ކުރިއަށް މި އޮތް ދެ ދުވަހު ނިދަން އުޅޭނެ ކަމެއް ނެތްކަމަށާއި އިރާދަކުރެއްވިއްޔާ އެއްބުރުން މިކަން ނިމޭނެ ކަމަށާއި އަދި ކެމްޕެއިން ގިޔަރު މަތިކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އައްޑޫ ހުޅުދު އަށް ވަޑައިގެން ކެމްޕެއިން ޓީމުތަކާ ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ، ކުރިއަށް އޮތް ދެ ދުވަހު ނިދަން އުޅޭނެ ކަމެއް ނެތް ކަމަށާއި ދެން ގެއަށް ވަންނަން ވާނީ ވޯޓުލާ ނިންމައި، ކާމިޔާބު ހޯދައިގެން ކަމަށެވެ.
ކެމްޕެއިން ޓީމުތައް އެއް ގިޔަރު މައްޗަށް ޖައްސާލާށޭ. ކުރިއަށް މި އޮތް ދެ ދުވަހު ނިދަން އުޅޭނެ ކަމެއް ނެތް. އަޅުގަނޑުމެންނަށް ދެ ދުވަހު ތިބެވޭނެ ނުނިދާ ވެސް. އިރާދަކުރެއްވިއްޔާ އެއްބުރުން މިކަން ނިމޭނެ – ރައީސް ސޯލިހު –
ރައީސް ވިދާޅުވީ، އެ މަނިކުފާނު އައްޑު އަށް ވަޑައިގަތުމުން ރޭ ފެނިވަޑައިގަތީ ހަގީގަތުގައި ވެސް އިންތިހާބު ނިމި، އެމްޑީޕީ އަށް ކާމިޔާބުވެފައި އޮތް މަންޒަރު ކަމަށެވެ. ރާއްޖޭގެ އެހެން ރަށްތަކުން ވެސް ފެނުނީ އެ މަންޒަރު ކަމަށް ވިދާޅުވި އެވެ.
އިންތިހާބުގެ ނަތީޖާއެއް ބަދަލުކޮށްލަން ބޭނުން ވަނީ އެންމެ ވޯޓެއް. ނުކުމެ އެންމެން ވެސް ވޯޓުލާށޭ. އާއިލާ އާއި ރައްޓެހިން ވެސް ނުކުމެ ވޯޓުލާށޭ.”
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ގޮތުގައި ދެވަނަ ދައުރެއް އެ މަނިކުފާނަށް ފެނިވަޑައިގަންނަވަނީ މާ އުފާވެރިކޮށެވެ. އައްްޑު އަށް ވީ ވައުދުތައް ފުރިހަމައަށް ފުއްދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އައްޑު އަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ހެނދުނު ރައީސް ހުޅުދު އަށް ވަޑައިގަތުމުން މި ރަށުގެ ކެމްޕެއިން ޓީމުން ވަނީ އެއްބުރުން އިންތިހާބު ކާމިޔާބު ކުރުމަށް ހުޅުދޫން ބޮޑު ތާއިދެއް ދޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ. ހުޅުދު އަކީ “ދަ ޑިމޮކްރެޓްސް”ގެ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ ރަށެކެވެ.
ރައީސް ވިދާޅުވެފައިވާ ގޮތުން 130،000 އަށް ވުރެ ގިނަ ވޯޓު އެ މަނިކުފާނަށް ލިބިވަޑައިގަންނަވާނެ އެވެ. މި އަދަދަށް ވޯޓު ލިބިއްޖެ ނަމަ ދެވަނަ ބުރަކަށް ނުގޮސް އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ރޭ އައްޑު އަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ކި އެވެ. ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވި ގޮތުގައި، އެއީ އައްޑޫން ސިޔާސީ ބޭފުޅަކަށް މިހާތަނަށް އެންމެ ގިނަ ބަޔަކު މަރުހަބާކީ ފަހަރެވެ.
މީނާ ބުއްދިގޯސްވެގެން މިއުޅެނީ ލާރިޔާހެދި ބޫތުކައިގެން ނުނިދާއުޅޭތީކަންނޭގެ