުއެންޒާ ފާތިމަތު ޒަޔަން، (ކައިޒީން) އެމްޑީޕީއާ ގުޅިއްޖެއެވެ.

ކައިޒީން މިއަދު އެމްޑީޕީއާ ގުޅުމަށްފަހު އޭނާގެ ފޯމު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވާފައެވެ.

ކައިޒީން ރައީސް ސޯލިހަށް ތާއީދުކުރަން ނިންމި އިރު، އެމްޑީޕީން މިދިޔަ ހުކުރު ދުވަހު މާލޭގައި ބޭއްވި ‘އުފާވެރި މާލެ’ ކެމްޕެއިން ޖަލްސާގައި ފިލްމީ ދާއިރާގެ ގިނަ ފަންނާނުން ވަނީ އެ މަނިކުފާނު އެންޑޯޒް ކުރައްވައިފަ އެވެ.

އޭގެ ތެރޭގައި ފިލްމީ ދާއިރާގައި ފިޔަޖަހަމުން އަންނަ ޒުވާން ތަރި އައިމިނަތު ރަޝްފާ (އާޝާ) އާއި ޝީލާ ނަޖީބް، އަހުމަދު ނިމާލް، ނުޒުހަތު ޝުއައިބު، މަރިޔަމް އައްޒަ އަދި އައްޒަގެ ކުރީގެ ފިރިމީހާ އިސްމާއީލް ޖުމައިހް ހިމެނެ އެވެ.

ކައިޒީން އެންމެ ފަހުން އާންމުންގެ ތެރެއަށް ނުކުމެ ޕަބްލިކް އިވެންޓެއްގައި ބައިވެރިވީ މިދިޔަ އޭޕްރީލް މަހުގެ 1 ވަނަ ދުވަހުއެވެ. އެއީ އޭނާގެ އުފަން ދުވަސް ފާހަގަކުރަން އުސްފަސްގަނޑުގަ ބޭއްވި އިވެންޓެއްގެ ތެރެއިންނެވެ.

ކައިޒީންއަކީ ދިވެހިރާއްޖޭގައި ހުރި އެންމެ ވަރުގަދަ އެއް ސޯޝަލް މީޑިއާ އިންފުލުއެންޒަރުގެ އިތުރެވެ. ކައިޒީންގެ އިންސްޓަގްރާމްގައި އެކަނިވެސް 141 ހާސް ފޮލޯވަރުން އެބަތިއްބެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!