2023 ސެޕްޓެމްބަރު 11 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ހަމަޖައްސަވައިފިއެވެ.
ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ދެންމެ ނެރުނު އިއުލާނެއްގައި ބުނަނީ މިމަހުގެ 11 ވަނަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ސޯލިހް ހަމަޖެއްސީ ރިޔާސީ އިންތިހާބުގެ މަސައްކަތްތަކުގައި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އާންމުން ކުރަންޖެހުނު މަސައްކަތްތައް އަދި ނުނިމޭތީ އިލެކްޝަން ކޮމިޝަނުގެ އެދިވަޑައިގަތުމުގެ މަތީން ކަމަށެވެ.
ސެޕްޓެމްބަރު 9 ވަނަ ދުވަހު ވޯޓުލުމަށްފަހު މިއަދުވެސް ސަރުކާރު ބަންދެވެ.