ޭމޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް ސާލިހު ފޮނުއްވި ސިޓީ ލީކު ވެއްޖެއެވެ. މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ސިޓީއަކީ ސައްޙަ ސިޓީއެއްކަން ރައީސް އޮފީހުގެ ތަރުޖަމާ މިއުވާން ވަނީ މިޑިއާތަކަށް ޔަގީން ކޮށްދީފައެވެ.
ފާއިތުވި 2022 ވަނަ އަހަރުގެ އޮގަސްޓުމަހުގެ 22 ވަނަ ދުވަހު މޮރިޝަސްގެ ބޮޑުވަޒީރަށް އެޑްރެސްކޮށް ރައީސް ސާލިހު ފޮނުއްވާފައިވާ މި ސިޓީގައިވަނީ، އެމަނުކުފާނާއި މޮރިޝަސްގެ ބޮޑުވަޒީރާ ދެބޭފުޅުން އެއަހަރުގެ ޖޫންމަހުގެ 24 ވަނަ ދުވަހު ރުވާންޑާގެ ކިގާލީގައި ބޭއްވި ބައްދަލުވުމާއި ހަވާލާދެއްވާ، ޔޫއެންގެ އެޑްވައިޒަރީ އޮޕީނިއަންއާއި އެއްގޮތަށް ރާއްޖޭގެ ސްޓޭންޑް އެމައްސަލާގައި ބަދަލު ކޮށްފައިވާކަމަށް ވިދާޅުވެފައެވެ. އަދި ޔޫއެންގެ އެގަރާރަށް ރާއްޖެއިން ތާއީދުކޮށް ޔޫއެންގައި ގަރާރާ އެއްކޮޅަށް ވޯޓު ދެއްވާނެކަމުގެ ޔަގީންކަން ދޭކަމަށްވެސް ރައީސް ސާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވެއެވެ.

މި ސިޓީގައި ރައީސް ސާލިހު އިތުރަށް ވިދާޅުވެފައިވަނީ، ޑީކޮލޮނައިޒޭޝަންގެ (އިސްތިއުމާރީ ބާރުތަކާއި ދެކޮޅު) ސިޔާސަތަށް ރާއްޖެއިން އަބަދުވެސް ތާއީދު ކުރާ ސިޔާސަތެއް ކަމަށާއި، އޭގެ ސަބަބަކީ، އިންސާނީ ހައްގުތަކާއި އަމިއްލަ މިނިވަންކަމަށް ރާއްޖެއިން އަބަދުވެސް އިހުތިރާމް ކުރާތީ ކަމުގައެވެ. އަދި ރާއްޖެއިން ފާއިތުވެދިޔަ ތަނުގައި ޔޫންއެންގައި އަދާކޮށްފައިވާ ދައުރަކީ މީގެ ހެއްކެއްކަމަށްވެސް ވިދާޅުވެފައި ވެއެވެ.
މި ސިޓީގައި ރައީސް ސާލިހު އިތުރަށް ވިދާޅުވެފައިވަނީ، މީގެ ކުރިން ރާއްޖެއިން މިމައްސަލާގައި ދެކޮޅު ހަދަމުން އައީ، 2010 ވަނަ އަހަރުގެ ޖުލައިމަހު ރާއްޖެއިން ކޮމިޝަނަށް ހުށަހެޅި ކޮންޓިނެންޝަލް ޝެލްފްގެ އިންތަކާއި މޮރިޝަންސްއިން ދެކޮޅު ހެދުމުގެ ސަބަބުން ކަމަށާއި، ރާއްޖެއިން ޖެނެރަލް އެސެމްބްލީގައި ދީފައިވާ ވޯޓުތަކުގައިވެސް އޭގެ ތަފްސީލްތައް މީގެ ކުރިން ހާމަކޮށްފައިވާނެކަމަށެވެ.
އެހެންނަމަވެސް، މި މައްސަލާގައި ރާއްޖޭގެ ސްޓޭންޑް ބަދަލު ކުރުމާއެކު އެމައްސަލައަށް ހައްލެއް އަންނާނެކަމަށް އުއްމީދު ކުރައްވާކަމުގައި ވިދާޅުވަމުން ރައީސް ސާލިހު ވިދާޅުވެފައިވަނީ، މިނިންމުމުގެ ސަބަބުން، ރާއްޖެއިން ދަމަހައްޓަމުން އަންނަ “ޑިކޮނޮލައިޒޭޝަން”އާއި ދެކޮޅު ސިޔާސަތަށް އިތުރަށް ބާރު ލިބިދީ، އަދި މޮރިޝަސްއާއި ދެމެދު އޮތް ގުޅުމަށް އިތުރު ކުރިއެރުން ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައެވެ.
އަދި ސިޓީގައި ވިދާޅުވެފައިވަނީ ސަރުކާރުގެ މި ނިންމުމަކީ އިޓްލޮސްގައި ރާއްޖެއިން ނަގާފައިވާ ޕޮޒިޝަނަށް އެއްވެސް އަސަރެއް ކުރާނެ ނިންމުމެއް ނޫންކަމަށާއި، އޭގެ އިތުރުން 2010 ވަނަ އަހަރު ރާއްޖެއިން “ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެޓްޝަލް ޝެލްފް” ހުށަހަޅާފައިވާ ހުށަހަހެޅުމަށްވެސް އަސަރެއް ކުރާނެ ނިންމުމެއް ނޫން ކަމުގައެވެ.


ކޮއްކޯ….ތިޔައީ މިވަގުތާ ދިމާކޮށް މަކަރު ސިޓީ އަކަށް ވުން އެކަށީގެންވޭ..ވެރިކަން ބަދަލުވީމާ އެނގޭނީ.
ކީއްވެހޭ ސިއްރު ކުރަންވީ ފުރަތަމަ ދުވަހުވެސް ރައްޔަތުންނަށް ތިސިޓީ ހާމަކުރިނަމަ އިބޫ އަށް ތިހާމަދުން ވޯޓެއް ނުލިބުނީސް މީ ކަށަވަރުވާކަމެއް
ތި ލީކު ވެގެން ތި އުޅޭ ސިޓީ އަކީ ވެސް ވެދާނެ ފޭކު ސިޓީ އަކަްށް