ޚަބަރު
މަނީ ހައިސްޓް އެނބުރި އަންނަނީ

2017 ވަނަ އަހަރު ސްޕެންގެ އެންޓީނާ 3 ނަމަކަށް ކިޔާ ސައިޓަކުން ދައްކަން ފެށި “ލަ ކާސާ ޑެ ޕަޕެލް” ވެގެން ދިޔައީ ބެލުންތެރިންގެ މެދުގައި މަޤުބޫލުކަން ލިބުނު ޑްރާމާ ސީރީޒަކަށެވެ. ވައްކަމެއްގެ މައްޗަށް ބިނާކޮށްފައިވާ މި ސީރީޒުން ޕްރޮފެސާ ނަމަކަށްކިޔާ މީހަކު ލީޑްކޮށްގެން ގޮތެއް ނެތިފައި ތިބި މީހުންގެ ޓީމެއް ބިނާކޮށް ބޮޑު ވައްކަމެއް ކުރަން ތައްޔާރުވާ މަންޒަރުތައް ދައްކުވައި ދެއެވެ.

އޭގެ ފަހުން ނެޓްފްލިކްސް ނަމަކަށް ކިޔާ ސްޓްރީމިންގް ޕްލެޓްފޯމަކުން މި ސީރީޒް ގަނެ މީގެ އިނގިރޭސި ބަހުން ތަރުޖަމާ ކޮށްފައިވާ ވާޝަނެއް ނެރުނު ހިސާބުން ދިވެހިންގެ ހިތްތަކުން ޖާގަ ހޯދިއެވެ. މިހާތަނަށް ކާމިޔާބުކަމާއެކު ޖުމްލަ 4 ސީޒަން ނެރެފައިވާއިރު، ކޮންމެ ސީޒަނަކާއި އެކު ނެޓްފްލިކްސްގެ ރާއްޖޭގެ އެންމެ ހިގާ 10 ސީރީޒްގެ އެއްވަނައިން ޖާގަ ހޯދައެވެ.
މީގެ ފަސްވަނަ ސީޒަނުގެ އިންތިޒާރުގައި ބެލުންތެރިން ތިބޭތާ ދުވަސްތަކެއް ވަނީ ވެފައެވެ. މި އިންތިޒާރަށް ނިމުމެެއް އަންނަނީއެވެ. އަންނަ މަހު 3 ވަނަ ދުވަހު 5 ވަނަ ސީޒަން ނެޓްފްލިކްސް އިން ބެލުމްތެރިންނާއި ހަމައަށް ގެންނާނެ ކަމުގެ ހަބަރު އެ ޕްލެޓްފޯމްގައި އާންމުކޮށްފިއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!